ޚަބަރު
ޖަލު ބަންދުގައި ބަހައްޓާފައި ހުންނަ ކޮންމެ ގައިދީ އަކަށް، މަހެއްގެ މައްޗަށް 27،000 އެއްހާ ރުފިޔާ ހޭދަވޭ

ޖަލު ބަންދުގައި ބަހައްޓާފައި ހުންނަ ކޮންމެ ގައިދީއަކަށް، މަހެއްގެ މައްޗަށް 27،000 އެއްހާ ރުފިޔާ ހޭދަވާ ކަމަށް ދާހިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. މި މައުލޫމާތު ވަޒީރު ހާމަކުރެއްވީ ސަރުކާރަށް އަހަރު ފުރުމާ ގުޅިގެން ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައެވެ.

ވަޒީރު އިހުސާން ވިދާޅުވި ގޮތުގައި، ރާއްޖޭގައި ޖަލުތައް ހެދިގެން އައީ ޖަލު ހަދާ އުސޫލުން ނޫނެވެ. އޭގެ ބަދަލުގައި، އެކި ކަންކަމަށް ބެހެއްޓިފައި ހުރި ގުދަންތަކުގައި ކުށްވެރިން ބައިތިއްބަން ފަށައި، އެތަންތަން އިތުރަށް ތަރައްގީ ވަމުން އައިސްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި މައްސަލައަށް ޖުމްލަ ހައްލެއް ގެނައުމުގެ މަސައްކަތް އެއްވެސް އިރެއްގައި ކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޑރ މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު، ރާއްޖޭގައި ސެންޓްރަލް ޖަލެއް އެޅުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިފަދަ ޖަލެއް އެޅުމުގެ މައިގަނޑު ބޭނުމަކީ ގައިދީން އެކި ރަށްރަށުގައި ބައިތިއްބަން ޖެހުމުން ގައިދީއެއްގެ ބޮލަށް ކުރަންޖެހޭ ޚަރަދު ބޮޑުވުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“ދިވެހި ދައުލަތުން މިހާރުވެސް އެބަ ހަރަދުކުރޭ 27،000 އަކަށް ރުފިޔާ ކޮންމެ ބޮލަކަށް މަހަކު. މިއީ ވަރަށް ބޮޑު އަދަދެއް. އެވްރެޖް ރައްޔިތަކު 24 ގަޑިއިރު މަސައްކަތް ކޮށްގެން އެއްމަސް ދުވަހުގެ މަސައްކަތަށް މި ލިބެނީ މަހަކު 15،000 ރުފިޔާ. އެހެންވީމާ އަޅުގަނޑުމެން 27،000 ހަރަދުކުރަންޖެހޭ ސަބަބެއް ނެތް,” ވަޒީރު ވިދާޅުވިއެވެ.

ސިންގަލް ޕްރިޒަން ކޮމްޕްލެކްސްއެއް އެޅުމުން މި ޚަރަދު ވަރަށް ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ގައިދީން ސެކިއުރިޓީއަށް ބަލައިގެން، ނުވަތަ ކުށްތަކަށް ބަލައިގެން ނޫނީ، އަންހެން، ފިރިހެން، ކުޑަކުދިން އަދި ބިދޭސީންގެ ގޮތަށް ބަހާލަން ބޭނުންވިޔަސް ސިންގަލް ޕްރިޒަން ކޮމްޕްލެކްސްއަކީ މުހިންމު ކަމެއް ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

ނަފުސާނީ މައްސަލަ ހުންނަ ގައިދީންނަށް ފަރުވާ ދެވޭނެ ނިޒާމެއް ހޯދަންޖެހޭ ކަމަށާއި، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުޢާހަދާތަކުގައި އެކަށައަޅާފައިވާ މިންގަނޑުތައްވެސް ޖަލުގައި ބެހެއްޓުން މުހިންމު ކަމަށް ވަޒީރު އިހުސާން ފާހަގަ ކުރެއްވިއެވެ. އައު ޖަލު އެޅެނީ މި ހުރިހާ ކަންކަމަށް ރިއާޔަތްކޮށްގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބަޔާންތަކުން އެނގޭ ގޮތުގައި، ސަރުކާރުން ޖަލު ނިޒާމު އިސްލާހުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމާއި، ހާއްސަކޮށް ހަރަދު ކުޑަކުރުމާއި ގައިދީންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އިސްކަންދޭކަން ފާހަގަކުރެވެއެވެ. އައު ސެންޓްރަލް ޖަލު އެޅުމަކީ މި މަސައްކަތުގެ މުހިންމު ބައެއްކަން ވަޒީރުގެ ވާހަކަފުޅުން ސާފުވެއެވެ.

މިހާރު ކޮންމެ ގައިދީއަކަށް މަހަކު ހޭދަވާ 27،000 ރުފިޔާއަކީ އާންމު ރައްޔިތެއްގެ މަހު އާމްދަނީއަށްވުރެ މާ ބޮޑު އަދަދެއްކަން ފާހަގަކުރެވެއެވެ. މި ހަރަދު ކުޑަކުރުމަކީ ދައުލަތުގެ ބަޖެޓަށް ލުޔެއް ލިބިގެންދާނެ ކަމެއްކަން ޝައްކެއް ނެތެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!