ޚަބަރު
ވީހާވެސް އަވަހަށް ފޭސް 3 އަލުން ހިއްކަން ފަށައި، ޖެނުއަރީގެ ނިޔަލަށް ގޯތި ދީ ނިންމާނަން: ފަޒުލް

ވީހާވެސް އަވަހަށް ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް އަލުން ފަށައި، ފޭސް 3 އިން ގޯތި ލިބުނު މީހުންނަށް އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ގޯތިތައް ހަވާލުކޮށް ނިންމާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރޭ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތަކީ މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ފެށި ‘ބިންވެރިޔާ ސްކީމް’ ގެ ދަށުން ހުޅުމާލެއިން ދޫކުރަން ކަނޑައެޅި ގޯތިތައް ދިނުމަށް ހިއްކާ ސަރަހައްދެވެ. އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 22 ގައެވެ.

މި މަޝްރޫއުގެ ދަށުން 3 ސަރަހައްދަކަށް ބަހާލައިގެން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، ‘ސައިޓް އޭ’ ގައި ހިމެނޭ 10 ހެކްޓަރުގެ ބިން ހިއްކައި ވަނީ ނިމިފައެވެ.

މިހާރު ހިއްކަމުންދަނީ ‘ސައިޓް ބީ’ ގައި ހިމެނޭ 29 ހެކްޓަރެވެ.

އެޗްޑީސީގެ މުހިންމު ޕްރޮޖެކްޓްތަކެއް އިފުތިތާހުކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ފަޒުލް ވިދާޅުވީ ފޭސް 3 ހިއްކުން މަޑުޖެހުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އެ ގޮންޖެހުންތަކާއެކު ވެސް މިއަދާ ހަމައަށް ކުރަމުން އައި މަސައްކަތަކީ އެެއް ހިސާބެއްގައި ހިފެހެއްޓުން ކަމަށެވެ.

ފަޒުލް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް މިހާރު މެދުކެނޑިފައި އޮތަސް ވަރަށް އަވަހަށް އަލުން އެ މަަސައްކަތް ފަށާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަަލަށް ގޯތިތައް ހަވާލުކޮށް ނިންމާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!