ދިފާޢީ ވަޒީރު ޔޯއަވް ގަލަންޓް ވަކިކުރުމާ ދެކޮޅަށް އަދި ނަތަންޔާހޫގެ ނިންމުންތަކާއި ދެކޮޅަށް ޤައުމުގެ އެކި ސަރަޙައްދުތަކުގައި އިހުތިޖާޖުކުރަން ފަށައިފިއެވެ.
މި މުޒާހަރާތަކުގައި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މުޒާހާރާތައް ހޫނުވެ ބައެއް ސަރަހައްދުތަކުގެ ތަންތާގައި އަލިފާން ރޯކުރަން ވަނީފަށާފައެވެ.
ޓައިމް އޮފް އިސްރާއިލް ގައި ބުނެފައިވާ ގޮތުން ޓެލް އަވީވް އަދި ޖެރޫސަލަމްގައި ބޮޑެތި މުޒާހަރާތަކުގެ އިތުރުން، ހައިފާ، ނެތަންޔާ އަދި ބިއަރޝީބާގައި އަދި ޤައުމުގެ އެކި ސަރަޙައްދުތަކުގެ މަގުމަތީގައިވެސް އިހުތިޖާޖުތައް ކުރިއަށްދާކަމަށެވެ.
އަދި މީގެ އިތުރުން މި ވަގުތުގައި ލުބުނާނުން ރޮކެޓް ހަމަލާދެމުންދާތީ އާންމު އެއްވުންތައް މަދުކުރުމަށް ހޯމްފްރަންޓް ކޮމާންޑުން އިރުޝާދު ދީފައިވީނަމަވެސް، ނަހަރިޔާ އަދި އިސްރާއީލުގެ އުތުރުގެ އެހެން ރަށްތަކުގައިވެސް ގިނައަދަދަކަށް މީހުން ދަނީ އިހުތިޖާޖުކުރަމުންދެއެވެ.