ޚަބަރު
20ވަނަ ގަރުނުގައި، ޖުމްހޫރިއްޔަތެއް ގެނައުމަށް ދިވެހިން ދެކުނު ހުވަފެން، ހަގީގަތަކަށްވާތަން މިފެންނަނީ މިއަދު : ވަޒީރު އާދަމް ނަސީރު

20ވަނަ ގަރުނުގައި ޖުމްހޫރިއްޔަތެއް ގެނައުމަށް ދިވެހިން ދެކުނު ހުވަފެން ހަގީގަތަކަށްވާތަން ފެންނަން ފަށާފައިމިވަނީ މިއަދު ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ބޭއްވުނު ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ވަޒީރު އާދަމް ނަސީރު ވިދާޅުވީ ޖުމްހޫރިއްޔަތެއް ރައްޔިތުން ބަލައިގަތުމުގެ މާނައަކީ ޤައުމުގެ ކަންކަން ނިންމުމުގައި ރައްޔިތުންގެ ހިއްސާއާއި ބައިވެރިވުން އޮތުންކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ރައްޔިތުންގެ އިތުބާރު އޮތްކަން ފާހަގަކުރެއްވިއެވެ. އަދި ރައީސް ވަނީ ވެރިކަން ކުރައްވަން ބޭނުންވަނީ ގައުމުގެ ހުރިހާ ފަށަލަތަކެއް ޝާމިލްވާ ގޮތަށްކަން އިޢުލާނުކުރައްވާފައިކަމަށް ވިދާޅުވިއެވެ.

ވަޒީރު އާދަމް ނަޞީރު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް 20 އަހަރުދުވަހުގެ ޤައުމީ ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. މި ޕްލޭންގައި ހުރިހާ ރައްޔިތުންގެ ޚިޔާލުތައް ހިމެނުމަށް ރައީސް އިސްކަންދެއްވާކަންވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިންގެ އަމިއްލަވަންތަކަމާއި، ސަލާމަތާއި، ސަގާފަތާ ގުޅޭ 10 ރަސްމިއްޔާތު އަހަރެއްގެ ތެރޭގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަންވެސް ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހުގެ މި ޖަލްސާގައި، 20ވަނަ ޤަރުނުގައި ދިވެހިން ދެކުނު ޖުމްހޫރިއްޔަތުގެ ހުވަފެން މިހާރު ހަޤީޤަތަކަށްވަމުންދާކަން ވަޒީރު އާދަމް ނަސީރު ފާހަގަކުރެއްވިއެވެ. މިކަމަކީ ދިވެހި ރައްޔިތުންނަށް އުފާވެރި ހަބަރެއްކަން ޝައްކެއްނެތެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!