ޚަބަރު
މިދިޔަ އެއް އަހަރު 5,000 ބިދޭސީން ޑީޕޯޓްކުރިން، މިއީ އިމިގްރޭޝަން ތާރީޚުގައި ރެކޯޑު އަދަދެއް: ޝަމްޢާން

މިދިޔަ އެއް އަހަރު 5,000 ބިދޭސީން ޑީޕޯޓްކޮށްލާފައިވާ ކަމަށާއި، މިއީ އިމިގްރޭޝަން ތާރީޚުގައި ބޮޑު ކާމިޔާބީއެއް ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްޢާން ވިދާޅުވީ 17 ނޮވެމްބަރު 2023 އިން ފެށިގެން ފާއިތުވެދިޔަ އެއް އަހަރުތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ 5,000 ބިދޭސީން ފުރުވައިލާ، ޓާގެޓް ހާސިލުކުރެވިފައިވާ ކަމަށެވެ.

މިއީ އިމިގްރޭޝަން ތާރީޚުގައި ވެސް ރެކޯޑް އަދަދެއްކަން ޝަމްޢާން ފާހަގަކުރެއްވިއެވެ.

މިކަމުގައި އިމިގްރޭޝަނަށް އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. ޚާއްސަކޮށް ފުލުހުންނާ އަދި ހޯމް މިނިސްޓްރީއަށް.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެތެރެއިން ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ 200 އެއްހައި ރެއިޑް އޯޑަރު ނެރެ 1,200 އަށްވުރެ ގިނަ ތަންތަން ބަލައި ފާސްކޮށްފައެވެ. އޭގެތެރޭގައި ފުލުހުންނާއި ގުޅިގެން އިންޓެލިގެންސް ބޭސް ޓާގެޓެޑް 70 އަށްވުރެ ގިނަ ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މައިގަނޑު ގޮތެއްގައި މި ރެއިޑްތައް ޚާއްސަކުރީ ހަށި ވިއްކާ ތަންތަނަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!