ޚަބަރު
ދަނޑުވެރިކަމުގެ ތައުލީމް ފޯރުކޮށްދިނުމަށް ބޭނުންވާ ފެކަލްޓީ އެޅުމަށް ބިންހަވާލުކޮށްފި

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އެގްރިކަލްޗާ އެންޑް ފުޑް ސައިންސަސް ބިނާކުރުމަށް އއ. ތޮޑޫ ކައުންސިލް އިދާރާއިން ބިން ހަވާލުކޮށްފިއެވެ.

ދަނޑުވެރިކަމުގެ ތަމްރީން ފޯރުކޮށްދިނުމަށް ބިން ހަވާލުކުރުމުގެ ރަސްމިއްޔާރު އޮތީ ގައުމީ ޔުނިވަސިޓީގަ ބުދަ ދުވަހއެވެ.

ގައުމީ ޔިނިވަސިޓީގެ އެގްރިކަލްޗާރ އެންޑް ފުޑް ސައިންސަސް ފެކަލްޓީ އިމާރާތްކުރުމަށް 80000 އަކަފޫޓްގެ ބިމެއް ވަނީ ތޮއްޑޫއިން ހަމަޖައްސާފައެވެ. އެހަފްލާގަ މިނިސްޓްރީ އޮފް އެގްރިކަލްޗާރ އެންޑް އެނިމަލް ވެލްފެއާރ އަދި ތޮއްޑޫ ކައުންސިލްގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެގޮތުން ތޮޑޫގައި ގާއިމްކުރެވޭ މި ފެކަލްޓީގައި މުހިންމު 4 ޑިޕާރޓްމެންޓެއް ގާއިމްކުރެވޭނެއެވެ.

އެޑިޕާރޓްމެންޓްތަކަކީ:

1: ޑިޕާރޓްމަންޓް އޮފް ހޯޓިކަލްޗާރ

2: ޑިޕާރޓްމަންޓް އޮފް ޕްލާންޓް ޕްރޮޓެކްޝަން

3: ޑިޕާރޓްމަންޓް އޮފް ސޮއިލް އެންޑް ވޯޓާރ މެނޭޖްންޓް

4: ޑިޕާރޓްމަންޓް އޮފް ފުޑް ސައިންސަސް އެންޑް ޓެކްނޮލޮޖީ

ގައުމީ ޔިނިވަސިޓީން ބުނީ ކޮންމެ ޑިޕާރޓްމެންޓެއްގަވެސް ޒމާނީ ވަސީލަތާއިއެކު ހާއްސަ ލެބޯޓްރީތައްވެސް ގާއިމްކުރެވޭނެ ކަމަށެވެ. އަދި ޒަމާނީ ވަސީލަތުގެ ސަބަބުން ދަރިވަރުންނަށް އަމަލީތަޖުރިބާލިބި ދިވެހި ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ބޭނުންވ ހުނަރުތަކަށް ޒުވާނުންވެސް ތައްޔާރު ކުރެވޭނެ ކަމަށެވެ.

ދަނޑުވެރިކަމުގެ ދާއިރާއަށް ޒުވާނުން ތައްޔާރުކުރެވި މަތީ ތައުލީމް ފޯރުކޮށްދެވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި، މިކަން ތައާރފްވެގެންދިއުމަކީ ލިބޭނެ ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް ޒަމާނީ އާ ޓެކްނިލޮޖީތައް ތައާރަފްކުރެވި އިގްތިސާދަށްވެސް އިތުރުފުރުސަތުތަކެއް ހުޅވިގެންދާނެ ކަމެއްކަމަށެވެ. ދިވެވި ޒުވާނުންނަށް ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައިލީމް ލިބުނުގެ ފުރުސަތު ލިބި ކާބޯތަކެތި ރައްކާތެރި ކުރުމަށްވެސް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!