ޚަބަރު
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ދެވޭ އެވޯޑު ފަރުމާކުރުމަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ކޮންމެ އަހަރެއްގެ ޑިސެންބަރު މަހު ބާއްވާ ޙަފްލާގައި ދެވޭ އެވޯޑު ފަރުމާކޮށް، މިނިސްޓްރީއަށް ޑިޒައިން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޑިޒައިން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މައުލޫމާތު ކަރުދާހުގައިވާ މިންގަނޑުތަކާ އެއްގޮތަށް އެވޯޑް ފަރުމާކޮށް، 20 ނޮވެމްބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީއަށް ފޮނުއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

 ޑިޒައިން ހުށަހެޅުމުގައި ގެންގުޅެން ޖެހޭ އުޞޫލުތައް:

• ހުށަހަޅާ ޑިޒައިނަކީ މަސްވެރިންގެ ދުވަހުގެ ޝިއާރު (މަސްވެރިކަމުގެ ސިނާއަތު ސިންދަފާތުކުރުމުގައި ޒުވާނުންގެ ބައިވެރިވުން – Engaging Youth in Diversifying the Fisheries Sector) އަދި މަސްވެރިކަމުގެ ސިނާއަތް އެކަށީގެންވާ ގޮތެއްގައި ރަމްޒު ކޮށްދޭ ޑިޒައިނަކަށް ވާންޖެހޭނެއެވެ. މިގޮތުން ޑިޒައިން އިޙްތިޔާރު ކުރުމުގައި ޒަމާނުއްސުރު ދެމެހެއްޓެނިވި ގޮތުއްގައި ދިވެހިން ކުރަމުން އައިސްފައިވާ ދޮށީގެ މަސްވެރިކަމާއި، މަސްވެރިކަމުގެ ސިނާއަތް ސިންދަފާތު ކުރުމުގެ މުހިންމުކަން ދައްކުވައިދޭ ޒަމާނީ އަދި އިޖާދީ ހުށަހެޅުންތަކަށް އިސްކަންދެވޭނެއެވެ.

• ހުށަހަޅާ ހުށަހެޅުންތަކުގައި ޑިޒައިންކޮށްފައިވާ އެވޯޑުގެ ދިގުމިނުގައި މަދުވެގެން 1 ފޫޓް ހުންނަންވާނެއެވެ. އަދި 1.5 ފޫޓްއަށްވުރެ އެވޯޑް ދިގުވެގެން ނުވާނެވެ.

• ހުށަހަޅާ ޑިޒައިނަކީ ޑިޒައިން ހުށަހަޅާ ފަރާތުގެ އަމިއްލަ މަސައްކަތަކަށް ވާންވާނެއެވެ.

• ޑިޒައިން ޕްރޮޕޯސަލްއާ އެކު ޑިޒައިންގެ ވެކްޓަރ ފައިލް ( Adobe illustratorނުވަތަ CorelDraw) ހުށަހަޅަންވާނެއެވެ. އަދި 3D ރެންޑަރ ފައިލްއެއް ވެސް ހުށަހެޅިދާނެއެވެ.

o 3D ރެންޑަރ ހުށަނާޅާނަމަ، ޑިޒައިންގެ ފުރަންޓް ވިއު، ބެކް ވިއު އަދި ސައިޑް ވިއު ހިމަނަންވާނެއެވެ.

2. ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ގޮތުގެ މަޢުލޫމާތު:

• ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ 1 ޕްރޮޕޯސަލެވެ. އެއްފަރާތަކަށް ވުރެ ގިނަ ފަރާތްތަކުން ގުޅިގެން އެއް ޕްރޮޕޯސަލެއް ހުށަހެޅިދާނެއެވެ.

• މަސްވެރިންގެ ދުވަހުގެ މުނާސަބާތުގައި ދެއްވާ އިނާމް (އެވޯޑް) ގޮތުގައި ބޭނުންކުރަން ފަރުމާކުރާ ޑިޒައިންގެ ޕްރޮޕޯސަލް ފޮނުވަންވާނީ އީމެއިލް މެދުވެރިކޮށްfisheriesmanagement@fisheries.gov.mv އަށެވެ. އީމެއިލް ކުރާއިރު، އެއް އީމެއިލްއެއްގައި ފޮނުވޭނީ ދިހަ އެމް.ބީ އަށްވުރެ ބޮޑު ނޫން ފައިލްއެއް އެޓޭޗް ކުރުމަށް ފަހުއެވެ. އެއަށްވުރެ ބޮޑުވާ ނަމަ އެޓޭޗްމެންޓް ބަހާލައިގެން ގިނަ އީމެއިލްތަކެއްގައި ފޮނުވިދާނެއެވެ.

މި ގޮތުން ފޮނުވާ އީމެއިލް ތަކުގެ ސަބްޖެކްޓް ގައި ހުށަހަޅާ ފަރާތުގެ ނަމާއި އީމެއިލްގެ ތަރުތީބު ނަންބަރު ލިޔަންވާނެއެވެ.

3. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި :

• ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 20 ނުވެމްބަރު 2024 ވާ ބުދަ ދުވަހުގެ 1200 އެވެ.

• ސުންގަޑި ހަމަވުމަށް ފަހު ހުށަހަޅާ އެއްވެސް ޕްރޮޕޯސަލެއް ބަލައެއް ނުގަނެވޭނެއެވެ.

4. ޑިޒައިން ހޮވުމުގައި ބަލާނެ ކަންތައްތަކާއި، އެންމެ މަތިން މާކްސްލިބިފައިވާ ޑިޒައިން އަށް ފައިސާގެ އިނާމު ދިނުން:

• މަތީގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް، ސުންގަޑި ހަމަވުމުގެ ކުރިން ހުށަހަޅާ ޕްރޮޕޯސަލްތައް އިންސާފުކުރާނީ މިނިސްޓްރީން އައްޔަނުކުރާ ޕެނަލަކުންނެވެ.

• ޕެނަލްގެ މެންބަރުން އިންސާފުކުރުމުގައި ބަލާނީ ތިރީގައިވާ ކަންތައްތަކަށެވެ.

– ފަރުމާކޮށްފައިވާ ޑިޒައިނުން ޒަމާނުއްސުރެ ދިވެހިން ކުރަމުން އައިސްފައިވާ ދޮށީގެ މަސްވެރިކަމާއި، މަސްވެރިކަމުގެ ސިނާއަށް ސިންދަފާތުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ރަމްޒުކޮށްދޭ މިންވަރު (50 މާކްސް)

– ފަރުމާކޮށްފައިވާ ޑިޒައިނުން ޒުވާނުން މަސްވެރިކަމުގެ ސިނާތަށް އަހުލުވެރި ކުރުވުމާއި، ޒުވާން މަސްވެރި ޖީލެއް އުފެއްދުމުގެ މުހިންމުކަން ރަމްޒުކޮށްދޭ މިންވަރު (30 މާކްސް)

– ފަރުމާކޮށްފައިވާ ޑިޒައިނުން ޒަމާނީ އަދި އީޖާދީ ނަޒަރަކުން މަސްވެރިކަމުގެ ސިނާއަތަށް އަލިއަޅުވާލައިފައިވާ މިންވަރު (20 މާކްސް)

• އެންމެ މަތިން މާކްސް ލިބޭ ޕްރޮޕޯސަލަކަށް މަދުވެގެން %75 މާކްސް ލިބެންވާނެއެވެ.

• މިގޮތުން އެންމެ މަތިން މާކްސްލިބިގެން މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ދޭ އެވޯޑްގެ ގޮތުގައި ބޭނުންކުރުމަށް ހޮވޭ ޑިޒައިން ފަރުމާކުރި ފަރާތަށް 15,000 (ފަނަރަ ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!