ޚަބަރު
ގދ. އަތޮޅު ކައުންސިލް އިދާރާ ގައްދޫއަށް ބަދަލުކުރުމަށް އެދި ގަރާރެއް ހުށަހަޅައިފި

ގދ. އަތޮޅު ކައުންސިލް އިދާރާ މިހާރު ހިންގަމުންގެންދާ ގދ. ތިނަދޫ، 24 މާރޗް 2024 އިން ފެށިގެން ސިޓީ އަކަށް ބަދަލުކުރުމާއި ގުޅިގެން ގދ. އަތޮޅު ކައުންސިލް އިދާރާ ގައްދޫ އަށް ބަދަލުކޮށްދެއްވުމަށް އެދި ގަރާރެއް ގައްދޫ ކައުންސިލުން ގދ. އަތޮޅު ކައުންސިލަށް ހުށަހަޅައިފިއެވެ.

ގައްދޫ ކައުންސިލުން ގދ. އަތޮޅުކައުންސިލަށް ހުށަހެޅި މިގަރާރަކީ ގައްދޫ ކައުންސިލުގެ ރައީސް އަދި އަތޮޅު ކައުންސިލްގެ މެމްބަރު މުހައްމަދު އަހްމަދު 24 ނޮވެމްބަރުގައި ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުމަށް ފޮނުވި ގަރާރެކެވެ. އެގަރާރުގައި ބުނެފައިވަނީ ގދ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށަކީ ގައްދޫ ކަމަށާއި، މިހާރުވެސް އެރަށުގެ އާބާދީގައި 3190 މީހުން ކަމަށެވެ.

އަދި ގދ. އަތޮޅުގެ އެންމެ ކުރިއަރާފައިވާ ދެވަނަ ރަށަކީވެސް ގައްދޫ ކަމަށާއި، ލަފާފުރުމާއި ރަށާއި ކައިރިން ދަތުރުކުރެވޭނެ އެއާރޕޯޓެއް އޮތުމާއި، މަގުތައް ތާރު އެޅި ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވުމާއި، ނަރުދަމާއި ބޯފެނާއި، ދިރާގް އުރީދޫ ބްރާންޗްގެ އިތުރުން ބެންކުގެ ހިދުމަތާއި ތައުލީމަށްވެސް ޙާއްސަ އިސްކަމެއް އެރަށުގައި ދެވޭނެ ވަސީލަތްތައް ގާއިމްވެފައިވާ ކަމަށެވެ.

މީގެ އިތުރުން ކުށް މަދުކުރުމަށްޓަކާ އަތޮޅުފެންވަރުގެ އިދާރާއެއްހުރިއިރު އައްޑޫ ފުވައްމުލައް އަދި ހުވަދު އަތޮޅުގެ މެރިން ޕޮލިސް ވެސް ގާއިމް ކޮށް ހިދުމަތްދެނީ ގައްދޫގައި ކަމަށެވެ. މީގެ އިތުރުން ފާހަގަކުރެއްވީ ގާނޫނުގެ 9 ވަނަ މާއްދާގެ ބަޔާން ކޮށްފައިވާ ކައުންސިލުންދޭ ހިދުމަތްތައް ތިނަދޫ ސިޓީން ލިބެން އޮތުމަކީ އަތޮޅުގެ އެހެންރަށްތަކަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ.

އެހެންކަމުން ގާނޫނު ނަމްބަރު 6/2011 (އިދާރީ ދާއިރާތަކުގެ ވެރިކަން ކުރާ ރަށް ކަނޑައެޅުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ އުސޫލުގައި ބަޔާން ކޮށްފައިވާ ކަންކަމަށް ގައްދޫ ފުރިހަމަ ކަމާއެކު ތަސައްރުފް ކުރެވޭ ކަމަށްޓަކާ އެ ގާނޫނުގެ 5 ވަނަ މާއްދާގެ ބަޔާންކުރާ އިޖުރާތުގެ ދަށުން އަތޮޅު ކައުންސިލް އިދާރާ ގައްދޫގައި ގާއިމްކޮށްދެއްވުން އެދި ގައްދޫ ކައުންސިލްއިން ފާސްކޮށް ހުށަހަޅާ ގަރާރެއް ކަމަށެވެ. އެހެންކަމުން އަތޮޅު ކައުންސިލް އިދާރާ ގައްދޫ އަށް ބަދަލުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ ކިބައިންއެދި ދަންނަވާ ކަމަށް ވެސް އެގަރާރާއެކު ބުނެފައި ވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. ޢަހުމަދު

    ތިފެލާނަ ތިވޮންނާ މޮޔަވެގެން ދާ؟