ރާއްޖޭގެ ސްޕޯޓްސްވެއާ އިންޑަސްޓްރީގައި JOZY.mv ސާބިތު ކުރުމަށް އޭނާއާއި އޭނާގެ ގާތް ރަހުމަތްތެރިޔާ ކުރި ދަތުރަކީ އޭގެ ވާހަކަ ނުދައްކައި ދޫނުކުރެވޭ ވަރަށް ވުރެ މާ ހާއްސަ އަދި ފާހަގަ ކޮށްލެވޭ، ހަމައެހެންމެ އަނެކުންނަށް އެމީހުންގެ ތަޖުރިބާއިން އިބްރަތް ލިބޭފަދަ ދަތުރެކެވެ.
މިއީ ކުޑައިރުގެ ހުވަފެނެއް، ކާމިޔާބުކުރުމަށް ދަތިހާލެއްގައި ކުރިހިތްވަރުން އަދު ހުވަފެނުގައި ކުލަޖެހި އުއްމީދު ރޯޝަންވެ، އެ ހުވަފެން ކުޅިވަރަށް ހާއްސަ އަންނައުނު، ސްޕޯޓްސްވެއަރ ވިޔަފާރިއަކަށް ބަދަލު ކުރި ދިވެހި ދެ ޒުވާނެއްގެ ވާހަަކަ އެވެ.

ޖޯޒީ.އެމްވީ އިން ވަނީ ދިވެހިރާއްޖޭގެ ކުޅިވަރު ހެދުމުގެ ޞިނާޢަތަށް ބޮޑު އިންގިލާބެއް ގެނެސްފަ
ލާމު މާވަށަށް ނިސްބަތްވާ، އަބްދުﷲ ހަމްދޫނާއި އިދުރީސް މަހުފޫޒަކީ އެންމެ ކުޑައިރުން ފެށިގެންވެސް އެކީގައި އުޅެމުން އައި ދެރަހުމަތްތެރިންނެވެ، ގްރޭޑް އެކަކުން ބާރަ ވަނަ ގްރޭޑާ ހަމައަށްވެސް ކިޔެވީ އެއުއެކީގައި އެއް ކުލާހެއްގައެވެ، ވަޒީފާގެ ބާޒާރަށްވެސް ނުކުތީ އެކުއެކީގައެވެ. އަދި އެކުވެރިކަމަށް އިތުރު ފުރިހމަކަމެއް ގެނުވި، ހިއްސާދާރުންނަށް ބަދަލުވެ ވިޔަފާރީގެ ބައިވެރިންނަށް، އާދެ ބިޒިނަސް ޕާޓްނަރސް އަށް ވެފައިވާ މި ދެރަހުމަތްތެރިންގެ ޖޯޒީ.އެމްވީ އިން ވަނީ ދިވެހިރާއްޖޭގެ ކުޅިވަރު ހެދުމުގެ ޞިނާޢަތަށް ބޮޑު އިންގިލާބެއް ގެނެސްފައެވެ.
ޖާރޒީ އާއި އަންނައުނަށް ހާއްސަ ޖޯޒީ.އެމްވީ ފެށިގެން އައީ ހަމައެންމެ (ފަނަރަ ސަތޭކަ ރުފިޔާ) 1500 ރުފިޔާގެ ކުޑަ އިންވެސްޓްމަންޓަކުންނެވެ. އަދި ޕަވަރޕޮއިންޓް ފަދަ އާދައިގެ ވަސީލަތްތައް ބޭނުންކޮށްގެން ޑިޒައިންތައް ހަދަމުން އައި މި ދެ ބައިވެރިން ވަނީ ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލައި، އެންމެ ފަހުން ކޮލަމްބޯގައި އެމީހުންގެ އަމިއްލަ ކާރުޚާނާއެއް ހުޅުވާފައެވެ.

ޖޯޒީ.އެމްވީ ގެ ހިއްސާދާރުން، ވަޒީރު ފައިސަލްއާއެކު
ދަތިއުނދަގޫ ގޮތަކަށް ފެށި މި ދަތުރުގައި ހިންމަތާއި މިންނެތް މަސައްކަތުން ކާމިޔާބީގެ ކުރިބޯށްޓާ ހަމައަށް ވާސިލުވުމާ ހަމައަށް، ދެއްކި ނުގުޑާ އަޒުމުން ހާސިލުވި އެމީހުންގެ މި ކާމިޔާބީން ހަގީގަތުގައި ވެސް ފަސްޖެހިފައި ތިބި ބައެއްނަމަ އެބަޔަކަށް ހިތްވަރު ލިބޭނެއެވެ. މިއީ އަނެކުންނަށްޓަކައި ދިރިހުރި މިސާލެއްކަން ޔަގީނެވެ.

ޖޯޒީއެމްވީ އިން ލިބޭ ކޮލިޓީ ސްޕޯޓްސް ވެއާ
އަވަހަށް މުދާ ފޯރުކޮށްދިނުމަށް މި ކުންފުނިން ކުރާ މަސައްކަތުގެ ސަބަބުން، ދިވެހިރާއްޖޭގައި ފެންވަރު ރަނގަޅު ކުޅިވަރު ހެދުން ހޯދުމަށް އެންމެ އިތުބާރުކުރެވޭ ނަމަކަށް ވެފައިވަނީ ޖޯޒީ.އެމްވީ އެވެ. ޚާއްޞަ ޑިޒައިން އަދި ޑެލިވަރީ ޓީމެއްގެ އެހީގައި، ޖޯޒީ.އެމްވީ ވަނީ ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް އެ ކުންފުނީގެ އުފެއްދުންތައް ފޯރުކޮށްދީ، ފަސޭހައިން ލިބެން ހުންނާނެކަން ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން މާލެ، ހުޅުމާލެ، ފެރީ ލޯންޗްތަކަށް ޑެލިވަރީ ކޮށްދޭނެއެވެ.

ކުޑައިރުގެ ދެރަޙުމަތްތެރިން، ހިއްސާދާރުންނަށް ބަދަލުވެ ވިޔަފާރީގެ ބައިވެރިންނަށް
ޖޯޒީ.އެމްވީ ވަނީ ފެށުމުގައި ދިމާވި ހުރަސްތަކާ ކުރިމަތިލައި، ޖޯޒީ.އެމްވީގެ ކެތްތެރިކަމާއި ބުރަ މަސައްކަތުން ކާމިޔާބީ ހޯދައި، އަލަށް ފަށާ ވިޔަފާރިވެރިންނަށް މިސާލަކަށް ވެފައެވެ.
ޒުވާނުންނަށް މި ކުންފުނިން ދޭ މެސެޖަކީ ހިތްވަރުދިނުމާއި ކެތްތެރިކަމުގެ މެސެޖެކެވެ. އަދި ބުރަ މަސައްކަތާއި ޢަޒުމާއެކު މަސައްކަތްކޮށްފިނަމަ ނުކުރެވޭނެ އެއްވެސްކަމެއް ނޯންނާނެކަން މި ދެ އެކުވެރި ވިޔަފާރިބައިވެރިންގެ ވާހަކައިން އަބަދުވެސް ހަނދާން ކޮށްދޭނެއެވެ.

ޖޯޒީ.އެމްވީ ގެ ހިއްސާދާރެއް، ވަޒީރު ފައިސަލްއާއެކު
ކުރިއަށް އޮތްތަނުގައި، ޖޯޒީ.އެމްވީގެ މަޤްޞަދަކީ އެންމެ ރަނގަޅު ފެންވަރުގެ އުފެއްދުންތައް ފޯރުކޮށްދިނުން ކުރިއަށް ގެންދިއުމާއެކު، ކުރިއަށް އޮތް އަހަރު އުފެއްދުންތަކުގެ ބާވަތްތައް އިތުރުކުރުމެވެ. މި ކުންފުނީގެ ކާމިޔާބީގެ ވާހަކައަކީ، ކެތްތެރިކަމާއި ހިންމަތާއި މިންނަތުން، ހިތްވަރު ދޫކޮށްނުލައި ފޯރިއާއެކު މަސައްކަތް ކުރުމާއެކު ތެދުވެރިކަމާއި އަމާނާތްތެރިކަން އެ މަސައްކަތުގައި ހިމެނޭނަމަ، ﷲގެ އިރާދަފުޅުން ޙަޤީޤަތަކަށް ނުހެދޭނެ ހުވަފެނެއް އަދި ފުރިހަމަ ނުކުރެވޭނެ އުއްމީދެއް ނޯންނާނެ ކަމުގެ ފުރިހަމަ ސާބިތު ހެއްކެކެވެ.
ޖޮޒީ އެމްވީ ވަރަށް ހަބޭސް
ސާބަސް ގަދައަޅައި މަސައްކަތް ކޮއްފިނަމަ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނެ
މަރުހަބާ..