ރެސިޕީ
ހުވަދޫ ހުކުރު ސުފުރާ: މިކްސްޑްބެރީ ރަވާ މޫސް

ބޭނުންވާ ތަކެތި

  • 350 ގ ފްރޯޒެން މިކްސްޑް ބެރީސް (ބޭނުން ވައްތަރެއްގެ ބެރީސް އެއް ހިޔާރުކޮށްލާށެވެ،)
  • 500 މިލިލީޓަރ، (ކުޑަފެންފުޅިއެއްގެ) ފެން
  • 0.5 ސަމުސާ ފޮނިތޮށި ގާނާފައި ހުރި
  • 100 ގ ހަކުރު
  • 100 ގ ރަވާ

މިކްސްޑްބެރީ ރަވާ މޫސް

ތައްޔާރު ކުރާނެ ގޮތް

ތެއްޔަކަށް ފެނާއި ބެރީސް އަޅައިގެން ބެރީސް މަޑުވަންދެން ކައްކާލާށެވެ. ކެކުނީމަ ބެރީސް ބްލެންޑަރުން ޗަސްކޮށް، އެއްކޮށްލުމަށްފަހު. ފުރޭންޏަކުން ފުރޭނުމަށްފަހު ތެއްޔަކަށް އަޅާލާށެވެ.

ބެރީ ޕިއުރީ އަދި ހަކުރު އެއްކުރުމަށްފަހު ހަކުރު ވިރި އެކުވަންދެން މަޑުގިނީގައި ކައްކާލާށެވެ. ހަކުރު ވިރުނީމަ, މަދު މަދުން ރަވާ އާއި ފޮނިތޮށިކޮޅު އަޅަމުން އެއްކޮށްލާށެވެ. 10 ވަރަކަށް މިނެޓު ވަރަކަށް ވަންދެން ކައްކައި، ރަނގަޅަށް އޮލަވުމުން އުނދުންމަތިން ބާލާށެވެ..

ފެންއެއްޗަކަށް ތަށްޓެއް ބަހައްޓައި އެތަށްޓަށް، އުނދުންމަތިން ބޭލި ބެރީމިކްސްޗަރ އަޅާލުމަށް ފަހު ރަނގަޅަށް މިކްސްޗަރުން އެއްކުރަމުން ދާށެވެ. މިކްސް ކުރާނީ ބެރީރަވާ މިކްސް ކްރީމަށް ވާންދެނެވެ.

ރަނގަޅަށް ގިރުނީމަ ތަށި ތައްޓަށް އަޅާފަ ފުރިޖުގައި ފިނިކޮށްލާށެވެ. މައްޗަށް ވިޕް ކްރީމް އަޅާފައި އޭގެ މަތީގައި ބެރީސްތަކެއް ބެހެއްޓީމަ ރީތިވެފައި ސުފުރާމަތީ ހުންނައިރު ހިތަށް ފިނިކަމާއި ހަމަޖެހުން ގެނެސްދޭ ބެލުމެއް ހުންނާނެއެވެ.

މިހާރު އެހެރީ ކެއުމަށް ސުފުރާ މައްޗަށް ގެންނަން އެހެރީ ތައްޔާރުވެފައެވެ!

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!