ޚަބަރު
ލެސްޓާސިޓީ އަތުން ޗެލްސީއަށް މުހިއްމު މޮޅެއް

ޕްރިމިޔާ ލީގުގައި ލެސްޓާސިޓީ ބަލިކޮށް ޗެލްސީއިން މުހިއްމު މޮޅެއް ހޯދައިފިއެވެ. ލެސްޓާސިޓީއަށް މިދިޔަ ސީޒަންގައި ކޯޗުކަން ކޮއްދިން އެންޒޯ މަރެސްކާ މިސީޒަންގައި ޗެލްސީއާއި ހަވާލުވި ފަހުން ލެސްޓާސިޓީއާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ޗެލްސީ މޮޅުވީ 2-1 ގެ ނަތީޖާ އަކުންނެވެ.

ލެސްޓާސިޓީގެ ކިންގްޕަވާ ސްޓޭޑިޔަމްގައި ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތެކެއް އުފެއްދި ޗެލްސީއިން އެޓީމުގެ ފުރަތަމަ ގޯލް ކާމިޔާބު ކުރީ މެޗުގެ 15 ވަނަ މިނެޓުގައެވެ. މިގޯލް އެޓީމަށް ޖަހާދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެންޒޯ ފެނާންޑޭޒްގެ އެހީތެރިކަމާއިއެކު ނިކޮލަސް ޖަކްސަންއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފަ ވަނީ 1-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގަ އޮވެގެންނެވެ. ދެވަނަ ހާފުގައި އިތުރު ގޯލެއް ޖަހާ ޗެލްސީއިން ލީޑު ފުޅާ ކުރިއެވެ. މި ގޯލް މެޗުގެ 75 ވަނަ މިނެޓުގައި އެޓީމަށް ޖަހާދިނީ އެންޒޯ ފެނާންޑޭޒްއެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލެސްޓާސިޓީއަށް ލިބުނު ޕެނަލްޓީ އަކުން އެޓީމުގެ ޖޯޑަން އަޔޫ ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް ލެސްޓާސިޓީ އަކަށް މެޗުގައި އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއްނުވިއެވެ.

މިމެޗުން ލިބުނު މޮޅާއިއެކު ޗެލްސީ ލީގުގެ ތިންވަނައިގައި އޮތީ ކުޅުނު 12 މެޗުން 22 ޕޮއިންޓު ހޯދައިގެންނެވެ. ކުޅުނު 12 މެޗުން 10 ޕޮއިންޓު ހޯދައިގެން ލެސްޓާސިޓީ އޮތީ ލީގުގެ 16 ވަނައިގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!