ޚަބަރު
ހަނިމާދޫ ބައިނަލްއަގުވާމީ އެއާޕޯޓު ނިމޭއިރު, ސީޕްލޭން ޓާމިނަލެއް އަޅައި ސީޕްލޭން ހިދުމަތް ދޭން ތައްޔާރުވަނީ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ސީޕްލޭންގެ ޚިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމިޓީގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ލަތީފު ވިދާޅުވީ، ސަރުކާރުން ވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމަށް ނިންމާފައި ކަމަށެވެ. މި ބަދަލާ ގުޅިގެން މި ހަފުތާގެ ތެރޭގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)، ރީޖަނަލް އެއަރޕޯޓްސް އަދި އެމްއޭސީއެލްއާޭސީއެލްއާ ދެމެދު ހިއްސާ ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުޖުތަބާ އިތުރަށް ވިދާޅުވީ، މި ބަދަލާއެކު ހަނިމާދޫ އެއަރޕޯޓުން ދޭ ޚިދުމަތްތައް ރަނގަޅުކުރުމުގެ ޕްލޭންތަކެއް އެކުލަވާލާފައިވާ ކަމަށާއި، އާމްދަނީ އިތުރުކުރުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތަކީ ހަނިމާދޫގައި ސީޕްލޭންގެ ޚިދުމަތް ފެށުން ކަމަށެވެ. އަދި މި ޚިދުމަތް ފެށުމާއެކު ސީޕްލޭން ޓަރމިނަލެއްވެސް ތަރައްޤީކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“ހަނިމާދޫ ބޭނުންވަނީ ފައިދާވާ އެއަރޕޯޓަކަށް ހެދުން. ވަރަށް އަވަހަށް ސީޕްލޭން ގާއިމްކުރާނަން. އިންޓަރނޭޝަނަލް އެއަރޕޯޓެއް ފީސިބްލްވާނީ އެފަދަ ޚިދުމަތެއް ދެވިގެން،” މުޖުތަބާ ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތްތައް މިހާރު ކުރިއަށްދާގޮތަށް ބަލާއިރު، އަންނަ އަހަރުގެ ފެބްރުއަރީމަހު ނިމޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން މޢުގެ ދަށުން މިއަހަރުގެ އޮކްޓޫބަރުމަހު 2465 މީޓަރުގެ އައު ރަންވޭއެއް ވަނީ އިފްތިތާހުކޮށްފައެވެ. މި އައު ރަންވޭއާއެކު 250-300 މީހުން އުފުލޭ ބޮޑެތި އެއަރކްރާފްޓްތައް ޖެއްސޭނެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫއަކީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި އެއަރޕޯޓް ތަރައްޤީކޮށް ނިމުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެއެވެ. މި މަޝްރޫޢަކީ މުޅި އުތުރުގެ ފަތުރުވެރިކަމާއި ގުޅިފައިވާ ބޮޑުތިލަދުންމަތީގެ އިގުތިސާދާ ސީދާ ގުޅިފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އައު ރަންވޭގެ ފުރަތަމަ ފޭސްގައި 1200 މީޓަރުގެ ސަރަޙައްދު ތަރައްގީކޮށް، އެ ބައި ބޭނުންކުރަން ހުޅުވާލީ މިއަހަރުގެ ޖެނުއަރީމަހުގެ 28 ވަނަ ދުވަހުއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!