ދުނިޔެ
ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ވޭނަކަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 42 އަށް އަރައިފި

ޕާކިސްތާނުގެ ހުޅަނގު އުތުރުގައި މަގުމަތީ ދަތުރުކުރަމުންދިޔަ ވޭނުތަކަކަށް ކާކުކަން ނޭނގޭ ބަޔަކު ދިން ބަޑީގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 42 އަށް އަރައިފިކަމަށް ހުކުރު ދުވަހު އެގައުމުގެ ފުލުހުން ބުނެފައިއެވެ.

މި ހަމަލާ ދީފައިވަނީ ބުރާސްފަތި ދުވަހު ކައިބަރު ޕަކްތުންކުވާ ސޫބާގެ ލޯވަރ ކުރަމް ޑިސްޓްރިކްޓްގެ މަންދޯރީ ޗަރްކެލް ސަރަޙައްދުގައި، ވޭނުތައް ޕަރާޗިނާރުން ސޫބާގެ ވެރިރަށް ޕެޝަވާރަށް ދަތުރުކުރަމުން ދަނިކޮށެވެ.

“އިތުރު 4 މީހަކު ލިބުނު އަނިޔާތަކުގެ ސަބަބުން ނިޔާވެފައިވާތީ ޖުމްލަ މަރުވި މީހުންގެ އަދަދު 42 އަށް އަރައިފި. މީގެ ތެރޭގައި 7 އަންހެނުން ހިމެނޭ. އަދި އިތުރު 18 މީހުންނަށް އަނިޔާވެފައިވޭ.” މިހެން ބުނެފައިވަނީ ސަލީމް ޝާހު ނަމަކަށް ކިޔާ ލޯކަލް ފުލުސް އޮފިސަރެކެވެ. އޭނާ މިހެން ބުނެފައިވަނީ އަނަދޯލޫ އާ ފޯނުން ވާހަކަދައްކަމުންނެވެ.

ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްގެ ކުރުރަމް ޑިސްޓްރިކްޓްގައި ދިން ހަމަލާތަކުގައި މަރުވި މީހުންގެ ޖަނާޒާ. [ދިލާވެރް ޚާން/އޭއެފްޕީ]

މި ހަމަލާއަކީ ގަބީލާތަކާއި ނަސްލުތަކުގެ މެދުގައި އޮތް ހަމަނުޖެހުމާ ގުޅުން ހުރި ކަމެއް ކަމަށް ބެލެވޭއިރު، މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ.

ސެޕްޓެމްބަރު މަހު އަފްޣާނިސްތާނުގެ ބޯޑަރާ ކައިރީގައި އޮންނަ ކުރަމް ޑިސްޓްރިކްޓްގައި  ގަބީލާތަކުގެ މެދުގައި ހިނގި ހަނގުރާމައިގައި ގާތްގަނޑަކަށް 46 މީހުން މަރުވެފައިވެއެވެ. ނަމަވެސް ގަބީލާތަކުގެ އިސް މީހުން އެ މައްސަލަ ހައްލުކޮށް ހަނގުރާމަ ހުއްޓާލުމަށް އިޢުލާނުކޮށްފައިވެއެވެ.

އެންމެ ފަހުން ދިން މި ހަމަލާ އައިސްފައިމިވަނީ މި މަހުގެ ކުރީކޮޅު ލޯކަލް ގަބީލާތަކުން އެ ސަރަޙައްދުގެ މަގުތައް 2 ހަފްތާއަށްވުރެ ގިނަ ދުވަހު ބަންދުކުރުމަށްފަހުގައެވެ.

ނަމަވެސް ލޯކަލް އެޑްމިނިސްޓްރޭޝަނުން މަގުތައް ހުޅުވައި އެ ސަރަޙައްދުގައި ދަތުރުފަތުރު އަލުން ފެށުމަށް ހުއްދަ ދީފައިވެއެވެ. މި ސަރަޙައްދަކީ ގިނަ ފަރުބަދަތައް ހުންނަ އަދި މުވާސަލާތު ދަތި ސަރަޙައްދެކެވެ.

ޕާކިސްތާނުގައި އަނެއްކާވެސް އަނިޔާވެރިކަން އިތުރުވަމުންދާއިރު، އާންމު ރައްޔިތުންނާއި ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދެއެވެ.

ހުކުރު ދުވަހު އެގައުމުގެ ސިފައިން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކައިބަރު ޕަކްތުންކުވާ އާއި ދެކުނު-ހުޅަނގު ބަލޫޗިސްތާން ސޫބާގައި 7 މީހުން މަރާލައިފައިވާ އިރު އިތުރު 2 މީހުންނަށް އަނިޔާވެފައިވެއެވެ. މި މީހުންނަކީ ޓެރަރިސްޓުން ކަމަށް ޝައްކުކުރެވޭ މީހުންނެވެ.

ޕާކިސްތާނު ސިފައިން ސަރަހައްދު ޕެޓްރޯލްކޮށް ސަލާމަތީ ބާރު ވަރުގަދަ ކުރަނީ.

މި ކައުންޓަރ-ޓެރަރިޒަމް އޮޕަރޭޝަންތައް ހިންގާފައިވަނީ އަންގާރަ ދުވަހު ބަންނޫ ސަރަޙައްދުގައި ހިނގި ގޮވާލުމުގެ ހަމަލާއަކާ ގުޅިގެންނެވެ. އެ ހަމަލާގައި 12 ސަލާމަތީ މުވައްޒަފުން މަރުވެފައިވެއެވެ.

ނޮވެމްބަރު މަހުގެ ފުރަތަމަ 3 ހަފްތާގެ ތެރޭގައި ޕާކިސްތާނުގެ ގާތްގަނޑަކަށް 55 ސަލާމަތީ މުވައްޒަފުން ވަނީ ގިނަ އަދަދެއްގެ ހަމަލާތަކާއި ބޮން ގޮއްވުމުގެ ހަމަލާތަކުގައި މަރުވެފައެވެ. މިއީ މުޅި ޤައުމުގައި އަނިޔާވެރިކަން އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!