ޚަބަރު
މި މަހުގެ މިހާތަނަށް، ނުގަވާއިދުން އުޅެމުންދިޔަ 30 އަށްވުރެ ގިނަ ބިދޭސީން އަތުލައިގެންފި

މި ހިނގާ ނޮވެމްބަރު މަހުގެ މިހާތަނަށް އައިއިރު، މާލެ ސަރަހައްދުގައި ނުގަވާއިދުން އުޅެމުންދިޔަ 30 އަށްވުރެ ގިނަ ބިދޭސީން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް، މި މަހުގެ 10 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަންގައި ހުޅުމާލޭގެ 04 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް މި ތަންތަނުގައި މަސައްކަތް ކުރަމުންދިއަ 02 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެހެންކަމުން މި މަހުގެ 01 އިން ފެށިގެން 10 ގެ ނިޔަލަށް އިމިގްރޭޝަނުން މިވަނީ ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 30 އަށްވުރެ ގިނަ ބިދޭސީން އަތުލައިގެންފައެވެ.

މި މަހު ހިންގި އޮޕަރޭޝަންތަކުގެ ތަފުސީލް:

  •  އޮކްޓޫބަރު 31 އަދި ނޮވެންބަރު 01 ވަނަ ދުވަހުގައި ހުޅުމާލޭގައި ހިންގި ރެއިޑް އޮޕަރޭޝަނުގައި ވަނީ ސައްހަ ވިސާއެއް ނެތި ހަރަކާތްތެރިވަމުންދިޔަ07 ބިދޭސީ ފިރިހެނަކު އަތުލައިގެންފައި.
  • ނޮވެންބަރު 04 ގައި ހިންގި ރެއިޑު އޮޕަރޭޝަންގައި މާލޭގައި ހުންނަ ރެސްޓޯރަންޓެއް ބަލައި ފާސްކޮށް، ސައްހަ ވިސާއެއް ނެތި، ގަވާއިދާ ޚިލާފަށް އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ 05 ބިދޭސީއަކު ވަނީ އަތުލައިގެންފައި.
  • ނޮވެންބަރު 06 ވަނަ ދުވަހު ކުރިއަށް ގެންދިއަ ރެއިޑު އޮޕަރޭޝަންގައި މާލޭގައި ބިދޭސީން ދިރިއުޅެމުންދިޔަ 02 ތަނެއް ބަލައި ފާސްކޮށް، ސައްހަ ވިސާއެއް ނެތި ގަވާއިދަާ ޚިލާފަށް އުޅެމުންދިޔަ 13 ބިދޭސީއަކު ވަނީ އަތުލައިގެންފައި.
  • ނޮވެންބަރު 09 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަންގައި ހުޅުމާލޭގައި ސެލޫން ހިންގަމުންދާ 06 ތަނެއް ބަލައި ފާސްކޮށް، ސައްހަ ވިސާއެއް ނެތި ގަވާއިދަާ ޚިލާފަށް އުޅެމުންދިއަ 05 ބިދޭސީއަކު ވަނީ އަތުލައިގެންފައި.

އިމިގްރޭޝަންގެ އަމާޒަކީ އެއް އަހަރުތެރޭގައި، ރާއްޖެގައި ގަވާއިދާ ޚިލާފަށް އުޅޭ 5,000 ބިދޭސީން ޑީޕޯޓުކުރުމެވެ. އެ މަސައްކަތުގެ ދަށުން 21 އޮކްޓޫބަރުގެ ނިޔަލަށް 4,361 ބިދޭސީއަކު ވަނީ ޑީޕޯޓުކޮށްފައެވެ.

އޭގެތެރޭގައި ހިމެނެނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އަނބުރާ ފޮނުވައިލި މީހުންނާއި، އަމިއްލައަށް ބޭނުންވެގެން ފުރުވައިލި މީހުންނާއި، ރާއްޖެއިން ފުރަން ނޯޓިސް ދިނުމަށްފަހު އެ މުއްދަތުގެ ތެރޭގައި ރާއްޖެ ދޫކޮށް ފުރި މީހުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!