ޚަބަރު
އޭސީސީއާއި، އީސީގެ ފަސް މެންބަރަކު ވަކިކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ފަސް މެންބަރަކު ވަކިކުރަން ފާސްކޮށްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުޙައްމަދު ނާސިހާއި، އޭސީސީއާއި އީސީގެ ފަސް މެންބަރަކު މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފެށީ މި މަހުގެ 21 ގައެވެ.

އެ ހަ ބޭފުޅުން ވަކިކުރަން ނިންމީ ނުފޫޒަށް ލެނބުމާއި، ސުލޫކީ މިންގަނޑުތަކާ ޚިލާފުވެފައިވާތީ ކަމަށް ބުނެއެވެ.

ކޮމިޓީން މިއަދު ސިއްރުކޮށްގެން ބޭއްވި ބައްދަލުވުމުގައި ވަކިކުރަން ނިންމީ އޭސީސީގެ ނައިބު ރައީސް ޢަބްދުއްސަލާމް މުޙައްމަދާއި، އެ ކޮމިޝަނުގެ މެންބަރު ޠާހާ މުޙައްމަދާއި، އީސީގެ ނައިބު ރައީސް ޢަލީ ނަޝާތުއާއި، އެ ކޮމިޝަންގެ މެންބަރު ޑރ. މުޙައްމަދު ޒާހިރާއި، މެންބަރު މުޙައްމަދު އާސިފެވެ.

ނަމަވެސް އެ ބައްދަލުވުމުގައި ފާސްކުރީ ސީއެސްސީގެ ރައީސް ނާސިހު ވަކިކުރަން ނުފެންނަ ކަމަށެވެ.

ނަމަވެސް ނާސިހު ވަކިނުކުރަން ނިންމި ސަބަބެއް އަދި ސާފެއް ނުވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!