ޚަބަރު
ދައުރުވަމުންދާ، މާފުށީޖަލުތެރޭ ކުލަބެއް ގޮތަށް ދިއްލާފައިވާ މަންޒަރު ފެންނަ ވީޑިއޯއަކީ 2022 ގެ ވީޑިއޯއެއް: ކަރެކްޝަން
މީސް މީޑިއާގައި މިހާރު ދައުރު ވަމުންދާ، އަދި މީހުން ޝެއާ ކުރަމުންދާ، މާފުށީ ޖަލުގެ ގޮޅިއެއް ކުލަބެއް ގޮތަށް ދިއްލާފައިވާ މަންޒަރު ފެންނަ ވީޑިއޯއަކީ މިހާރުގެ އެއްޗެއް ނޫން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހާމަކޮށްފިއެވެ.
މީސް މީޑިއާގައި ފެތުރެމުންދާ މި ވީޑިއޯގައި ފެންނަނީ މާފުށީ ޖަލުގެ ގޮޅިއެއް ކްލަބެއް ފަދައިން އެކި ކުލަކުލައިގެ ބޮކިތަކުން ދިއްލާލާފައިވާ މަންޒަރެވެ. މީގެ އިތުރުން، ގޮޅީގެ ފާރުގައި ޑިޒައިންތަކެއް ކުރަހާފައިވާ އިރު، ގޮޅި ތެރޭގައި އެކި ބާވަތުގެ ފަރުނީޗަރު ބަހައްޓާފައި ހުރިތަން ވެސް ފެނެއެވެ. އަދި މި ގޮޅީގައި މީހުން އުޅޭތަން ވެސް ވީޑިއޯއިން ފެންނަން ހުއްޓެވެ.
މި މައްސަލައާ ގުޅޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ވީޑިއޯއަކީ 2022 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން މީސް މީޑިއާގައި ދައުރު ވަމުންދާ ވީޑިއޯއެއް ކަމަށެވެ. މިކަން ކަށަވަރު ކުރެވުނީ އެ ސާވިސްއިން ކުރި ތަހުގީގަކުން ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކަރެކްޝަނަލް ސާވިސްއިން ބުނީ، ގައުމީ ސަލާމަތާ ގުޅުން ހުރި މިފަދަ މުއައްސަސާއަކާ ބެހޭ މަޢުލޫމާތު ފެތުރުމުގެ ކުރިން، އެކަމެއްގެ ޞައްޙަކަން ކަށަވަރުކުރުމަށް އެ މުއައްސަސާއާ ގުޅައިގެން މައުލޫމާތު ސާފުކުރުމަށް އާންމުންނަށް އިލްތިމާސްކުރާ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!