ޚަބަރު
ޕީއެންސީގެ މެމްބަރޝިޕް ޑްރައިވް ހަރަކާތުގައި ދައުލަތުގެ އެއްވެސް ވަސީލަތެއް ބޭނުމެއްނުކުރާނެ: ޢަބްދުއްރަޙީމް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެމްބަރޝިޕް ޑްރައިވް ހަރަކާތުގައި ދައުލަތުގެ އެއްވެސް ވަސީލަތެއް އެއްވެސް ވަރަކަށް ބޭނުމެއް ނުކުރާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ”ރައީސް ޑރ.މުޢިއްޒުއާއެކު 1 އަހަރު” ގެ ނަމުގައި ސަންގު ޓީވީިއިން ގެނެސްދެމުންދާ ކަވަރޭޖުގެ ތެެރެއިން ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ޕީއެންސީގެ މެމްބަރޝިޕް ޑްރައިވް ހަރަކާތުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ކަމަށް އިދިކޮޅު އެމްޑީޕީން ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޢަބްދުއްރަޙީމް ފުރަތަމަ ވެސް ވިދާޅުވީ ”އެފަދަ އެއްވެސް ކަމެއް ނުހިނގާނެ” ކަމަށެވެ.

މެންބަރުން އިތުރުކުރުމުގެ ހަރަކާތްތަކަށް އަތޮޅުތަކަށްދާ ޓީމުތައް ދާނީ ޕާޓީގެ ޚަރަދުގައި ކަމަށާއި، ސަރުކާރުގެ ދަތުރަކާ ގުޅުވައިގެން ވެސް މިކަމެއް ނުކުރާނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ހަމަ ސީދާ މިކަމަށް އަޅުގަނޑުމެން ވަކިން ހަމަ ކޮންމެ ވީކެންޑަކަށް ދަތުރުތައް ރާވައިގެން ކޮންމެ ވީކެންޑަކަށް ހަތަރު ފަސް އަތޮޅަށް ޕާޓީގެ ފަރާތުން އަޅުގަނޑުމެން ޓީމުތައް ފޮނުވަނީ
ޕާޓީން ދަތުރު ޚަރަދާ ހުރިހާ ކަމެއް ނިންމާނީ. ކެއިން ބުއިމާއި ތިބުމާއި ހުރިހާ އެއްޗެއް.

މަޖިލިސް ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ދަތުރެއް ކުރައްވާ ކަމަށްވަންޏާ ސަލާމަތީ ކަންކަން ބަލަހައްޓަވާ ސިފައިން ވެސް ވަޑައިގަންނަވާނެ ކަމަށާއި، އެއީ ދައުލަތުގެ ވަސީލަތް ބޭނުންކުރުމެއް ނޫން ކަމަށެވެ. އެހެން ބޭފުޅަކު މަޖިލިސް ރައީސްކަމުގައި ހުންނެވި ނަމަވެސް ގާނޫނުގައި އޮންނަ ގޮތުން މަޖިލިސް ރައީސް ވަޑައިގަންނަވާ ތަނަކަށް ސިފައިން ވެސް ދާނެ ކަމަށާއި، މަޖިލީހުގެ ރައީސްގެ ސެކިއުރިޓީ ކަންކަން ބަލަހައްޓަން ސިފައިންގެ މައްޗަށް ގާނޫނުން ލާޒިމުކޮށްފައިވާ ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!