ޚަބަރު
ނާސިރު ދައުރުގައި ނުފޫޒުގަދަ ސިޔާސީ ޝަހުސިއްޔަތު އަދި ވިޔަފާރިވެރިޔާ ކުވާ މޮހޮދޭ ނިޔާވެއްޖެ

ރާއްޖޭގެ ކުރީގެ ސިޔާސީ އަދި އިޤްތިޞާދީ ދާއިރާގެ ނުފޫޒުގަދަ ޝަޚްޞިއްޔަތު، މުޙައްމަދު ޔޫސުފް (ކުވާ މޮހޮދޭ) މިއަދު ނިޔާވެއްޖެއެވެ. ކުވާ މޮހޮދޭ ނިޔާވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ)ގައި ފަރުވާ ދެމުން ދަނިކޮށެވެ.

ކުވާ މޮހޮދޭއަކީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވުނު އެންމެ ނުފޫޒުގަދަ ޝަހުސިއްޔަތުތަކުގެ ތެރެއިން އެކަކެވެ. ހަމައެހެންމެ، 1970 ގެ އަހަރުތަކުގައި ރާއްޖޭގެ އިގުތިސާދީ މައިދާނުގައި އެންމެ ބޮޑަށް ނަގާކިޔާ އަދި އެންމެ ނުފޫޒުގަދަ ވިޔަފާރިވެރިންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ.

ކުވާ މޮހޮދޭގެ ދަރިކަލުން، ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރ ޖެނެރަލް ޔޫސުފް މާނިއު ވިދާޅުވެފައިވާ ގޮތުގައި، ކުވާ މޮހޮދޭގެ ޖަނާޒާގެ ނަމާދު އޮންނާނީ މިއަދުގެ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

ކުވާ މޮހޮދޭއަކީ މިހާރުގެ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ މަރްޔަމް މާރިޔާގެ ބައްޕާފުޅުވެސް މެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތާއި، ކަނޑު ދަތުރުފަތުރުގެ ވިޔަފާރިއާއި، އަދި ފެލިވަރު މަސްކާރުޚާނާ ވުޖޫދަށް އައުމުގައި ކުވާ މޮހޮދޭގެ ދައުރު ވަރަށް މުހިންމު ކަމަށް އޭރުގެ ގިނަ ބޭފުޅުން ފާހަގަކުރައްވައެވެ. މިގޮތުން، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގައި އޭނާގެ ހިއްސާ ވަރަށް ބޮޑުކަމަށް ބެލެވެއެވެ.

(اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ މާތް اَللّٰهُ މި މަރުހޫމުގެ ފާފަ ފުއްސަވައި ހެޔޮރަހްމަތް ލައްވައި ސުވަރުގޭ ގެ އެންމެ މަތީ ދަރަޖަ މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން!)
This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!