ޚަބަރު
ޓާޝަރީ ފެންވަރަށް ތަރައްގީކޮށް، ދަރުމަވަންތަ ހޮސްޕިޓަލު ރަސްމީކޮށް ހުޅުވައިފި

ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށްފަހު، ދަރުމަވަންތަ ހޮސްޕިޓަލު ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދަރުމަވަންތަ ހޮސްޕިޓަލު ހުޅުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

ދަރުމަވަންތަ ހޮސްޕިޓަލު ރަސްމީކޮށް ހުޅުވާފައި މިވަނީ މީގެކުރިން އެ ހޮސްޕިޓަލުން ނުލިބޭ ގިނަ ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހުއެވެ.

އެގޮތުން މި ރަސްމިއްޔާތުގައި ވަނީ ހައިބްރިޑް ކެތު ލެބާއި، ނެޝަނަލް ފަރޓިލިޓީ ސެންޓަރު އިފުތިތާހުކޮށްފައެވެ. ރައީސް ޑރ. މުޢިއްޒު ވަނީ އެ ތަންތަނަށް ޒިޔާރަތްކުރައްވައި އެ ތަންތަން ބައްލަވައިލައްވާފައެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައި ވަނީ އެ ހޮސްޕިޓަލުގެ އީއާރް އަކީ ކުޑަކުދިންނަށް ޚާއްސަ އީއާރްއެއްގެ ގޮތުގައި ހަމަޖައްސާފައިވާކަން އިއުލާނުކޮށްފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ޒައާމަތުގައި ބިނާކުރި ހޮސްޕިޓަލެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!