ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުކަމުން އިސްމާއިލް ސުހައިލް އިސްތިއުފާ ދެއްވައިފިއެވެ.
ސުހައިލް އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެވުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އެހެންކަމުން، މި މަގާމުގައި ސުހެއިލު ހުންނެވީ ގާތްގަނޑަކަށް 6 މަސްދުވަހުގެ މުއްދަތަކަށެވެ.
އިސްތިއުފާ ދެއްވުމުގެ ސަބަބާ ގުޅޭގޮތުން އިތުރު މައުލޫމާތެއް މިވަގުތު ލިބިފައި ނުވި ކަމުގައި ވީ ނަމަވެސް ސުހެއިލު މަގާމުން އިސްތިއުފާ ދެއްވިކަން ވަނީ ކަށަވަރުކުރެވިފައެވެ.
ސުހައިލްއަކީ ގާނޫނީ ރޮނގުން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ސުހެއިލު ވަނީ މީގެ ކުރިން މާޅޮސްމަޑުލު ކައުންސިލުގެ ސެކްރެޓޭރިއޭޓްގެ މަގާމާއި ހޯމް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރުގެ މަގާމު އަދާކުރައްވާފައެވެ.
އެފްއެސްއެމްއަކީ ދިވެހިރާއްޖޭގެ ތެލުގެ އިމްޕޯޓާއި ވިޔަފާރީގެ ދާއިރާގައި މުހިންމު ދައުރެއް އަދާކުރާ ސަރުކާރުގެ ކުންފުންޏެކެވެ.

