ރިޕޯޓް
ރާއްޖޭގެ ފުރަތަމަަ އީ-ބުކްސް އެޕްލިކޭޝަން, ދިވެހިފޮތް؛ ލިޔުންތެރިންނަށް، ކިޔުންތެރިންނަށް ޖައިލަމް ދިނީ އުފާވެރި ހަބަރުތަކެއް!

ދިވެހިވާހަކަ ލިޔާ ފަރާތްތަކަށް އޮންނަ އެންމެ ބޮޑު ހިތްދަތި ކަމަކީ އަދި އެންމެ ބޮޑު ގޮންޖެހުމަކީ ފޮތެއްގެ ސިފައިގައި މީހުންނާ ހަމައަށް އޭނާގެ ވާހަކަ ގެނެސް އެފޮޮތް ވިއްކަން ބޭނުންވާ ވަގުތު އެކަމުގައި ހުރި ދަތިތަކެވެ. ފޮތް ޗާޕް ކުރުމަށް ކުރަން ޖެހޭ ހަރަދުގެ ބޮޑުކަމުންނެވެ. އަދި އޭގެ ކުރިން އެފޮތުގެ ބޭރުގަނޑު ތައްޔާރުކުރުމަށް ކޮންމެވެސް މީހެއްގެ އެހީ ނުލިބިއްޖެ ނަމަ ފައިސާ ދީގެން އެކަންވެސް ކުރުވަން ޖެހެއެވެ.

އެހެންކަމުން ގިނަ ވާހަކަ ލިޔުންތެރިންގެ ފޮތެއްގެ ސިފައިގައި ކިޔުންތެރިންނަށް ފޯރުކޮށްދީ ކޮންމެވެސް މިންވަރެއްގެ ލާރިއެއް އޭގެއިން ލިބޭނެ ގޮތް ވުމުގެ އުއްމީދު އޮންނަނީ ސީދާ ނުވި ކުލަ ނުޖެހުނު ހުވަފެނެއްގެ ގޮތުގައި ވަޅުޖެހިފައެވެ.

އޮންލައިން ކޮށް ލިޔުންތައް ކިޔަން ލިބެން ފެށުމުން އެކަމަށް ޝައުގު އުފެދި އޮންލައިން ކިޔުންތެރިން ގިނަވާން ފެށިއިރު ވާހަކަ ލިޔުންތެރިންނަށް އެމީހުންގެ ވަގުތާއި ހުނަރު ބޭނުންކޮށްގެން ލިޔެ ތައްޔާރު ކުރާ ވާހަކައަށް އެއްވެސް އުޖޫރައެއް ނެތި ކޮންމެވެސް ވާހަކަ ސައިޓަކަށް ދޫކޮށްލަނީ އެނޫން ގޮތެއް ނެތީމައެވެ. ބްލޮގްތަކާއި ސައިޓްތަކުން ހިލޭ ކިޔަން ލިބޭތީ ލިޔުމުގެ މަސައްކަތް ވެފައި އޮންނަނީ އެއްވެސް އަގެއް ނެތް ބޭކާރު މަސައްކަތެއްގެ ގޮތުގައެވެ.

ޖައިލަމް , ދިވެހިފޮތް އެޕްލިކޭޝަން ތައާރަފްކުރުމުގެ ތެރެއިން……..ފޮޓޯ: ޖައިލަމް

ދެން އައީ އޮންލައިން ނޫސްތަކަށް ވާހަކަލިޔުންތެރިންގެ ވާހަކަ ޝާއިއު ކުރަން ފެށި ހިސާބަށެވެ. އަނެއްކާވެސް އިތުރު ހަރުފަތެކެވެ. މިފަހަރުވެސް އެއްކަލަ އާދައިގެ ވާހަކަ ލިޔުންތެރިންނަށް އޮތީ ހަމަ ހިލޭ މަސައްކަތް ކުރުމެވެ. ފުރުސަތު ލިބެމުން ދިޔަ މަންޒަރު ފެނިގެން ދިޔައީ އާދަކާދައިގެ މަތިން ނަން އޮތް ފަރާާތްތަކަށެވެ. މާ ކުރިއްސުރެ ނަން މަޝްހޫރު، އަތުގައި ފައިސާ ހުރެ އަމިއްލައަށް ހޭދަކޮށްގެން ފޮތްތައް ނެރެ މަގުބޫލުކަން ލިބިފައި ތިބި ވާހަކަލިޔުންތެރިންްނަށް އިސްކަަންދިން ދިން ތަން ފެނިގެންދިޔައެވެ. އާ ލިޔުންތެރިޔާ ކިތަންމެ ހުނަރުވެރިވެފައި ގާބިލު ވިޔަސް، އޭނާގެ ވާހަކަ ނޫހެއްގައި ޖެހެނީ ކުޑަކުޑަ އަގަކަށް ނޫނީ އެއްވެސް އަގެއް ނެތިއެވެ. އޮންލައިންކޮށް ފޮތެއް ވިއްކާނަމަ އެފޮތް ދިވެހިބަހުން އިނގިރޭސިބަހަށް ބަދަލުކުރުމުން ނޫނީ އޭގެއިން މަންފާއެއް ނެތެވެ. އަދި ފޮތް ވިއްކަން އެމޭޒަން އަށް ވަދެ ކުރަން ޖެހޭ މަސަައްކަތާއި ކަންތަައް ކުރަން ނޭނގޭ މީހެއްނަމަ އެކަން އޮންނާނީ ނުވެފައެވެ. މިހުރިހާ ކަމަކަށް ހައްލު ހޯދައިދިނުމަށް ދިވެހި ޒުވާނަކު މިވަނީ މަގެއް ކޮށައި އެމަގުން ފަހިރާސްތާއެއް ދައްކައިދީފިއެވެ.

ނެތެމުންދާ ދިވެހިބަސް ކުރިއެރުވުމަށްޓަކައި ތަފާތު ކަންތައް ކުރަމުންދާ މުހައްމަދު ޖައިލަމްއާ ހުވަދޫމީޑިޔާއިން ސުވާލު ކޮށްލީ އެޕް ސްޓޯރުން ފެނުނު ހާއްސަ އެޕާ ބެހޭ ގޮތުންނެވެ. އާދެ! ރާއްޖޭގެ ފުރަތަމަ އީ-ބުކްސް؛ ގަނެގެން އަދި ހިލޭވެސް އޮންލައިންކޮށް ފޮތް ކިިޔާލުމުގެ ފުރުސަތު ލިބޭ، ތާރީހުގައިވެސް އުފެދުނު މިފަދަ ފުރަތަމަ މޮބައިލް އެޕްލިކޭޝަން ވުޖޫދަށް ގެނެސް، އަޅުގަނޑުމެންނަށް ތައާރަފުކޮށްދީފައިވާ މުހައްމަދު ޖައިލަމްގެ “ދިވެހި ފޮތް” އެޕްގެ މައުލޫމާތެވެ.

ދިވެހިފޮތް އެޕްލިކޭޝަން ގެ ތެރެއިން………….. ފޮޓޯ ؛ ޖައިލަމް

“އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިބަަސް ކުރިއެރުވުން، ދިވެހި ލިޔުންތެރިންނަށް ފުރުސަތެއް ލިބުން، ޒަމާނުއްސުރެ ހީވެފައި އޮންނަ ކުށްހީއެއް ލިޔުމަކީ ހިލޭސާބަހަށް ކުރަން ޖެހޭ ކަމެއްހެން، އެގޮތަށް ކަންތައް ކުރަމުން އައިސްފައި އޮތީ،” މުހައްމަދު ޖައިލަމް ހުވަދޫމީޑިޔާއަށް “ދިވެހިފޮތް” އެޕާ ބެހޭ ގޮތުން މައުލޫމާތު ދެމުން ބުންޏެވެ.

އައިޓީދާއިރާއިން ތައުލީމު ހާސިލުކޮށްގެން މިދާއިރާއިން ހިދުމަތް ކުރުމަށް ގަސްތުކޮށްފައިވާ ޖައިލަމް އޭނާގެ މިންނެތް ބުރަ މަސައްކަތުން އޮންލައިން ކޮށް އެކިތަފާތު ލިޔުންތައް އެއްތަނަކުން ފެންނާނެހެން އުފައްދާފައިވާ “ދިވެހިފޮތް” ފެނުމުން ހިތަށް އަރާ ފޭބި ސުވާލުތައް ގިނައެވެ. ޒަމާންވީ ހުވަފެނެއްގައި ކުލަ ޖެހެން އުޅޭކަމުގެ އިހުސާސް ކުުރެވުނެވެ. އެހެންކަމުން މިއާ ބެހޭ ގޮތުން އިތުރަށް އެނގިއޮޅުން ފިލުވަން ބޭނުންވިއެވެ.

“އޮންލައިން ޒަމާނަށް އައުމުން އޮންލައިންކޮށް ވެސް ލިޔުންތައް ހިލޭ ދޫކުރަން މިޖެހެނީ، އެފަދަ ފުރުސަތެއް ފަހިވެފައި ނެތުމުން، ފޮތެއް ތައްޔާރުކޮށް ބާޒާރަށް ނެރުމަކީ ލިޔާ ފަރާތްތަކުން ބުނަނީ ކުރެވޭވަރަށްވުރެ އަގުބޮޑު ކަމެއް ކަމަށް އަނެއްކާ އޮންލައިންކޮށް އެކަން ކުރާނެ ގޮތެއް ފެނިފަ ނެތީމަ ދެން ހިލޭ ކުރަން މިފަށަނީ، އަޅުގަނޑުމެންގެ “ދިވެހިފޮތް” މިއީ ލިޔުންތައް އެއްތާކުން ކިޔާލަން ލިބޭ ރަނގަޅު ފުރުސަތަކަށް ވާނެ،”

ޖައިލަމްގެ ހިޔާލުން ވުޖޫދުވެފައިވާ “ދިވެހިފޮތް” އެޕަކީ ދިވެހިތާރީހުގައި ރަންއަކުރުން ފަވާލުން ހައްގު ހިދުމަތެކެވެ.

ދިވެހިފޮތް އެޕްލިކޭޝަން ގެ ތެރެއިން…..,… ފޮޓޯ ؛ ޖައިލަމް

ތާރީހުގައި ފުރަތަމަ ފަހަރަށް އޮންލައިން ކޮށް އެއްތަނަކުން ފޮތްތައް ކިޔާލަން، އަދި ގަންނަން ލިބޭ ހަމައެހެންމެ ބޭނުން ހާލަތުގައި އަމިއްލަ ލިޔުމެއް މީހުންނަށް ފޯރުކޮށްދިނުމަށް ބޮޑު ހޭދައަކާ ނުލައި ފުރުސަތެއް ލިބޭފަދަ މަގެއް ފަހިވެގެން ދިއުމަކީ އާދައިގެ ކުޑަކުޑަ ކަމެއް ނޫނެވެ. އެހެންކަމުން ދިވެހިފޮތް އެޕަކީ ތާރީހުގައި ކުލަގަދަކޮށް ލިޔެވޭނެ ނަމެއް ކަމާމެދު ސުވާލު އުފެދޭނެ ޖާގައެއް ނެތެވެ.

“ލިޔާ ފަރާތްތަކަށް އަޅުގަނޑުމެން ދިވެހިފޮތް މެދުވެރިކޮށް ފޮތް ވިއްކުމުގެ ފުރުސަތު މިވަނީ ހުޅުވާލާފައި، އުސޫލެއްގެ ގޮތުން ވަކި އިންސައްތައެއް އަޅުގަނޑުމެންނަށް، އަދި ބާކީ އެ  ފޮތުގެ ވެރި ފަރާތަށް، އެކަމަކު އަޅުގަނޑުމެން މި އެޕަށް ފޮތްތައް ލުމުގައި ގަވާއިދެއް އޮވޭ. އެފޮތަކީ ފޮތްފާސްކުރާ ތަނުން ފާސްކޮށްފައި އޮތް ފޮތަކަށް ވާންޖެހޭނެ.” ޖައިލަމް މައުލޫމާތު ދެމުން ބުންޏެވެ.

ޖައިލަމްގެ ވާހަކައާއެކު އުފެދުނު ސުވާލަކީ ފޮތްފާސް ކުރުމަކީވެސް ރާއްޖޭގައި ފަސޭހަ ކަމެއްނޫނެވެ. ފޮތްފާސްކުރުމަށްޓަކައި ބަހުގެ އެކަޑަމީއަށް ފޮތްތައް ގެންދިއުމުގެ ކުރިން ފޮތުގައި ހުރި ލިޔުމަކީ ދިވެހިރާއްޖޭގެ ގަވާއިދާއި ގާނޫނު ތަންދޭ އިސްލާމްދީނުގެ އުސޫލާއި ހަމަތަކަށް ތަބާވާ، އަދި ލިޔުންތެރިކަމުގެ އަސާސްތައްފުރިހަމަ ގަވާއިދުތަކާ ނުގުޅޭފަދަ ކުށެއް ނެތް ލިޔުންތަކެއް ހިމެނޭ ފޮތެއްތޯ ބެލުމަށް ވަކި ހުއްދައެއް ދެވިފައިވާ ފަރާތްތަކުން ފަރާތެއްގެ ހުއްދަ، ރުހުން ނުވަތަ “އެޕްރޫވަލް” ބޭނުންވެއެވެ. އަދި މިއީ ވަރަށް ދަތިކޮށް ކުރަން ޖެހޭ ކަމެކެވެ. ސަބަބަކީ މިއީވެސް އަގަކާނުލައި ހިލޭ ކުރާ ކަމަކަށް ވުމުން މިކަން ކުރުމުގެ ހުއްދަދީފައިވާ ލިޔުންތެރިންނަށް މިކަމަށް ވަގުތު ދެވޭ ގޮތް ނުވުން ނުވަތަ ފޮތަކާ ހަވާލުވެ ހައެއްކަ އަށެއްކަ މަސްވެގެންދާއިރުވެެސް މަސައްކަތް ނިންމާނުލެވުން ފަދަ މައްސަލަތައް ދިމާވުމެވެ.

ޖައިލަމް ، ދިވެހިފޮތް އެޕްލިކޭޝަން ތައާރަފްކުރުމުގެ ތެރެއިން…….. ފޮޓޯ ؛ ޖައިލަމް

އަޅުގަނޑުގެ ސުވާލަށް ޖައިލަމް ޖަވާބު ދިނީ ހިނިތުންވެލުމަކާއެކުގައެވެ. އަދި އެޖަވާބާއެކު، ޖައިލަމް ދިނީ އަނެއްކާވެސް އަނެއް އުފާވެރި ހަބަރެވެ.

“ކުރިއަށް އޮތްތަނުގައި ތިކަމާމެދުވެސް ވިސްނަމުން މިދަނީ، އަޅުގަނޑުމެންގެ ތެރެއިން ފޮތް ފާސްކުރުމުގެ ކަންތައް ކުރެވޭނެ މަގެއް ފަހިކޮށްދިނުމަށް ގަސްތު ކޮށްފައި އޮތީ،”

ޖައިލަމް ބުނި ގޮތުގައި ދިވެހިފޮތް އެޕްގައި މިހާރު ހުރި ފޮތްތައް ހުޅުވައިގެން ސްކްރީންޝޮޓް ނުނެގޭނެއެވެ. އަދި ކޮޕީ ކުރުން ފަދަ އެއްވެސް ކަމެއް ނުކުރެވޭނެއެވެ.

“މިހާރު ފަތްތޫރަ، ދީނުގެމަގު، ޖަމާއަތުގެ ހަބަރު ފަދަ ގިނަ މަޖައްލާތައް ހުންނާނެ، ހިލޭ ކިޔަން ބޭނުން ވަގުތަކު ހުޅުވައިގެން ކިޔަންވީ، ބައެއް ވާހަކަތައް ހުންނަނެ އަގު ނަގާގޮތަށް، އަގު ދެއްކުމަށްފަހު ދެން ކިޔަންވީ، އަޅުގަނޑުމެން އެވާހަކަލިޔުންތެރިންގެ އަތުން މިނަގަނީ ކުޑަ އަގެއް، ސަތޭކަ ރުފިޔާގެ ވާހަކަ ފޮތެއްނަމަ ނުވަތަ އެހެންކަހަލަ ފޮތެއްނަމަވެސް އަޅުގަނޑުމެން މިނަގަނީ 30 ރުފިޔާ، ބާކީ 70 ރުފިޔާ ވެރިފަރާތަށް، މާނައަކީ އެއަގެއްގެ 30 ޕަސެންޓޭ ނަގާނީ،” ޖައިލަމް،

މިއީ ދިވެހި ދެ ޒުވާނެއްހެ މިންނެތް މަސައްކަތުން އުފައްދާފައިވާ އެޕެކެވެ. މިއެޕް ޑައުންލޯޑް ކުރަން ލަސްނުކޮށް އަވަސް ކުރައްވާށެވެ. ދިވެހިބަސް ކުރިއެރުވުމަށްޓައި ޖައިލަމް ކުރަމުން އަންނަ އެތަކެއް މަސައްކަތްތަކުގެ ތެރެއިން ދިވެހި ފޮތް، މިއީ ދިވެހި ތާރީހުގައި ރަންއަކުރުން ފަވާލެވިގެންދާނެ މަސައްކަތެކެވެ.

ދިވެހިފޮތް އެޕްލިކޭޝަން ގެ ތެރެއިން

ދުނިޔޭގެ އެންމެ މުއްސަނދިންގެ ތެރޭއެގައި ވާހަކަ ލިޔުންތެރިން ހިމެނޭއިރު ރާއްޖޭގައި މިއީ ފައިސާ ނުލިބޭ ނުވަތަ ހިލޭސާބަހަށް ކުރާ ހިދުމަތެއް ގޮތަށް އެނގިފައި، ދަސްވެފައި އޮތް ކަމެކެވެ. ދިވެހިބަހުން ލިޔުމުގައި ކިތަންމެ މޮޅު ފަންނުވެރިއަކަށްވިޔަސް އެ ފަރާތްތަކަށް އާމްދަނީ ހޯދުމަށް ލިޔުންތައް ބޭނުން ކޮށްގެން އާމްދަނީ ހޯދުމަކީ ފަސޭހަކަމަކަށް ނުވެއެވެ. ވާހަކަ ލިޔެ އެވާހަކަ ފޮތެއްގެ ސިފައިގައި ކިޔުންތެރިންނާ ހަމައަށް ގެނައުމަކީ، އަތުން ހޭދަވާ ހަރަދު ބޮޑުވެފައި ނަފާވެރިކަމެއް ނެތް ކަމެކެވެ.

އެންމެ ފަހުން ޖައިލަމް ދިނީ އަނެއްކާވެސް އުފާވެރި އެހާމެ ބޮޑު ހަބަރެކެވެ. ޖައިލަމާއި އޭނާގެ ޓީމުން މިހާރު މަސައްކަތް ކުރަމުން ދަނީ މި އެޕަށް އިތުރު ފީޗަރތައް ތައާރަފުކުރުމަށެވެ. މީގެ ތެރޭގައި އޯޑިއޯ ފޮތްތައް ތަޢާރަފުކުރުން ހިމެނެއެވެ. މިއީ ޔަގީނުންވެސް އިތުރު ކުރިއެރުމެއް ލިބޭނެ ކަމެކެވެ.

ގިނަ އަހަރުތަކެއްވީ ވާހަކަލިޔުންތެރިއެއްގެ ހައިސިއްޔަތުން ހުދު އަޅުގަނޑުގެ އަމިއްލަ ތަޖުރިބާވެސް މިކަމުގައި ނުހަނު ހިތި ވެފައި ހިތްދައްޗެވެ. ދެން އޮތީ އޮންލައިން ޒަމާނަށް އައުމާއެކު އޮންލައިންކޮށް ކިޔާލެވޭ އީބުކްސް ތައްޔާރުކޮށް ނެރުމެވެ. މިކަން ކުރެވެން އޮތީ އެމޭޒަން، ރެޑިޓް ފަދަ ތަނަކުންނެވެ. ރެޑިޓްގައި ދިވެހިފޮތްތަކެއް ނުލިޔެވެއެވެ. އޮތީ އެމޭޒަންއެވެ. އެކަމަކު އެމޭޒަންގައި ދިވެހި ފޮތެއް ޝާއިއު ކުރިއަސް އޭގެއިން ނަފާއެއް ނުލިބޭނެއެވެ. އެހެންނަމަވެސް ދިވެހިންގެ ތެރޭގައި އެފަދަ ގޮތެއް އުފެދިއްޖެނަމަ ގައިމުވެސް ނަފާ ލިބުމަށްވުރެ އަދި އިތުރު ފައިދާއެއްވެސް ވެގެންދާނެއެވެ. އެފައިދާއަކީ ނެތެމުންދާ ފޮތްތެރިކަން، ނުވަތަ ކިޔުންތެރިން ގިނަ ވުމާއި އުފެދެން ފެށުމެވެ. ދިވެހިވާހަކަތަކާއި ދިވެހިލިޔުންތައް ކިޔާހިތްވާ ފަރާތްތައް މަދުވާން ފެށީ ހަމައެކަނި ބަހާމެދު ފޫހިކަމެއް އުފެދިގެނެއް ނޫނެވެ. އެކަމަކު ކިޔާނެ ފޮތްތަކެއް ލިޔުންތަކެއް ނުލިބޭނަމަ ކިޔާފަރާތްތައް މަދުވާނެތާއެވެ.

ދިވެހިފޮތް އެޕްލިކޭޝަން ގެ ތެރެއިން………… ފޮޓޯ ؛ ޖައިލަމް

އެހެންނަމަވެސް މިއަދު އުއްމީދެއް އާވެއްޖެއެވެ. ޒަމާންވީ ހުވަފެންތަކުގައި ކޮންމެވެސް ގޮތަކުން ކުލަޖެހިދާނެ ކަމުގެ އަލިކަމެއް ފެނިއްޖެއެވެ. ކުރިއަރަމުންދާ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ޒުވާނަކު މިވަނީ ލިޔުންތެރިންނަށް އުފާވެރި މަންޒަރެއް ދައްކުވައިފިއެވެ. އިންފޮމޭޝަންޓެކްނޮލޮޖީ އައިޓީގައި ކުރިއަރަމުންދާ ޖައިލަމް، ލިބިފައިވާ އިލްމާއި ހިލްމު ބޭނުންކޮށްގެން، ކުރަމުން އަންނަ ދިވެހިން ފަހުރުވެރިވާފަދަ ތަފާތު ގިނަ މަސައްކަތްތަކުގެ ތެރެއިން “ދިވެހިފޮތް” މިއީ ލިޔުންތެރިންނަށް ހާއްސަ ކޮށްގެން އުފައްދާފައިވާ އެޕެކެވެ. ދިވެހިފޮތްތައް އޮންލައިންކޮށް ކިޔާލަން ލިބޭ، އަދި އޮންލައިންކޮށް އަގަށް ފޮތް ދޫކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދީފައިވާ އެޕެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!