ޚަބަރު
މަސް މާރުކޭޓު ސަރަހައްދުގައި ބިދޭސީން ކޮންޓްރޯލް ކުރަމުންދިޔަ ބޯޓުތައް ބަލައި ފާސްކޮށް 39 މީހަކު ބަންދަށް

މާލެ މަސް މާރުކޭޓު ސަރަހައްދުގައި އަޅާފައިވާ މަސް ބޯޓުތައް ބަލައި ފާސްކޮށް، 39 ބިދޭސީން އަތުލައިގަނެފިއެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސް މާރުކޭޓު ސަރަހައްދުގައި ބިދޭސީން ވިޔަފާރިކޮށް ކޮންޓްރޯލް ކުރަމުންދިޔަ މަސް ބޯޓުތަކާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާތީ ޓާސްކު ފޯހުން އިއްޔެ އޮޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އެގޮތުން އެ ސަރަހައްދުގައި އަޅާފައިވާ މަސް ބޯޓުތައް ބަލައި ފާސްކޮށް 39 މީހަކު އިމިގްރޭޝަންގެ ބަންދަށް ގެނެވިފައިވާ ކަމަށް ޝަމްޢާން ވިދާޅުވިއެވެ.

ގަވާއިދާއި ޚިލާފަށް އުޅުނު 39 ބިދޭސީން އަތުލައިގެންފައިވާއިރު، ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތުގެ ތެރެއިން މިއަހަރު ސަރުކާރުން ކަނޑައެޅި އަމާޒު ވަނީ ހާސިލުކޮށްފައެވެ.

ސަރުކާރުން މި އަހަރަށް އަމާޒު ކަނޑައެޅީ ރާއްޖޭގައި ގަވައިދާ ޚިލާފައި އުޅޭ ބިދޭސީންނާއި ގަވާއިދާއި ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން ހިމެނޭ ގޮތަށް 5000 ބިދޭސީން އަނބުރާ ފޮނުވާލުމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!