ޚަބަރު
ހުޅުމާލޭގައި މޫދަށް އެރި އުޅުނު ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ހުޅުމާލޭގައި މޫދަށް އެރި އުޅުނު ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން މިިއަދު ބުނީ ހުޅުމާލޭގައި މޫދަށް އެރި އުޅުނު ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހުގެ 15 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ނަމަވެސް މި މައްސަލާގެ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއްނުކުރެއެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ ފިިރިހެން މީހާ މޫދުގައި އުޅުނު އެހެން ކުދިންގެ ކައިރީގައި ވެސް އެކަހެރި ހިސާބުތަކަށް ދާން ބުނެފައިވާ ކަމުގެ ތުހުމަތު ވެސް ވަނީ ކުރެވިފައެވެ.
އެ މީހާއަކީ ހުޅުމާލޭ ފޭސް 1 ގެ މާރުކޭޓުގައި މަސް ވިއްކަން އުޅޭ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!