ޚަބަރު
އެއްވެސް ކައުންސިލެއް ތަފާތު ކުރުމެއްނެތި ޚިދުމަތް ދިނުމުގައި ސާބިތުކަމާއެކު ދެމިތިބޭނަން: އާދަމް ޝަރީފް

ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ކައުންސިލެއް ތަފާތު ކުރުމެއްނެތި ޚިދުމަތް ދިނުމުގައި ސާބިތުކަމާއެކު ދެމިތިބުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ ހދ.މުރައިދޫ ކުޑަކުދިންގެ ޕާކު “ބޮނބިފަންނު” ހުޅުވައިދެއްވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ވަޒީރު ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ކޮންމެ ކައުންސިލަކީ ވެސް މުހިންމު ކައުންސިލެއް ކަމަށާއި، ކޮންމެ މުވައްޒަފަކީ ވެސް މުހިންމު މުވައްޒަފެއް ކަމަށެވެ. އަދި ކޮންމެ ރައްޔިތަކީ ވެސް ވަރަށް މުހިންމު ފަރާތެއް ކަމަށާއި، އެ ފަރާތްތަކުން ކުރައްވާ މަސައްކަތް ބައްލަވައިލައްވައި އެ ފަރާތްތަކުގެ ވާހަކަތައް އަޑުއެއްސެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ކައުންސިލެއް ތަފާތު ކުރުމެއް ނެތި އެއްވެސް ރައްޔިތެއް ވެސް ތަފާތުކުރުމެއް ނެތި ކޮށްދެވެން އޮތް ޚިދުމަތެއް ކޮށްދެއްވުމުގައި ސާބިތުކަންމަތީ ދެމިތިބުން ކަމަށެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ މި ސަރުކާރުގެ އެންމެ ފުރަތަމަ ސިޔާސަތަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމުގެ ސިޔާސަތުކަމަށާއި، އެ ސިޔާސަތުގެ ދަށުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ކައުންސިލްތަކަށް ބޭނުންވާ ފަޅުރަށްތައް އެ ކައުންސިލްތަކަށް ލިބޭނެ މަގުފަހިކުރައްވާފައިވާ ކަމަށެވެ.

އެ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށް ކުރިއަށް އޮތް ތަނުގައި ލިބޭ ޓެކްސްގެ 10 އިންސައްތަ ރަށްރަށުގެ ކައުންސިލްތަކަށް ލިބޭނެ މަގުފަހިވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން 128 ކައުންސިލް އިދާރާ އަލަށް އެޅިގެންދާނެ ކަމަށާއި، އޭގެތެރޭގައި މުރައިދޫ ކައުންސިލް އިމާރާތް ހިމެނޭކަން ވެސް ފާހަގަކުރެއްވިއެވެ. ހަމައެކަނި ކައުންސިލް އިދާރާތައް އަލަށް އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން ހއ. އަތޮޅުގައި މުޅިން އަލަށް 12 ކައުންސިލް އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ޝަރީފް މުރައިދުއަށް ވަޑައިގެންނެވީ ތިލައުތުރު ވޮލީ މުބާރާތް 2024 ނިންމުމަށް ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވުމަށެވެ.

ވަޒީރު ވަނީ މުރައިދޫ ކައުންސިލްގެ މެންބަރުންނާ ވެސް ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމުގެ އިތުރުން އަދި މީޓިންގ ހޯލެއް ނެތުުމުން ބައްދަލުވުންތައް ބޭއްވުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!