ކުރިއަށް މި އޮތް ފަސް އަހަރު ރައްޔިތުންނަށް އުފާ ފާގަތިކަން، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް އެއް އަހަރުވުމާ ގުޅިގެން ދައުލަތުގެ މީޑީއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އިޙްސާން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހިންގެވުމާއެކު މި ފާއިތުވެދިޔަ އެއް އަހަރު ދުވަހު ކުރެވުނީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށެވެ.
އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ ކުރިއަށް މި އޮތް ފަސް އަހަރު ރައްޔިތުންނަށް އުފާ ފާގަތިކަން، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެގެން އަންނާނީ. މިހާރު އަޅުގަނޑުމެން ފައުންޑޭޝަން އަޅާފައިހުރި މަސައްކަތްތައް އަޅުގަނޑުމެން އިންދާފައި ހުރި ގަސްތައް މީގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބިގެން އަންނާނެ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގަ.
އިޙްސާން ވަނީ ރައްޔިތުން މިއަދާ ހަމައަށް ވެސް ދެމުން އައި ސަޕޯޓަށް ވަަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. އަދި
އިދާރާތަކުން ކުރާ މަސައްކަތްތައް ރައްޔިތުން ބަލައިގަންނަކަމާއި އެ ކަންކަމުން ރައްޔިތުން ކުރާ ފޮނި އުންމީދުތައް ފެންނަ ކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ.