ޚަބަރު
ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ އޮފީސް ރަސްމީކޮށް ހުޅުވައިފި

ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ އޮފީސް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

ގައުމީ ދާރުލްއާސާރުގައި ބޭއްވި ރަސްމިއްޔާތުގައި މި އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ އިތުރުން ފަސް އިސްވާރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ޒައާމަތަށް އެއް އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް، ބަހުގެ ވުޒާރާގެ ފަރާތުން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ހާސިލުކޮށްފައިވާ ކާމިޔާބީތައް ހިމެނޭ “ޚިދުމަތުގެ 52 ހަފުތާގެ ފޮތް” ވެސް ނެރެފައެވެ. މި ފޮތް ނެރެދެއްވީ މެޑަމް ސާޖިދާ މުޙައްމަދެވެ.

ރައީސް ޑރ. މުޢިއްޒު، ދިވެހި ގައުމިއްޔަތުގެ އިސްވަރު އިފުތިތާހުކޮށްދެއްވީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ދިވެހި ގައުމިއްޔަތުގެ އިސްވަރަކީ ރައީސް އެކަށައަޅުއްވާފައިވާ ދިވެހި ގައުމިއްޔަތު އިޔާދަ ކުރުމުގެ ގައުމީ ނިޒާމުގެ މުހިންމު އެއް ގުނަވަނެވެ.

މި އިސްވަރު އެކުލެވިގެން ވަނީ މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށެވެ. އެ ދާއިރާތަކަކީ ދިވެހިބަހުގެ ދާއިރާއާއި، ދިވެހި ތާރީޚާއި، ދިވެހި ތަރިކައިގެ ދާއިރާއާއި، ދިވެހި ސުމޭކުގެ ދާއިރާއާއި، ދިވެހި ފަންނުގެ ދާއިރާއެވެ.

ޤައުމިއްޔަތުގެ އިސްވަރުގެ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ފަސް އިސްވާރުންނަކީ މަރްޔަމް ތައުފީޤާ ( ދިވެހިބަހުގެ އިސްވާރުކަން ) އާއި، ކަށިމާ އަޙްމަދު ޝާކިރު ( ދިވެހި ތާރީޚުގެ އިސްވާރުކަން ) އާއި، ޙަސަން ޒަރީރު ( ދިވެހިތަރިކައިގެ އިސްވާރުކަން ) އާއި، މުޙައްމަދު ޢަބުދުލްޤާދިރު ( ދިވެހި ސުމޭކުގެ އިސްވާރުކަން ) އާއި، މަރްޔަމް ޢިޝާ ޢަޒީޒު ( ދިވެހި ފަންނުގެ އިސްވާރުކަން ) އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!