ޚަބަރު
ތިނަދޫގެ އާބާދީލިސްޓުގައި، މަޑަވެލީގައި ރަށްވެހިވެފައިވާ ގިނައަދަދެއްގެ ރައްޔިތުންގެ ނަން ހިމެނޭ: މަޑަވެލީ ކައުންސިލް

ތިނަދޫގެ އާބާދީލިސްޓުގައި މަޑަވެލީގައި ރަށްވެހިވެފައިވާ ގިނައަދަދެއްގެ ރައްޔިތުންގެ ނަން ހިމެނޭ ކަމަށް ބުނެ މަޑަވެލީ ކައުންސިލް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެރަށު ކައުންސިލުން ބޮޑެތި އިހުމާލުތަކެއް ވެފައިވާކަމަށް ބުނެ، އެކަން ކުށްވެރިކޮށް މަޑަވެލީ ކައުންސިލުން ވަނީ ބަޔާނެއް ނެރެފައެވެ، މަޑަވެލި ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިނަދޫގެ އާބާދީ ލިސްޓުގައި މަޑަވެލީގައި ރަށްވެހިވެފައިވާ ގިނަ އަދަދެއްގެ ރައްޔިތުންގެ ނަން ހިމަނާފައިވާ ކަމަށެވެ.

މަޑަވެލި ކައުންސިލުން ބުނެފައިވާ ގޮތުގައި ސިޓީއެއްގެ ދަރަޖަ ދެނީ އާބާދީގެ 10،000 ރަށްވެހިވެ ރަޖިސްޓްރީވެފައިވާ ރަށްތަކަށެވެ. އަދި އެރަށެއްގެ އާބާދީ މިނެ ކިރަނީ ޑީއެންއާރުގައި އެރަށެއްގެ ރަޖިސްޓްރީގައިވާ އާބާދީ އަށް ކަމަށާއި، އެއްވެސް ހާލެއްގައި ރަޖިސްޓްރީއަށް ބަލައިގެން މިފަދަ ނިންމުމެއް ނިންމި ދާނެކަމަށް ގަބޫލު ނުކުރާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މަޑަވެލި ކައުންސިލުން ފާހަގަކޮށްފައިވާ ގޮތުގައި ތިނަދޫގެ އާބާދީ ލިސްޓުގައި މަޑަވެލީއަށް ނިސްބަތްވާ 145 މީހެއްގެ ނަން ހިމަނާފައިވެއެވެ. މީގެ ތެރޭގައި މަޑަވެލީގައި ވަޒަންވެރިވެ އެރަށުގައި މިހާރުވެސް ދިރިއުޅެމުންދާ މީހުން ހިމެނޭ ކަމަށް ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން މަޑަވެލި ކައުންސިލުން ވަނީ ކަމާ ބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެފައެވެ. އަދި ރަށުގެ ރައްޔިތުންނަށް ނޭނގި މިފަދަ އަމަލެއް ހިންގާފައިވުމާ ގުޅިގެން އެ ރައްޔިތުންގެ ހައްގުގައި އެ ކައުންސިލުން ނުކުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައެވެ. އޭރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތިނަދޫގެ އާބާދީގައި ގާތްގަނޑަކަށް 8،000 މީހުން ތިބި ކަމަށާއި، އޭގެ ތެރެއިން ރަށުގައި ދިރިއުޅެނީ 5،000 އެއްހާ މީހުން ކަމަށް ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. ދެން ސިޓީއެއް ހޯދިއެއްކަމަކު މި ދެން ބޮޑުވަރު ދޯ؟ މީގެ ޒަމާނެއްކުރިން މަރުވެފައިވާ މީހުންނާއި، ކައިރި ރަށްތަކުގަ ދިރިއުޅޭ މީހުންގެ ނަންތައް ހިމަނައިގެން ދޮގާއި މަކަރު ނެހެދިއެއްކަމަކު ތި ކުރަންއުޅޭ ކަންތައް ކުރެވިދާނެ ދޯ! ދެރަ ކަންކަން.