ޚަބަރު
ސަނީލިއޯން ރާއްޖެއަށާއި ދިވެހިންނަށް ހިތްދެވުނު ވަރުން ޑެނިއެލްއަށް އަލުން ވައުދުތައް ކުރީވެސް ރާއްޖޭގައި!

ބޮލީވުޑްގެ މަޝްހޫރު ތަރި ސަނީ ލިއޯނީ، އޭނާގެ ފިރިމީހާ ޑެނިއަލް ވެބަރއާއެކު 13 އަހަރުފަހުން އަލުން ކައިވެނީގެ ވައުދުތައް އާކޮށްފިއެވެ. ސަނީލިއޯން ރާއްޖެއަށާއި ދިވެހިންނަށް ހިތްދެވުނު ވަރުން, އެމީހުންގެ ވައުދުތައް އާކޮށްފައިވަނީ ވެސް ދިވެހިރާއްޖޭގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ. ސަނީ ލިއޯން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

2011 ވަނަ އަހަރު ކައިވެނިކުރި މި ދެމަފިރިން، މިފަހަރު އެމީހުންގެ ކައިވެނި އާކުރި މި ރަސްމިއްޔާތުގައި އެ ދެމަފިރިންގެ ދަރިން ކަމުގައިވާ ނީޝާ، ނޫޙް އަދި އާޝަރވެސް ބައިވެރިވިއެވެ.

ރާއްޖޭގައި ބޭއްވި މި ރަސްމިއްޔާތުގެ ފޮޓޯތަކެއް ސަނީ ވަނީ އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. އެއް ފޮޓޯގައި އެ ދެމަފިރިން ހުދު ކުލައިގެ ހެދުން ލައިގެން ތިބި މަންޒަރު ފެނެއެވެ. ސަނީ ފެންނަނީ ހުދު ކުލައިގެ ގައުނެއް ލައި، މާގަނޑެއް ހިފައިގެންނެވެ. އަނެއް ފޮޓޯގައި ހުރީ ސަނީއާއި ޑެނިއަލް އެމީހުންގެ ތިން ދަރީންނާއެކުގައެވެ.

މި ރަސްމިއްޔާތުގެ ތެރޭގައި ޑެނިއަލް ވަނީ ސަނީއަށް އާ އަނގޮޓިއަކުން ސަޕްރައިޒެއް ދީފައެވެ.

ސަނީއާއި ޑެނިއަލް އެންމެ ފުރަތަމަ ދަރިފުޅަކީ 2017 ވަނަ އަހަރުގެ ޖުލައި މަހު، މަހާރާޝްޓްރާގެ ލަޓޫރުން އެޑަޕްޓް ކޮށްފައިވާ ނީޝާ ކައުރު ވެބަރ އެވެ. އޭގެފަހުން 2018 ގައި އެމީހުނަށް ވަނީ ދެ ފިރިހެން ކުދިން ލިބިފައެވެ. އެއީ 4 މާރިޗު 2018 ގައި ސަރޮގޭސީ މެދުވެރިކޮށް ލިބުނު ދެ ފިރިހެން ކުދިން، ނޫޙު އާއި އާޝަރު އެވެ.

ސަނީ އާއި ޑެނިއަލް ވަނީ ކުރީއްސުރެ އެމީހުންގެ ކައިވެނީގެ ހުވާ އައުކުރަން ބޭނުންވެފައެވެ. ނަމަވެސް އެމީހުން މި ކަމުގެ މުހިންމުކަން ދަރިންނަށް އެނގޭ އުމުރަކަށް އައުމަށް އިންތިޒާރުކުރިއެވެ. އެމީހުން މި ރަސްމިއްޔާތު ރާވާފައިވަނީ ދަރިންގެ ސްކޫލް ބްރޭކާ ދިމާކޮށް، މުޅި އާއިލާއަށް ބައިވެރިވެވޭ ގޮތަށެވެ.

އެމީހުން ބޭނުންވީ އެމީހުންގެ ދަރިންނަށް އާއިލާގެ މުހިންމުކަމާއި، ލޯބި އަދި އެއްބައިވަންތަކަން ތަޖުރިބާކުރެވޭ ގޮތް ހެދުމަށެވެ. ސަނީ އާއި ޑެނިއަލް ޤަބޫލުކުރާ ގޮތުގައި ކައިވެނިކުރުމުން އެކަކު އަނެކަކަށް ތަޢާރަފުވާއިރު، އެކުގައި ކުރާ ދަތުރުގައި ދިމާވާ ގޮންޖެހުންތަކާއި އުފާވެރިކަމުގެ ތެރެއިން އެމީހުންގެ ވަޢުދުތަކަށް އައު މާނައެއް ލިބިގެންދެއެވެ.

ސަނީގެ ކުރިއަށް އޮތް ފިލްމަކީ ކެނެޑީއެވެ. މިއީ އަނުރާގް ކަޝްޔަޕްގެ ނިއޯ-ނޫރް ތްރިލަރެކެވެ. މި ފިލްމުގައި ރާހުލް ބަޓް، މޮހިތް ތަކަލްކަރު އަދި އަބިލާޝް ތަޕްލިޔާލް ވެސް ބައިވެރިވެއެވެ. މި ފިލްމުގެ ޕްރިމިއަރ ބޭއްވުނީ 2023 ވަނަ އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!