ޚަބަރު
މާލޭ ސީއެޗްއެސްއީ ހުޅުވުމުން މަތީ ސާނަވީއަށް ކުރާ ހޭދަ ކުޑަކުރެވި، އޭގެ ހެޔޮ މަންފާ ލިބެމުން އެބަދޭ: ޑރ.ޝަފީޢު

މާލޭގައި ހުންނަ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އަލުން ހުޅުވުމުގެ ސަބަބުން މަތީ ސާނަވީއަށް ދައުލަތުން ކުރާ ހޭދަ ކުޑަކުރެވި، ރައްޔިތުންނަށް އޭގެ ހެޔޮ މަންފާ ލިބެމުންދާ ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.

ސީއެޗްއެސްއީއަކީ ގްރޭޑް 11 އާއި، 12 ގައި ކިޔަވާ ދަރިވަރުންނަށް ޚާއްސަ ސްކޫލެއްގެ ގޮތުގައި މާލޭގައި ކުރިން ހިންގަމުން އައި ހަމައެކަނި ސްކޫލެވެ. އެ ސްކޫލުގައި ކިޔަވައިދިނުން މެދުކަނޑައިލީ ހުޅުމާލޭގައި މަތީ ސާނަވީއަށް ކިޔަވައިދިނުމަށް އާ ސްކޫލެއް އެޅުމަށްފަހު މިދިޔަ ސަރުކާރުން ސީއެޗްއެސްއީގެ ނަމުގައި ސްކޫލެއް ހުޅުވުމާ ގުޅިގެންނެވެ.

މާލޭގައި ހުރި ސީއެޗްއެސްއީ އިމާރާތް މަރާމާތުކޮށް، އެ ސްކޫލުގައި އަލުން ކިޔަވައިދޭން ފަށަން ނިންމީ ގިނަ ދަރިވަރުންތަކެއް މާލެއިން ހުޅުމާލެއަށް ދަތުރުކުރަންޖެހުމަކީ ވަރަށް ތަކުލީފު ބޮޑު އަދި އެކަމުގެ އުނދަގޫކަން ގިނަ ރައްޔިތުންނަށް އިހުސާސްވަމުންދާތީއެވެ.

އެގޮތުން މާލޭގެ ސީއެޗްއެސްއީ އަލުން ހުޅުވައި ކިޔަވައިދޭން ފެށީ މިދިޔަ ސެޕްޓެމްބަރު 01 ވަނަ ދުވަހުއެވެ. ރަސްމީކޮށް ހުޅުވީ މި މަހުގެ 04 ވަނަ ދުވަހުގެ ރޭގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ ވަނީ ސީއެޗްއެސްއީ މާލޭގައި ހުޅުވުމުން ކިޔަވާ ދަރިވަރުންނަށް ކިހާ ބޮޑު ކުރިއެރުމެއް ނުވަތަ
ފައިދާއެއް ނޫނީ ފަސޭހަތަކެއް ލިބިގެންދާނެތޯއާއި، އެ ސްކޫލު ބަންދުކުރުމުގެ ސަބަބުން ބެލެނިވެރިންނަށާއި އަދި
ދަރިވަރުންނަށް ކިހާ ބޮޑު ދަތިތަކެއް ލިބިގެން ކިހާ ޝަކުވާއެއް އައިސްފައިވޭތޯ، މިނިސްޓަރު ޑރ. ޝަފީޢުއާ ސުވާލު ކުރައްވައިފައެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ޝަފީޢު ވިދާޅުވީ ރަސްމީ ތައުލީމުގެ ނިޒާމަށް ބަލައިލާއިރުގައި ދިވެހިރާއްޖޭގައި ވަރަށް ޚާއްސަ 03 ސުކޫލެއް އެބަހުރި ކަމަށާއި، އެއީ ރާއްޖޭގެ ރަސްމީ ތައުލީމުގެ ފެށުންކަމުގައިވާ މަޖީދިއްޔާ ސުކޫލާއި، އަންހެން ކުދިންނަށް ކިޔަވައިދިނުމަށް ޚާއްސަ ކުރެވުނު އަމީނިއްޔާ ސުކޫލާއި، 1979 ވަނަ އަހަރު މަތީ ސާނަވީއަށް ޚާއްސަކޮށްގެން ހުޅުވި ސީއެޗްއެސްއީ ސްކޫލު ކަމަށެވެ.

ސީއެޗްއެސްއީ އަލުން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. މި ރަސްމިއްޔާތުގައި، ސީއެޗްއެސްއީގެ އެހާރާއި މިހާރުގެ ހަނދާނީ ރަމްޒެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވެދުމަށް އަރުވަނީ. ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރު ވިދާޅުވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި ޒަމާނުއްސުރެ ދަމަހައްޓަމުން އަންނަ އެންމެ މުހިންމު އެއް ސިޔާސަތަކީ ގާތުން ތައުލީމު ދިނުމުގެ ސިޔާސަތު ކަމަށާއި، ނަމަވެސް ދިވެހިރާއްޖޭގައި މީހުން އެންމެ ގިނައިން ދިރިއުޅޭ ރަށުގައި ހުރި އޭލެވެލް ސުކޫލު ހުޅުމާލެއަށް ބަދަލުކުރުމުގެ ސަބަބުން ދުވާލެއްގެ މައްޗަށް ތިންސަތޭކައެއްހާ ދަރިވަރުން މާލެއިން ހުޅުމާލެއަށް ދަތުރުކުރަން ޖެހުނު ކަމަށެވެ. އަދި ވިލިމާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ވަރަށް ބޮޑު ތަކުލީފެއް ލިބިގެންދިޔަ ކަމަަށް މިނިސްޓަރު ވިދާޅުވިއެވެ.

އިއްޒަތްތެރި ރައީސުލްޖުމްހުރިއްޔާގެ ކަންފަތްޕުޅާ ހަމަޔަށް އެ ޝަކުވާތައް ގެންދިއުމުން ރައީސް ނިންމެވީ ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަކަށް މާލޭގައި ހުރި ސީއެޗްއެސްއީ އާބާތުރަ ފިލުވައި އަލުން ހުޅުވުން. މިހާރު އެ ސްކޫލުގައި އަޅުގަނޑު ހަނދާންވަނީ ހަތަރުސަތޭކަ، ތޭވީސް ދަރިވަރުން ކިޔަވަމުން އެބަދޭ. މިކަމުގެ ސަބަބުން ހަގީގަތުގައި މަތީ ސާނަވީއަށް ދައުލަތުން ކުރާ ހޭދަ ކުޑަކުރެވި، ރައްޔިތުންނަށް އޭގެ ހެޔޮ މަންފާ ލިބެމުންދަނީ.

މިނިސްޓަރު ވިދާޅުވީ މިއީ ސަރުކާރުން ކުރެއްވި ވަރަށް ރަނގަޅު މަސައްކަތެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!