ދުނިޔެ
އިސްރާއީލުން ބޭރޫތަށް ދިން ހަމަލާއެއްގައި ހިޒްބުއްލާގެ ސްޕޯކްސްޕާސަން މުޙައްމަދު އަފީފް ޝަހީދުވެއްޖެ

ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކުރެވެމުންދާ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި އިސްރާއީލުން ލުބުނާނަށް ދިން ވައިގެ ހަމަލާއެއްގައި ހިޒްބުއްލާގެ މީޑިއާ ސްޕޯކްސްޕާސަން ޝަހީދުވެއްޖެއެވެ.

މަސްތަކެއް ވަންދެން ހިޒްބުއްލާގެ އިސްކޮށް ހަރަކާތްތެރިވަމުން އައި މުޙައްމަދު އަފީފް ޝަހީދުވީ ބޭރޫތުގެ ހުންނަ ރަސް އަލް-ނަބާގައި ހުރި ބައަތު ޕާޓީގެ އޮފީސްތަކަކަށް ދިން ހަމަލާއެއްގައެވެ. މީހުން ދިރިއުޅޭ ސަރަހައްދަކަށް އެއްވެސް އިންޒާރެއް ނެތި ދިން މި ހަމަލާއިން ކައިރީގައި ހުރި އިމާރާތްތަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ.

މަޝްހޫރު ޝިއާ ދީނީ ޢިލްމުވެރިއެއްގެ ދަރިއެއް ކަމުގައިވާ އަފީފަކީ ހިޒްބުއްލާއިން ހިންގާ ޓީވީ ނެޓްވޯކް އަލް-މަނާރު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރުމަށްފަހު ހަނގުރާމަވެރި އިސްލާމީ ޖަމާޢަތުގެ މީޑިއާ ސްޕޯކްސްޕާސަންގެ މަޤާމުގައި ހުރި ފަރާތެކެވެ.

ހިޒްބުއްލާގެ ވެރިއެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި  ޙަސަން ނަޞްރުއްލާ 28 ސެޕްޓެމްބަރުގައި ޝަހީދުވުމަށްފަހު، އަފީފަކީ އެ ޖަމާޢަތުގެ އެންމެ ފާހަގަކޮށްލެވޭ އިސް ފަރާތްތަކުގެ ތެރެއިން އެކަކަށް ވެފައިވެއެވެ. އަދި އޭނާ ވަނީ ބޭރޫތުގައި އެތައް ނޫސްވެރިންގެ ބައްދަލުވުންތަކެއް ބާއްވާފައެވެ.

އަފީފަކީ އިސްރާއީލުން މަރާލި މިފަދަ މަޤާމެއްގައި ހުރި ފުރަތަމަ އޮފިޝަލެވެ. މީގެ ކުރިން އަމާޒުކުރެވުނު ހުރިހާ ފަރާތްތަކަކީވެސް ސިފައިންގެ ނުވަތަ އިސް ލީޑަރޝިޕް މަޤާމުތަކުގައި ތިބި ފަރާތްތަކެވެ. އާދީއްތަ ދުވަހާ ހަމައަށް، އޮކްޓޯބަރު މަހުން ފެށިގެން ބޭރޫތުގެ މެދުތެރެއަށް އިސްރާއީލުން އެއްވެސް ވައިގެ ހަމަލާއެއް ދީފައެއް ނުވެއެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި ހަމަލާ ދިން ތަނުން 4 ހަށިގަނޑު ފެނިފައިވެއެވެ. މަރުވި މީހުންގެ ސީދާ އަދަދު ރަސްމީކޮށް އަންގާފައެއް ނުވެއެވެ.

“އަހަރެން ނިދާފައި އޮއްވާ ހޭލެވުނީ ހަމަލާދޭ އަޑާއި، މީހުން ހަޅޭއްލަވާ އަޑަށް.” ކައިރީގައި ދިރިއުޅޭ ސުހައިލް ހަލަބީ ބުންޏެވެ. “ވަރަށް ބިރުގަތް. މިއީ އަހަރެންނަށް މިހާ ކައިރިން މިކަން ތަޖުރިބާކުރެވުނު ފުރަތަމަ ފަހަރު.”

އާދީއްތަ ދުވަހު ޣައްޒާގައި ދިން ވައިގެ ހަމަލާތައް ދިނީ ބައިތު ލަހިޔާ އަދި ކައިރީގައި އޮންނަ ބައިތު ހަނޫން އަދި ޖަބަލިޔާ ރަށްތަކުގައި އިސްރާއީލު ސިފައިން ހަރަކާތްތެރިވަމުންދާ ދަނޑިވަޅެއްގައެވެ. އާދީއްތަ ދުވަހު ދިން ހަމަލާތަކުގައި އެ ސަރަހައްދުގެ ގިނަ ބައެއް ވަނީ ދުމުގެ ސަބަބުން ވައި ނުސާފަުވެފައެވެ.

ލުބުނާނުގެ ބެއިރޫތުގެ ދެކުނުގައި އޮންނަ ދާހިއެހް ސަބަރބްގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި އުފެދިފައިވާ ދުން. ފޮޓޯ: އަނަޑޯލޫ/ގެޓީ އިމޭޖްސް

އެ ތިން ރަށް ބަންދުކޮށް އެތައް ފަހަރެއްގެ މަތިން އެ ތަން ދޫކޮށް ދިޔުމަށް ރައްޔިތުންނަށް ދީފައިވާ އިންޒާރުތަކުގެ ސަބަބުން، އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވަނީ ޣައްޒާގެ އެންމެ އުތުރު ސަރަހައްދުތަކުން އާންމުން ނެރުމަށްފަހު އަލުން އެތަނަށް އެނބުރި ދިއުމުގެ ފުރުޞަތު އިސްރާއީލުން ނުދޭނެ ކަމަށެވެ. އެހީ ފޯރުކޮށްދޭ ފަރާތްތަކުން ބުނާ ގޮތުގައި އެ ސަރަހައްދުގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށެވެ. އެތާނގައި ކާނާއާއި، ފެނާއި، ބޭހާއި، މުވާޞަލާތީ ވަސީލަތްތަކުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، އދ. އިން ހިންގާ ސްކޫލަކަށް ދިން ވައިގެ ހަމަލާއެއްގައި އެތާގައި ދިރިއުޅެމުން ދިޔަ 10 މީހުން ޝަހީދުވެފައިވާކަމަށް ފަލަސްޠީނުގެ ނޫސް އޭޖެންސީ ވަފާއިން ރިޕޯޓުކޮށްފައިވެއެވެ. އިސްރާއީލުގެ ސިފައިން ބުނެފައިވާ ގޮތުގައި އެއީ އެ ކޮމްޕައުންޑްގައި ހުރި ހަނގުރާމަވެރި އިސްލާމީ ޖަމާޢަތުގެ ކޮމާންޑް ސެންޓަރަކަށް ދިން ހަމަލާއެއް ކަމަށެވެ.

އިސްރާއީލުގެ މީޑިއާއިން ބުނެފައިވަނީ އައި.ޑީ.އެފްއިން ލުބުނާނުގައި ހިންގާ އޮޕަރޭޝަންތަކުގެ ހަބަރު ފޮރުވަމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް އިސްރާއީލުގެ ސަރުކާރުން ކަނޑައަޅާފައިވާ ގިނަ ލަނޑުދަނޑިތައް ވަނީ ޙާޞިލުވެފައެވެ.

އާދީއްތަ ދުވަހު އިސްރާއީލުގެ ހަމަލާތައް އަމާޒުކުރެވުނު ތަންތަނުގެ ތެރޭގައި ހިޒްބުއްލާގެ ބާރު އޮންނަ ބޭރޫތުގެ ދެކުނު ފަރާތު ބަނދަރު ސަރަހައްދުގައި ހުރި އިމާރާތްތައް ހިމެނެއެވެ. މި ހަމަލާތައް ދިނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އިންޒާރު ދިނުމަށްފަހުއެވެ.

އަދި އޭގެ އިތުރުން ޓަޔަރު ބަނދަރު ސިޓީ ހިމެނޭ ގޮތަށް އެޤައުމުގެ އެހެން އެތައް ސަރަހައްދަކަށް ހަމަލާދީފައިވާ ކަމަށްވެސް ރިޕޯޓުކުރެވިފައިވެއެވެ.

އިސްރާއީލުގެ ސިފައިންގެ ފަރާތުން ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާތައް ދިނީ އިންޓެލިޖެންސްގެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ހިޒްބުއްލާގެ ކޮމާންޑް ސެންޓަރުތަކާއި އިންފްރާސްޓްރަކްޗަރ އަމާޒުކޮށްގެން ކަމަށެވެ.

ލުބުނާނުގައި ހިޒްބުއްލާއާ ދެކޮޅަށް އިސްރާއީލުން ފެށި ހަމަލާތަކުގެ މަޤްޞަދަކީ ހަނގުރާމަ ފެށި ދުވަސްކޮޅުގައި ހިޒްބުއްލާގެ ހަމަލާތަކުގެ ބިރަށް ބޯޑަރު ކައިރީގައި ހުރި ގެތަކުން ނުކުމެފައިވާ ގާތްގަނޑަކަށް 60،000 އިސްރާއީލީން އެނބުރި އެ ގެތަކަށް ގެނައުމެވެ.

ހިޒްބުއްލާގެ ބާރު ދަށްވެފައިވީ ނަމަވެސް، އެ ޖަމާއަތުން ޣައްޒާގައި ހަނގުރާމަ ފެށުނީއްސުރެ އިސްރާއީލަށް ރޮކެޓާއި މިސައިލް ދޫކުރަމުން ގެންދެއެވެ.

އިސްރާއީލުން ދިން ހަމަލާގައި ގެއްލުންވި ލުބުނާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ތޫރުގައި ހުރި އިމާރާތްތައް. ފޮޓޯ: ކައުންނަތު ހާޖޫ/އޭއެފްޕީ/ގެޓީ އިމޭޖްސް

އިސްރާއީލުގެ ސިފައިންގެ ފަރާތުން ހޮނިހިރު ދުވަހު ބުނެފައިވަނީ އެ ދުވަހު ހިޒްބުއްލާއިން 80 އަށްވުރެ ގިނަ ޕްރޮޖެކްޓައިލް ބޯޑަރު ހުރަސްކޮށް ދޫކޮށްފައިވާ ކަމަށެވެ. އޭގެ ގިނަ އަދަދެއް ހަލާކުކޮށްލެވުން ނަމަވެސް  ހިޒްބުއްލާއިން އުތުރު އިސްރާއީލުގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ހައިފާއަށް ދޫކުރި ރޮކެޓް ހަމަލާއެއްގައި ދެ އާންމު ރައްޔިތަކަށް ޒަޚަމްވިއެވެ. ހިޒްބުއްލާއިން ބުނެފައިވަނީ ހައިފާއާއި އޭގެ ކައިރި ސަރަހައްދުތަކުގައި ހުރި އިސްރާއީލުގެ 5 ސިފައިންގެ މަރުކަޒަކަށް މިސައިލް ހަމަލާ ދީފައިވާ ކަމަށެވެ.

ލުބުނާނުގެ ޞިއްޙަތާބެހޭ ވުޒާރާއިން މަޢުލޫމާތުދޭ ގޮތުގައި އިސްރާއީލުގެ ހަމަލާތަކުން 3،400 އަށްވުރެ ގިނަ މީހުން ލުބުނާނުގައި މަރުވެފައިވެއެވެ. އަދި އިސްރާއީލުގެ ސިފައިން ބުނެފައިވަނީ ހުކުރު ދުވަހު ދެކުނު ލުބުނާނުގައި ހިނގި ހަނގުރާމައެއްގައި ސިފައިންގެ މީހަކު މަރުވެފައިވާ ކަމަށެވެ.

ނޮވެމްބަރު މަހުގެ ފެށުމާ ހަމައަށް، 13 މަސްދުވަހަށްވުރެ ދިގު މުއްދަތެުއްދަތެއްގައި ހިނގަމުންދާ މި ހަނގުރާމައިގައި ހިޒްބުއްލާގެ ހަމަލާތަކުން އުތުރު އިސްރާއީލާއި އޮކިއުޕައިޑް ގޯލަން ހައިޓްސްގައި 60 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

މި ހަފުތާގެ ކުރީކޮޅު އެމެރިކާއިން ހުށަހެޅި ޑްރާފްޓް ޕްރޮޕޯސަލްއެއްގެ ކޮޕީއެއް ހިޒްބުއްލާގެ ފަރާތުން މަޝްވަރާކުރަމުންދާ ލުބުނާނުގެ ޕާލަމެންޓުގެ ސްޕީކަރު ނަބީހް ބެރީއަށް ހަވާލުކޮށްފައިވާ ކަމަށް ލުބުނާނުގެ އޮފިޝަލެއް ބުނެފައިވެއެވެ. މި ޕްރޮޕޯސަލް ބިނާވެފައިވަނީ 2006 ވަނަ އަހަރު އިސްރާއީލާއި ހިޒްބުއްލާއާ ދެމެދު ހިނގި އެންމެ ފަހުގެ ހަނގުރާމަ ނިމުމަކަށް ގެނައި އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ރެޒޮލިއުޝަން 1701 ގެ މައްޗަށެވެ.

މި ހަނގުރާމަ ފެށިފައިވަނީ ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހު ހަމާސްއާއި އެހެން ހަތިޔާރުއުފުލާ ޖަމާޢަތްތަކުން ދެކުނު އިސްރާއީލަށް ޣައްޒާއިން ކުއްލި ހަމަލާއެއް ދިނުމުންނެވެ

ޣައްޒާގައި ރަހީނުކޮސާފައި ތިބި އިސްރާއިލް ރައްޔިތުން ދޫކޮށްލައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް އެދި އިސްރާއީލުން ހޮނިހިރު ރޭ އަނެއްކާވެސް ތެލްއަވީވުގައި ބޮޑު މުޒާހަރާއެއް ކުރިއެވެ.

ޣައްޒާގެ ޞިއްޙަތާބެހޭ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ހަނގުރާމަ ފެށުނީއްސުރެ ޣައްޒާގައި މަރުވެފައިވާކަން ޔަޤީންކުރެވިފައިވާ މީހުންގެ އަދަދަކީ 43،799 އެވެ. ފާހަގަކުރެވިފައިވާ މަރުތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!