ޚަބަރު
ރައީސް މުއިއްޒު އަޅުގަނޑަށް ކުރިއަށްވުރެ ބޮޑަށް އިތުބާރުކުރޭ: އަބްދުއްރަހީމް

މީގެ ކުރިން ރައީސް މުއިއްޒުއާއި ގުޅުން ރަނގަޅުނުވާހާ ވަރަށް މިހާރު ގުޅުން ރަނގަޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ޕީއެންސީތެރޭން ކުރެއްވި މަސައްކަތަށްފަހު މިހާރު މާބޮޑަށްވެސް ގުޅުން ރަނގަޅު ކަމަށެވެ. އަދި އެ މަސައްކަތަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ވުރެވެސް ރައީސް މުއިއްޒު އެމަނިފާނާއި ބާއްވާ ގުޅުން ރަނގަޅުކަން ފާހަގަވާ ކަމަށެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ޕީއެންސީގެ އެތެރޭގެ އިންތިހާބްގެ ނަތީޖާ އިއުލާނުކުރުމަށް މިރޭ ޕީއެންސީން ކުރިއަށްދިޔަ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެމަނިކުފނުގެ ނަން ރައީސް މުއިިއްޒު ހުށަހެޅުއްވީ ވަރަށް ބޮޑަށް އިތުބާރު ކުރެވޭތީ ކަމަށާއި، އެހެންކަމުން އެގުޅުންދަނީ ދުވަހެއް ދުވަހަކަށް ބަދަހިވަމުން ކަމަށެވެ.

ސިޔާސީ ގޮތުން ރައީސް މުއިއްޒު މިހާރު އެންމެ އިތުބާރު ކުރައްވާ ބޭފުޅަކީ އަޅުގަނޑު: އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ މިހާރު މިހިގާ ސިޔާސީ ކަންކަމުގަ ރައީސް މުއިއްޒު އެންމެ އިތުބާރު ކުރައްވަނީވެސް އެމަނިކުފާނަށް ކަމަށެވެ. އެކަމާ ވަރަށް ބޮޑަށް ފަޙްރުވެރިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި މިފަދައިން އަބްދުއްރަހީމް ވާހަކަފުޅު ދައްކަވާފައިވަނީ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިރޭގެ މި ޖަލްސާއަކީ ޕީއެންސީން މިއަދު ބޭއްވި އިންތިހާބާއި ގުޅިގެން ބޭއްވި ޖަލްސާއަކަށްވާއިރު އެޕާޓީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާއި ގުޅޭގޮތުން ވަނީ ވާހަކަދައްކަވާފައެވެ.

އެ އިންތިހާބުގެ ނަތީޖާއާއި ގުޅޭގޮތުން ވިދާޅުވީ އިންތިހާބުގެ ވަގުތީނަތީޖާ މާދަމާ ރޭ އިއުލާނުކުރައްވާނެކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީއަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު ޕާޓީ ކަމަށާއި، އެޕާޓީގައި 75 ހާހަށްވުރެ ގިނަމެމްބަރުން މިހާރުވެސް އެބަތިބި ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!