ޚަބަރު
ބައިސްކޯފުން ޕްރިމިއާ ކުރާ ‘ރައިހާ’ ޑްރާމާ ސީރީޒް އަންނަ ބުރާސްފަތި ދުވަހު

ސްޓްރީމިން ޕްލެޓްފޯމް ‘ބައިސްކޯފު’ އިން ވިޔަފާރީގެ ބޭނުމަށް ސަން ސިޔާމް މީޑިއާ އިން އުފައްދާ ފުރަތަމަ ޑްރާމާ ސީރީޒް ‘ރައިހާ’ އަންނަ ބުރާސްފަތި ދުވަހު ޕްރިމިއާ ކުރަން ނިންމައިފި އެވެ.

ރައިހާ އަކީ ލޯބީގެ ވާހަކައެއް ދައްކުވައިދޭ 12 އެޕިސޯޑްގެ ޑްރާމާ ސީރީޒެކެވެ.

އެސްއެސް މީޑިއާ އާއި ބައިސްކޯފުއާ ދެމެދު އެއްބަސްވުމަކަށް އައިސްފައި ވަނީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ސްޓްރީމިން ޕްލެޓްފޯމްގައި މި ޑްރާމާ ސީރީޒް ރިލީޒް ކުރުމަށެވެ. އެގޮތުން ބައިސްކޯފުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރައިހާގެ ޓްރެއިލާ ރިލީޒްކޮށްފައެވެ.

ދިވެހިރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި ގާއިމްވެފައިވާ އަދި ހުނަރުވެރި ދެ ތަރިން މި ޑްރާމާގެ ލީޑް ކެރެކްޓަރުންގެ ރޯލުން ފެނިގެންދެއެވެ؛ އަލީ އާޒިމް (ދޮން އައްޔަ) އާއި އާމިނަތު ނޫރާ އެވެ. އެއީ އާދަޔާ ޚިލާފު ރޯލެއްގައި އަލީ އުޝާމް (ދޮނާ) ފެނިގެންދާއިރު އާ ބަތަލާއެއް – ލައިޝާ ލަތީފް ފެނިގެންދާނެ ފިލްމެކެވެ.

ބައިސްކޯފުން ވަނީ މި ޑްރާމާ ސީރީޒްގެ ކެރެކްޓަރ ޕޯސްޓަރުތައް އާންމުކޮށްފައެވެ. މި ގޮތުން ނޫރާ ކުޅޭނީ އަންހެން ޕްރޮޓޮގޯނިސްޓް ރައިހާގެ ރޯލުންނެވެ؛ ޔާނިރުގެ ރޯލުން ދޮން އައްޔަ، އަޒީމްގެ ރޯލުން ދޮނާ އަދި ޒާރާގެ ރޯލުން ލައިޝާ ފެނިގެންދެއެވެ. މީގެ އިތުރުން ޔާފިއުގެ ރޯލުން އަހުމަދު އިފްދާއު ފެނިގެންދާއިރު ފަހޫދުގެ ރޯލުން ފެނިގެންދާނީ އިބްރާހިމް ފައިރޫޒް އެވެ. ރައިހާގެ ޓްރެއިލާ ރަސްމީކޮށް ލޯންޗުކޮށްފައި ވަނީ މީގެ ކުރިން ޖުލައި މަހު ސޮލައިޓް އިން އޯޓީޕީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ޑްރާމާ ސީރީޒް ޑައިރެކްޓްކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ އަލީ ރަޝީދު (ގޯޅާ އައްޔަ) ކަމަށް މަޢުލޫމާތު ލިބިފައިވާއިރު އޭނާ ވަނީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ވެސް ކޮށްފައެވެ.

އެސްއެސްޓީވީގެ ސީނިއާ ކެމެރާމަން މުހައްމަދު ޝާން ސިނަމެޓޮގްރަފީ ހަދާފައިވާއިރު ސްކްރީންޕްލޭ ލިޔެފައި ވަނީ އާމިނަތު ރިނާޒާ (ރީނާ) އެވެ.

މި ޑްރާމާ ސީރީޒް 60 ޕަސެންޓު ޝޫޓުކޮށްފައިވަނީ މ.މުލަކުގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!