ޚަބަރު
އާރބަން ސެންޓަރުތަކުގެ ބޭނުމަކީ އާބާދީއާއި ތަރައްގީއާއި އެއްފަސް ކުރުން, ދޮގު ޙަބަރު ފަތުރާތީ ކަންބޮޑުވޭ: ގެދޮރުވެރިކަމާ ބެހޭ ވުޒާރާ

އާރބަން ސެންޓަރުތަކުގެ ބޭނުމަކީ އާބާދީއާއި ތަރައްގީއާއި އެއްފަސް ކުރުން ކަމަށާއި، ދޮގު ޙަބަރު ފަތުރާތީ ކަންބޮޑުވާ ކަމަށް ގެދޮރުވެރިކަމާ ބިމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ގެދޮރުވެރިކަމާ ބިމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނީ އާބަންސެންޓަރު ތަރައްގީ ކުރުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ރައްޔިތުންނަށް ލާބަލިބޭނެ ގޮތަށް ކުރިއަށްގެންދ މަޝްރޫއެއްކަމަށެވެ. މިކަމާއި ގުޅޭ މައުލޫމާއި ޙަބަރުތައް އޮޅުންއަރާފަދަ ގޮތަށް ފަތުރަމުންދާތީ އެ އަމަލު އެ މިނިސްޓްރީން ވަނީ ކުށްވެރި ކުރާކަމަށެވެ. އަދި މިނިސްޓްރީން އަންގާ ގޮތަށް އިއުލާނުގައިވާ ގޮތުގެ މަތީން ކުރިއަށްދާނެ ކަމަށާއި، އެކަމަށް އެއްވެސް ބަދަލެއް ނައަންނާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އުމްރާނީ ތަރައްގީގެ ތަސައްވުރަކީ ރާއްޖޭގެ އުތުރުގެ ހަތަރު އަތޮޅަށް ގެންނަން ބޭނުންވާ ތަރައްގީ ކަމަށެވެ. އެހެންކަމުން މިހާރު ކަނޑައޅާފައިވާ މި ތަރައްގީ އާއެކު ވަކިވަކިރަށްތަވެސް ވަނީ ހިމަނާފައެވެ. އެގޮތުން ( ތިލަދުންމަތީ އުތުރުބުރި، ތިލަދުންމަތީ ދެކުނުބުރި މިލަދުންމަޑުލު އުތުރުބުރި އަދި މިލަދުންމަޑުލު ދެކުނުބުރި) ހިމެނޭހެން އުތުރުގެ އުމްރާނީ ތައްރައްގީގެ ސަރަހައްދުތަކުގެ ގޮތުގައި މި ސަރަހައްދުން ކަނޑައެޅި ރަށްތަށް ކަމަށެވެ.

އަދި ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ހިމެނޭއިރު، (ހުވދު އަތޮޅު އުތުރުބުރި ހުވަދު އަތޮޅު ދެކުނުބުރި، ފުވައްމަުލައްސިޓީ އަދި އައްޑޫ ސިޓީ ހިމެނޭހެން ދެކުނުގެ އުމްރާނީ ތަރައްގީގެ ސަރަހައްދެއްވެސް ތަރައްގީކުރުން ހިމެނޭ ކަމަށް ވަނީ ބުނެފައެވެ. މި ދެ ސަރަހައްދުގައިވެސް އެކި ރަށްރަށް އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން (އާބަން ސެންޓަރު) ތައް ރައީސް ވަނީ އިއުލާން ވެސް ކުރައްވާފައެވެ.

އެއީ މާޅޮސްމަޑުލު އުތުރުބުރީ ، އުނގޫފާރާއި މާޅޮސްމަޑޮލު ދެކުނުބުރީ އޭދަފުއްޓާއި، ފާދިއްޕޮޅު ނައިފަރާއި، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫއާއި، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫއާއި، އެ އަތޮޅު ކުޑަހުވަދޫއާއި، ހައްދުންމަތީ ފޮނަދޫއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!