އިންޑޮނޭޝިއާގެ ސުމަޓްރާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ސަބަބުން މަދުވެގެން 16 މީހުން މަރުވެއްޖެއެވެ.
ސަލާމަތީ އޮފިޝަލުންނާއި ސިފައިން ގެއްލުން ލިބުނު ހަތަރު ސަރަޙައްދަކަށް ފޮނުވާފައިވެއެވެ. ހޯމަ ދުވަހު އޮފިޝަލުން ބުނި ގޮތުގައި ގެއްލުނު މީހުންގެ ތެރެއިން 6 މީހުން އަދިވެސް ނުފެނެއެވެ.

އޮކްޓޯބަރު މަހުން މާޗް މަހުގެ ނިޔަލަށް މޫސުމީ ވާރޭ ވެހޭއިރު ގިނައިން ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދަނީ ފަރުބަދަމަތީ ސަރަހައްދުތަކުގައި. [ބިންސާރު ބަކަރާ/އޭޕީ ފޮޓޯ]
ހަފްތާ ބަންދުގައި ވަރަށް ބޮޑަށް ވާރޭވެހުމާއި ގުޅިގެން، ވެއްޔާއި ހިލައާއި އަދި ގަސްތައް ފަރުބަދައިން ފައިބައި، އަދި ކޯރުތައް ފެން ބޮޑުވެ އުދަ އަރައި، އުތުރު ސުމަޓްރާ ޕްރޮވިންސްގެ ހަތަރު ފަރުބަދަ ސަރަޙައްދަކަށް ފެތުރި، ގެތައް ފެންބޮޑުވެ އަދި ދަނޑުބިންތައް ހަލާކުވެގެން ދިޔައެވެ.
ކާރޯ ޑިސްޓްރިކްޓްގެ ސެމަންގަޓް ގުނުންގް ރިސޯޓް ސަރަޙައްދުގައި ފުލުހުންނާއި، ސިފައިންނާއި އަދި ސަލާމަތީ އޮފިޝަލުން އެކްސްކަވޭޓަރުތަކާއި، ދަނޑުވެރިކަމުގެ އާލާތްތަކާއި އަދި އަތުން ވެލިގަނޑު ކޮނެ، މަރުވެފައިވާ މީހުންނާއި ގެއްލިފައިވާ މީހުން ހޯދަމުންދާ ކަމަށް ލޯކަލް ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީގެ އިސްވެރިޔާ ޖުސްޕްރީ އެމް ނަޑީކް ބުންޏެވެ.

އިންޑޮނޭޝިއާގައި ފަހަކަށް އައިސް ވިއްސާރަ މޫސުމުގައި ކުރިމަތިވާ ހާދިސާ އަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނޭ. [ބިންސާރު ބަކަރާ/އޭޕީ ފޮޓޯ]
އާދިއްތަ ދުވަހުގެ ރޭ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ދެ ގެ ހަލާކުވެ ސަލާމަތީ އޮފިޝަލުން 6 މީހެއްގެ ހަށިގަނޑު ނަގާފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި 9 މީހުންނަށް އަނިޔާވެފައިވާ ކަމަށް އޭނާ ބުންޏެވެ. ހޯމަ ދުވަހު ސަލާމަތީ އޮފިޝަލުން ދެ ކުޑަކުދިންނާއެކު ގެއްލިފައިވާ 4 މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ.
އާދިއްތަ ދުވަހު ސައުތު ޓަޕަނުލީ ޑިސްޓްރިކްޓްގެ ރަށްތަކުގައި ފެންބޮޑުވުމުގެ ސަބަބުން 10 ގެެއަކަށް ފެންވަދެ 150 ގެއަކާއި އިމާރާތްތަކަށް ގެއްލުން ލިބިފައިވެއެވެ. ސަލާމަތީ އޮފިޝަލުން ކޯރަކުން ދެ މީހެެއްގެ ހަށިގަނޑު ނަގާފައިވާ ކަމަށް ލޯކަލް ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީގެ އިސްވެރިޔާ ޕުޕުޓް މަޝޫރީ ބުންޏެވެ.

ކަރޯއިން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ސަލާމަތީ އޮފިޝަލުން ކުރިއަށް ގެންދަނީ. [ބިންސާރު ބަކަރާ/އޭޕީ ފޮޓޯ]
އާދިއްތަ ދުވަހު ޑެލީ ސެރްދަންގް ޑިސްޓްރިކްޓްގައި ފެންބޮޑުވުމުގެ ސަބަބުން 4 މީހުން މަރުވެފައިވާ ކަމަށާއި، ހޯމަ ދުވަހު ސަލާމަތީ އޮފިޝަލުން ފެންބޮޑުވުމުގައި ގެއްލިފައިވާ މީހުން ހޯދަމުންދާ ކަމަށެވެ.
ޕަދަންގް ލަވާސް ޑިސްޓްރިކްޓްގެ ފަރުބަދަ ސަރަޙައްދުގެ ރަށެއް ކަމަށްވާ ހަރަންގް ޖުލޫގައި ބިންގަނޑު ކަނޑައިގެން ގޮސް އެތައް ގެއަކަށް ގެއްލުން ލިބުނު ކަމަށް ލޯކަލް ސާރޗް އެންޑް ރެސްކިއު އޭޖެންސީގެ އިސްވެރިޔާ މުސްތަރީ ބުންޏެވެ.

ފުލުހުންނާއި ސިފައިންނާއި ސަލާމަތީ އޮފިޝަލުން އެކްސްކަވޭޓަރުތަކާއި އަތުން ވެއްޔާއި ގާތަކުގެ ތެރެއިން މަރުވެފައިވާ މީހުންނާއި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަނީ. [ބިންސާރު ބަކަރާ/އޭޕީ ފޮޓޯ]
ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ސަލާމަތީ އޮފިޝަލުން ދެ ކުޑަކުދިންނާއެކު ހަތަރު މީހުންގެ އާއިލާއެއްގެ ހަށިތައް ނަގާފައިވާ ކަމަށާއި، އަދި ގެއްލުން ލިބުނު ރަށުން ތިން މީހަކަށް އަނިޔާ ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.
ފެންބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެފައިވާ ކަމަށާއި، 130 ހެކްޓަރު (321 އޭކަރު) އަށްވުރެ ގިނަ ދަނޑުބިމާއި ގަސްތަކަށް ގެއްލުން ލިބިފައިވާ ކަމަށް ބެލެވެއެވެ.

