ޚަބަރު
ޑަބްލިއުޓީއެމް ލަންޑަންގައި އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރު ކުރަން ފަށައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިއަދު ޑަބްލިއުޓީއެމް ލަންޑަންގައި ރާއްޖެ އިޝްތިހާރުކުރަން ފަށައިފިއެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޓްރެވަލް އެންޑް ޓޫރިޒަމް އިވެންޓް ކަމުގައިވާ ޑަބްލިއުޓީއެމް ލަންޑަން ކުރިއަށްދާނީ މިމަހުގެ 5 އިން 7 ވަނަ ދުވަހުގެ ނިޔަލަށް އެކްސެލް ލަންޑަންގައެވެ.

މިއަހަރުގެ ޑަބްލިއުޓީއެމްގައި ރާއްޖެ ތަމްސީލުކުރަނީ ދާއިރާގެ އެކި ފަރާތްތައް ހިމެނޭގޮތުން 217 މަންދޫބުން ހިމެނޭ ވަފުދަކުންނެވެ. މި ވަފްދުގައި ފަތުރުދުގައި ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހީމް ފައިސަލާއި، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ހިމެނިވަޑައިގަންނަވައެވެ.

ޑަބްލިއުޓީއެމް ލަންޑަންގައި މިފަހަރު ރާއްޖޭގެ ސްޓޭންޑަކީ 650 އަކަމީޓަރުގެ ސިންގަލް ޑެކަރ ސްޓޭންޑެކެވެ. މި ސްޓޭންޑްގައި 75 ކޯ އެގްޒިބިޓަރ ކައުންޓަރާއި 55 ބީޓުބީ މީޓިންގ ޓޭބަލް އަދި 3 އިންޑަސްޓްރީ މީޓިންގ އޭރިއާ ވަނީ ބަހައްޓާފައެވެ.

ޑަބްލިއުޓީއެމް ލަންޑަންގައި ރާއްޖެއިން ބައިވެރިވުން. ފޮޓޯ: އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީގެ ފަރާތުން މި ހަރަކާތުގައި ބައިވެރިވެ، އިނގިރޭސިވިލާތާއި ދުނިޔޭގެ މަޝްހޫރު ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނާ ގުޅިގެން ވަން އޮން ވަން ބައްދަލުވުންތައް ބާއްވަމުންދެއެވެ. މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކުގެ އެންމެ ފަހުގެ އަޕްޑޭޓްތައް ހިއްސާކުރުމާއި، ވަކިވަކި ޕްރޮޕަޓީތައް އިޝްތިހާރު ކުރުމަށް ސްޓޭކްހޯލްޑަރުންނަށް ޕްލެޓްފޯމެއް ފަހިކޮށްދެމުންދެއެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް 4 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ. 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 125،016 ފަތުރުވެރިން މި މާކެޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މިއީ 8.5 އިންސައްތަ މާކެޓް ހިއްސާއެކެވެ. މި އިވެންޓުގައި ބައިވެރިވުމުން އިނގިރޭސިވިލާތުގެ މާކެޓުން އިތުރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް އުންމީދުކުރެވެއެވެ.

ޑަބްލިއުޓީއެމް ލަންޑަން 2024ގައި އެމްއެމްޕީއާރުސީއިން ބައިވެރިވުމަކ،ީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށ،ް ފަތުރުވެރިންގެ އަދަދުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އިނގިރޭސިވިލާތުގެ މާކެޓުގައި ހަރަކާތްތެރިވާ މުހިންމު އޮޕަރޭޓަރުންނާއި މީޑިއާތަކާ އެކު ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކޮށްދޭ ހަރަކާތެއްކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!