ޚަބަރު
ސެކިއުރިޓީ ފީޗާ ހިމެނޭ ގޮތަށް ޑޮމެއިން ނަމްބަރު ވިއްކާ ގަވައިދު އާންމުކޮށްފި

ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ނެރުނު އައު ގަވާއިދެއްގެ ދަށުން، ސެކިއުރިޓީ ފީޗާ ހިމެނޭ ގޮތަށް އެއްގަމު އުޅަނދުފަހަރުގެ ޑޮމެއިން ނަންބަރު ވިއްކުމާއި ބޭނުންކުރުމުގެ އުސޫލުތައް ކަނޑައަޅައިފިއެވެ.

މި ގަވާއިދުގެ ދަށުން، މިހާރު ދޫކޮށްފައިވާ ޑޮމެއިން ނަންބަރުތައް އަލުން ރަޖިސްޓްރީކޮށް ފައިސާ ދެއްކުމަށް ދެ މަސްދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އަދި ޑޮމެއިންގެ ރަޖިސްޓްރީ ލިޔުމާއި ބޭނުންކުރުމުގެ ހުއްދަތައް ސެކިއުރިޓީ ފީޗާ ހިމެނޭ ޑޮމެއިންއަށް ބަދަލުކުރުމަށް ތިން މަސްދުވަހުގެ މުއްދަތެއް ދީފައިވެއެވެ. މި މުއްދަތުގެ ފަހުން ބޭނުންކުރާ ކުރީގެ ޑޮމެއިން ރަޖިސްޓްރީއާއި ހުއްދަތައް ބަލައިނުގަންނާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ޑޮމެއިން ނަންބަރުތަކާ ގުޅޭ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ކޮމެޓީގެ މެންބަރުންގެ އަދަދު ތިނުން ހަތަކަށް އިތުރުކޮށްފައިވާއިރު، މައްސަލަތައް ނިންމޭނީ މަދުވެގެން ހަތަރު މެންބަރުންގެ އިއްތިފާގުންނެވެ. މި ކޮމެޓީއަށް ޑޮމެއިން ނަންބަރުތަކުގެ ޞައްޙަކަން ކަނޑައެޅުމާއި ބާޠިލުކުރުމުގެ ބާރު ލިބިގެންވެއެވެ.

މި ގަވާއިދު ބުނާގޮތުން، ޑޮމެއިން ނަމްބަރެއް ރަޖިސްޓްރީ ކޮށްދެނީ ކުރިން ވެސް އޮތް އުސޫލާއި އެއްގޮތަށް 500 ރުފިޔާއަށެވެ. އަދި ނީލަމުގެ އުސޫލުން ޑޮމެއިނެއްގެ އަގަކީ 50،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދެވެ

އައު ގަވާއިދުގެ ދަށުން، ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ ސާބިތުކޮށްދިނުމަށް، މިނިސްޓްރީން ދޫކުރާ ލިޔުން ނުވަތަ ކިއު އާރު ކޯޑު ސްކޭންކުރެވޭނެ ކޮޕީއެއް ނުވަތަ ރަސްމީ ޕޯޓަލެއްގައި ފެންނަން އޮތުން ލާޒިމުކޮށްފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!