ޚަބަރު
ވިލިމާލެއާއި ހުޅުމާލޭގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށައިފި

ވިލިމާލެއާއި ހުޅުމާލޭގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ.

އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އިފުތިތާހުކުރީ މި މަހުގެ 16ވަނަ ދުވަހުއެވެ.

އެގޮތުން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން މިހާރު ވަނީ ވިލިމާލެ އީ-ބްލޮކް އަދި އުމަރު ޒާހިރު ބިލްޑިނގްގެ އިތުރުން ހުޅުމާލެ ވިނަރެސް ޓަވަރު 02 ގެ ފުރަތަމަ ފަންގިފިލާއިން މިއަދު ވަނީ އައިޑީ ކާޑުގެ ޚިދުމަތް ދޭން ފަށާފައެވެ.

ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ގާއިމު ކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރުގައި 2021 ވަނަ އަހަރުއެވެ. އަދި ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ގާއިމުކޮށް އަމިއްލައަށް ކާޑަށް ހުށަހެޅޭ ގޮތް ހަމަޖެއްސީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

މީގެއިތުރުން މި އަހަރު ވަނީ ކާޑު ޕްރިންޓުކުރުމަށްފަހު، ޑީއެންއާރްއިން އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވޭނެ ޚިދުމަތް ތައާރަފުކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!