ޚަބަރު
ޗައިނާ ސަރުކާރުން ރާއްޖެއަށް 80 ކޮމްޕިޔުޓަރާއި 20 ލެޕްޓޮޕް ހަދިޔާކޮށްފި

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް 80 ކޮންޕިޔުޓަރާއި 20 ލެޕްޓޮޕް ހަދިޔާކޮށްފިއެވެ. މި ހަދިޔާ ބަލައިގަތުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުނީ ހާރިޖީ ވުޒާރާގައެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަ ޗައިނާގެ ސަފީރު ވަންގް ލިޒިންއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަުޅު ދައްކަވަމުން ޑރ. ހަލީލް ވިދާޅުވީ މި ހަދިޔާއިން ރާއްޖޭގެ ޓެކްނިކަލް ދާއިރާ ކުރިއަރައި، ޑިޖިޓަލް ހިދުމަތްތައް ތަރައްގީ ވާނެ ކަމަށެވެ. އަދި މިއީ ދެ ގައުމުގެ ގާތްގުޅުމުގެ ރަމްޒެއްކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“މި ހަދިޔާއަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތްގުޅުމުގެ ހެއްކެކެވެ. މި ކޮންޕިޔުޓަރުތަކާއި ލެޕްޓޮޕްތަކުން ރާއްޖޭގެ ޑިޖިޓަލް ވަސީލަތްތައް އިތުރަށް ހަރުދަނާވެ، ސަރުކާރުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެ,” ޑރ. ހަލީލް ވިދާޅުވިއެވެ.

ހާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ ޗައިނާ ސަރުކާރުން ދެއްވާ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ނަމުގައި ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ފާޅުކުރެއްވިއެވެ.

ޗައިނާގެ ސަފީރު ވަންގް ލިޒިން ވިދާޅުވީ މި ހަދިޔާއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅޭ އިތުރު ފިޔަވަޅެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ތަރައްގީއަށް އެހީތެރިވުމަށް ޗައިނާ ސަރުކާރުން އަބަދުވެސް ތައްޔާރަށް ތިބޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މި ހަދިޔާގެ ސަބަބުން ރާއްޖޭގެ ސަރުކާރު އޮފީސްތަކުގެ ޓެކްނޮލޮޖީ ވަސީލަތްތައް އިތުރަށް ހަރުދަނާވެ، ހިދުމަތްތައް ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!