ބައެއްމީހުން ގަސްހައްދަނީ އެކަމަށް ހާއްސަ ޝައުގެއް ހުރެގެންނެވެ. ގަސްހައްދާ ގަހަށް ވަގުތުދީ ގަސް ބެލެހައްޓޭނީވެސް ގަހާ ދޭތެރޭ ހާއްސަ ލޯތްބެއް ހުންނަ މިހަކަށް ކަން ޔަގީނެވެ. މިފަދަ ލޯތްބެއް ގަހަށް ނެތް މީހަކަށް ގަސް ނުހެއްދޭނެއެވެ.
ދިވެހިންގެ ހިތްތަށް އެހަގަހަކަށް ލޯބި ޖެހިފަވާ މަނީ ޕްލާންޓް ގަސް ހައްދާ ގޮތް ބަލާލަމާ ހިގާށެވެ. މި އާޓީކަލްގައި ކިޔައިދޭންމިއުޅެނީ މަނީ ޕްލާންޓް ގަހަކީ ކޮބައިކަމަށާއި، އެގަސް ގޭތެރޭގައި ހެއްދުމުން ލިބޭނެ ހިތްހަމަޖެހުމާއި އޭގެ މައުލޫމާތެވެ.
މަނީ ޕްލާންޓަކީ ވެލެއްގޮތަށް ހެއްދޭ ގަހެކެވެ. އެގަސް ވެލެއްގެ ގޮތަށް ހެދުނަސް އޭގެ ބައެއްގަސްތައް ކުޑަ ޕޮޓްތަކުގައި އިންދައިގެން ގަސް ހުންނަ ޒާތަށްވެސް ބަދަލު ގެނެވެއެވެ. މަނީ ޕްލާންޓް ވެލުން ނުކުންނަ ފަތްތައް އެކި ސައިޒްތަކަށް ހުންނައިރު ވަށް ކޮށްހުންނަ ފަތާއި ކޮންމެވެސް ވަރެއްގެ ޝޭޕަކަށް ހުންނަ ފަތްއަޅާ ވެޔޮ ގަސްވެސް ހުރެއެވެ.
މަނީ ޕްލާންޓަކީ އޭގައި ހުންނަ ޖާދުވީ ގޮތަކުން އެތައްބަޔަށް ހިތްހަމަނުޖެހުން ގެނެސްދޭ ޙާއްސަ ވެލެކެވެ. މިއީ ތިބާއަށް ނަސީބާއި ތަނަވަސްކަން ގެނެސްދެވޭނެ ވެލެއްވެސް މެއެވެ.

މަނީ ޕްލާންޓް
މިގަސް ހެދިފައިހުންނައިރު ކިތަންމެހާވެސް ރީއްޗެވެ. ބަލާބެލުމަށް ފުރިހަމައެވެ. ރީތިކަމުގެ ފުރިހަމަ މި ވެލުގެ ތަފާތު ވައްތަރުތައް ހުރެއެވެ. އާންމު ގޮތެއްގައި މިގަސް ހައްދާ މީހަކަށް ގޭގެ ކޮޓަރީގައިވެސް ހައްދލެވިދާނެއެވެ. ކޮޓަރިއަށް ހާއްސަ ރީތިކަމެއް ގެނެސްދިނުމަށް މަނީ ޕްލާންޓް ހައްދާލުމަކި ވަރަށް މުހިންމު ކަމަކެވެ. އޭރުން ކޮޓަރީގެ ފެހިކަން ގަދަވެ ނަފްސާނީ ދުޅަހެޔޮކަމުން މީހާ އަށް ފަސޭހަ ވެގެެންދާނެއެވެ.

މަނީ ޕްލާންޓް
މަނީ ޕްލާންޓް ހެއްދޭނެ ގޮތް:
ގަސްހައްދާ ޕޮޓަކަށް ފަހާއި ގަސްކާނާ އަޅާ އެއްވަރުކޮށްލނީއެވެ. އެއަށްފަހު ރޯކުރަން ބޭނުންވާ ކުރިކޮޅޫ ފަސްގަޑގެ ތެރޭގައި އިންދާނީއެވެ. އަދި ކޮންމެ ދުވަހެއްގެވެސް ތިންއިރު އެއަށްފެންދީ ރޯވަންދެން ބަލަހައްޓާނީއެވެ. ބޭނުން ބައްޓަމަކަށް މި ގަސް ހައްދާލެވޭނެއެވެ. މިއީ ގޭގެ ސިޓީން ރޫމާއި ކޮޓަރީގައި ހައްދާލަން ވަރަށް ކަމުދާނެ ވެލެކެވެ.

