ޚަބަރު
ގއ. ބިހުރެހާއިން ދަނޑުވެރިކަމަށް ބިން، ކުއްޔަށް ދޫކުރަނީ

ގއ. ގެމެނަފުށީ ކައުންސިލުގެ އިހުތިސސްގެ ތެރޭގައި ހިމެނޭ ގއ. ބިހުރެހާއިން ދަނޑުވެރިކަމަށް ބިން ކުއްޔަށް ދޫކުރަން ނިންމައިފިއެވެ.

މި ބިންތަކުގައި ހުއްދަ ދެވިފައިވަނީ ހަތަރު ބާވަތެއްގެ ދަނޑުވެރިކަމަށެވެ. އެއީ މޫސުމީ ދަނޑުވެރިކަމާއި، އާންމު ދަނޑުވެރިކަމާއި، ދިރޭތަކެތީގެ ދަނޑުވެރިކަމާއި، އަދި ޒަމާނީ ދަނޑުވެރިކަމެވެ.

މި ފުރުޞަތު ހުޅުވާލެވިފައިވަނީ 18 އަހަރުން މަތީގެ ގެމަނަފުށީ ރައްޔިތުންނަށާއި، އެ ރަށުގައި ދިރިއުޅޭ މީހުންނަށާއި، އަދި ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. ބިން ކުއްޔަށް ދޫކުރެވޭނީ 20 އަހަރުގެ މުއްދަތަށެވެ.

ކޮންމެ ފަރާތަކަށްވެސް ދޫކުރެވޭނީ 4,000 އަކަފޫޓުގެ ބިމެކެވެ. އިތުރު ބިމަކަށް އެދޭނަމަ، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް (އީއައިއޭ) ހުށަހަޅަންޖެހޭނެއެވެ.

ބިމަށް އެދި ހުށަހަޅާ ފަރާތްތަކުން އެޑްމިޝަން ފީގެ ގޮތުގައި 4,000 އަކަފޫޓަށް 2,500 ރުފިޔާ ދައްކަންޖެހޭނެއެވެ.

ބިހުރެހާގައި ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ނޮވެމްބަރު 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން ދަނޑުބިމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހެޅުމަށް ކައުންސިލުން އެދިފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!