ޚަބަރު
ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ކައުންސިލްތަކުން އަަބަދުވެސް މަސައްކަތް ކުރޭ: އިހުސާން

ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމުގެ މަސައްކަތް ބައްޓަންކުރުމުގަ ކައުންސިލްތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު، ޕްރިންޓް ކުރުމުގެ ޚިދުމަތް ދ. ކުޑަހުވަދޫގައި ފެއްޓުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމުގެ މަސައްކަތް ބައްޓަންކުރުމުގަ ކައުންސިލްތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި ވަޒީރު ވަނީ ކައުންސިލްތަކަށް ލިބޭ އާމްދަނީއަކުން އައިޑީ ކާޑުފަދަ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ނިންމަވާ ނިންމެވުމަކީ ފަސޭހަ ނިންމެވުމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ހިތްހަމަޖެހިގެން މި ޚިދުމަތް ރަށްރަށުގަ ދޭން ހުއްދަދެވޭ ވަރުވެއްޖެ. މިފަދަ ޚިދުމަތްތަކަކީ ވަކިން ޚާއްސަކޮށް އައިޑީ ކާޑު ހަދަން ގެންގުޅޭ ބައެއް ސާމާނުތަކާއި އައިޑީ ކާޑުގެ ޑޭޓާ ބޭސްއަށް އެވާ އެކްސެސް އާއި އެ އެކްސެސްވެވޭ ސިސްޓަމްތަކާއި މިތަނުން އަޅުގަނޑުމެންގެ ކޮންޓްރޯލުން ބޭރުން ކައުންސިލް އިދާރާއެއްގަ ބަހައްޓަން އެއީ ވަރަށް ބޮޑު ޒިންމާއެއް. އަޅުގަނޑުގެ ބޮލުގަ އެޅިފައޮތް ޤާނޫނީ ވަރަށް ބޮޑު ޒިންމާއެއްގެ ތެރެއިން ޑެލިގޭޓްކުރާ އޮތޯރިޓީއެއް ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމާއެކު. އެކަން މިދެންނެވި ބީދާއިން ޒަމާނީ ޓެކްނޮލޮޖީގެ އެހީގަ ސަލާމަތާއި ރައްކާތެރިކަމާއެކު މި މަސައްކަތް ކުރުމުގަ މި ދެ ބޭފުޅުން ކުރައްވާ މަސައްކަތް ވަރަށް އިޚްލާސްތެރިކަމާއެކީ ބަލައިގަންނަން. ދާޚިލީ ވަޒީރު

އެހެންނަމަވެސް އައިޑީ ކާޑުގެ ޚިދުމަތަކީ މުހިންމު ޚިދުމަތެއްކަން ދ. އަތޮޅު ކައުންސިލްގެ ރައީސް އަދި މެމްބަރުންނަށް ވިސްނުމުގެ ނަތީޖާއަކީ އައިޑީ ކާޑުގެ ޚިދުމަތް ދެވޭ ދެވަނަ ކައުންސިލަކަށް ކުޑަހުވަދޫ ވެގެންދިޔުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވިގެން އައީ ކައުންސިލުގެ އަމިއްލަ ޚަރަދުގައިކަން ފާހަގަކުރައްވާ ވަޒިރު ވަނީ މި މަސައްކަތަކީ މިލިއަނެއްހާ ފައިސާ ޚަރަދުވާ މަސައްކަތެއް ކަމަށާއި ރައްޔިތުންގެ ހައްގުގައި މިއީ ބޮޑު ޚަރަދެއް ހިނގާ ކަމެއްކަން ފާހަގަކުރައްވާފައެވެ.

އަދި މިތަކެތި މެއިންޓެއިން ކުރުމަށް އަޅުގަނޑުމެން މި ކަނޑައަޅާފަ ހުންނަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ މިންގަނޑުތަކަށް މިތަން ބެލެހެއްޓުމަކީވެސް ފަސޭހަ ކަމެއްނޫން. އެހެންވެގެން އަޅުގަނޑުމެން މި އަސްލު ބޭނުންވާ ސްޕީޑުގަ ކައުންސިލްތަކުން މި ޚިދުމަތް ނުފެއްޓިގެން އުޅެނީ. ދާޚިލީ ވަޒީރު

ވަޒީރު ވަނީ އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑީއެންއާރު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީ އަދި އައިޓީ ޑިރެކްޓަރ މުހައްމަދު އުމެއިރަށް ވަރަށް ޚާއްސަ ޝުކުރެއްވެސް އަދާކުރައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!