ޚަބަރު
ޕާޓީގައި 96ހާސް މެންބަރުން، މިއަދަދު މިހާބޮޑުވީ ރައީސް ގެންގުޅުއްވާ އުސޫލުތައް ހަރުދަނާ ވީމަ؛ އަމާޒަކީ އެއްލައްކަ: އަބްދުއްރަހީމް

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ މިހާރުގެ އަމާޒަކީ މެންބަރުންގެ އަދަދު 100،000 އަށް އެރުވުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ކަންކަން ބައްލަވާ މީޑިއާތަކާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މިހާރު ވެސް ޕާޓީ އަށް 96،000 މެންބަރުން ލިބިފައިވާ ކަމަށާއި، އަމާޒަކީ ޕާޓީއަށް އެއްލައްކަ މެންބަރުން ހަމަކުރުން ކަމަށެވެ.

“މިހާރު ވެސް ޕާޓީއަށް 97،000 ފޯމު ލިބިފައި ހުރިއިރު، އޭގެ ތެރެއިން 75،000 އަށް ވުރެ ގިނަ މެންބަރުން ވަނީ ދަފްތަރު ކުރެވިފައި,” އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި 100،000 މެންބަރުންނާއެކު ހަރަކާތްތެރިވާ ފުރަތަމަ ސިޔާސީ ޕާޓީއަށް ޕީއެންސީ ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ވެރިކަމަށް އައިރު ޕާޓީގައި ތިބީ 3،022 މެންބަރުން ކަމަށެވެ. އަދި މެންބަރުންގެ އަދަދު މިހާ ބޮޑަށް އިތުރުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ އުސޫލްތައް ހަރުދަނާވީމަ ކަމަށް ވެސް ވިދާޅުވިއެވެ.

“ވެރިކަމަށް އައިރު ޕާޓީގައި ތިބީ 3022 މެންބަރުން. 100،000 މެންބަރުންނާއި ހަމައަށް މިދިޔައީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތު ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަތީމަ. ޕާޓީ ހިންގުމުގައި އެމަނިކުފާނު ގެންގުޅުއްވާ އުސޫލްތައް ހަރުދަނާވީމަ.” އަބްދުއްރަހީމް ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!