ޚަބަރު
ކުޑަކުދިންގެ މައުލޫމާތު އާންމުކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސް ކޮށްފި

ކުޑަކުދިންގެ މައުލޫމާތު އާންމުކުރާއިރު، އެ ކުދިންގެ ކަރާމާތައި ރައްކާތެރިކަން ނެގެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިއްޔެ އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ބައެއް މީޑިއާ ވަސީލަތްތައް ބޭނުންކޮށްގެން ކުޑަކުދިންގެ މައުލޫމާތު އާންމުކުރާއިރު، އެ ކުދިންގެ ކަރާމާތާއި ރައްކާތެރިކަމަށް އުނިކަން އަންނަ ފަދަ މައުލޫމާތާއި ތަސްވީރުތައް އާންމު ކުރަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

“ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެ ކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާނެ ކަމަށް ސާފްކޮށް ބަޔާންކޮށްފައިވާ ކަމަށް،” ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، “ނަމަވެސް، ބައެއް މީޑިއާގެ މަންސަތަކުގައި ކުޑަކުދިންގެ މައުލޫމާތާއި ތަސްވީރު، އެ ކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ފަތުރަމުން ދިއުމަކީ އެ ކުދިންގެ މަސްލަހަތު ރައްކާތެރިނުކުރެވި، ކުއްޖާ ނުރައްކަލަށް ހުށަހެޅިދާނެ ކަމެއްކަން ދިވެހި ފުލުހުންގެ ހިދުމަތުން ދެކެމެވެ” ކަމަށެވެ.

މީގެ އިތުރުން، ކުޑަކުދިންގެ ފޮޓޯ މީސް މީޑިއާގައި ދައުރުވަމުން ދިއުމަކީ އެ ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެއްކަމަށާއި، މީގެ ސަބަބުން ކުދިން އެކި ބަވާތުގެ އަނިޔާތަކަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވެގެން ދާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

ފުލުހުންގެ ބަޔާނުގައި ވެއެވެ. “ކުޑަކުދިންގެ މައުލޫމާތު އާންމުކުރާއިރު، އެ ކުދިންގެ ކަރާމާތައި ރައްކާތެރިކަން ނެގެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ކުޑަކުދިންގެ ފޮޓޯތަކާއި އެހެނިގެން ޒާތީ މައުލޫމާތު މީސް މީޑިއާގައި އާއި އެހެނިހެން މީޑިއާ ވަސީލަތްތަކުގައި ޝާއިއު ނުކުރުމަށާއި ކުޑަކުދިންނާ ގުޅޭ މައުލޫމާތު ހާމަކުރުމުގައި ގާނޫނީ އިމުގެ ތެރެއިން އަމަލުކުރުމަށް މީޑިއާތަކާއި އާންމު ރައްޔިތުންނަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރަމެވެ،”

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!