ޚަބަރު
ތައިލެންޑުގައި ހުންނަ ރާއްޖޭގެ ސަފީރުކަމަށް ފުއާދު ތައުފީގު ހަމަޖެއްސުމަށް ކޮމިޓީން ފާސްކޮށްފި

ތައިލެންޑުގައި ހުންނަ ރާއްޖޭގެ ސަފީރުކަމަށް, އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ހަމަޖެއްސުމަށްޓަކައި މަޖިލީހުން ރުހުންދޭން ފެންނަކަމަށް އެ މައްސަލަ ދިރާސާކުރި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ފުއާދު ސަފީރުކަމަށް އައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އަމީން އާއްމު، މަޖިލިސް ތަޅުމަށް އިއްވުމުން މަޖިލިސް ރައީސް ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

ކޮމިޓީން މި މައްސަލަ ދިރާސާކޮށް ނިންމައި، ފުއާދު ތައުފީގު ސަފީރުކަމަށް ހަމަޖެއްސުމަށް ފެންނަ ކަމަށް ވަނީ ފާސްކޮށްފައެވެ.

ފުއާދު ތައުފީގު ތައިލެންޑުގައި ހުންނަ ރާއްޖޭގެ ސަފީރުކަމަށް ރަސްމީކޮށް ހަމަޖެހޭނީ، ކޮމިޓީގެ މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ފޮނުވައި، މަޖިލިސް ތަޅުމުން ވޯޓަށް އަހައި ފާސްވުމުންނެވެ.

ފުއާދު ތައުފީގަކީ އިލެކްޝަންސް ކޮމިޝަންގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އާ ގާނޫނުއަސާސީ އާއެކު 2008 ވަނަު 2008 ވަނަ އަހަރު، އީސީގެ މެންބަރެއްގެ ގޮތުގައި ގުޅިވަޑައިގެން، އެއް އަހަރު ދުވަހު އެ ކޮމިޝަންގައި މަސައްކަތް ކުރެއްވުމަށްފަހު 2009 ވަނަ އަހަރު ކޮމިޝަންގެ ރައީސްކަމަށް ފުއާދު އައްޔަންކުރެވުނެވެ. އެ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ މާޗު މަހާ ހަމައަށް ކޮމިޝަންގެ ރައީސްކަމުގެ މަގާމު ފުރުއްވުމަށްފަހު ފުއާދު އިީސީން ވަކިވެވަޑައިގެންނެވިއެވެ. އަދި ދެވަނަ ފަހަރަށް އެ ކޮމިޝަނާ ގުޅިވަޑައިގެންނެވީ 2019 ވަނަ އަހަރުއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!