ޚަބަރު
ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ފުރަތަމަ މަހާސިންތާ އަންނަ ހޮނިހިރުގައި

ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ފުރަތަމަ މަހާސިންތާ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ “ކަޅުއޮށްފުންމި – ދިވެހި ގައުމިއްޔަތުގެ ދަރުބާރު” ގެ ނަމުގައި ކުރިއަށްގެންދާ މި މަހާސިންތާއަކީ، ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ފަރާތުން ކޮންމެ ހުޅަނގު މޫސުމަކާއި އިރުވައި މޫސުމެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ މަހާސިންތާތަކުގެ ފުރަތަމަ މަހާސިންތާ ކަމަށެވެ. އަދި މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ކަމަށެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ މިއީ ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރޭގައި ހިމެނޭ ދިވެހި ގައުމިއްޔަތުގެ އިލްމު ފެތުރުމުގެ ޒިންމާގެ ދަށުން ބާއްވާ އިލްމީ މަހާސިންތާއެއް ކަމަށެވެ. އަދި މިއީ ކޮންމެ މޫސުމެއްގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތެއް ކަމަށެވެ.

ެއެގޮތުން ހޮނިހިރު ދުވަހު ބާއްވާ މަހާސިންތާއަކީ މިއަހަރުގެ ހުޅަނގު މޫސުމުގެ ދޮށަ ނަކަތުގެ އިލްމީ ދަރުބާރު ކަމަށާއި، ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ދަރުބާރުގައި އެކި ދާއިރާތަކުގެ އިލްމީ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ދަރުބާރު ކުރިއަށްގެންދާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ ގުޅިގެންނެވެ.

މި ދަރުބާރުގައި އެކި ދާއިރާތަކުގެ ތަޖުރިބާކާރު ބޭފުޅުން ތަފާތު 9 އިލްމީ ކަރުދާހެއް ހުށަހެޅުއްވުމަށް ވަނީ ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ރާއްޖެއަށް އިސްލާމްދީން ތައާރަފުވުމާއި، ތަރައްގީވެގެން އައި ގޮތާ ބެހޭ ދިރާސާތަކާއި، ދިވެހިބަހާއި، ސަގާފަތާއި، އިހުގެ އިސްލާމީ ފަރުމާތަކާ ބެހޭ ދިރާސީ ހުށަހެޅުންތައް ވެސް ހިމެނެއެވެ.

ވުޒާރާއިން ބުނީ މި އިލްމީ ދަރުބާރުގެ މަގުސަދުތަކުގެ ތެރޭގައި ދިވެހިވަންތަކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައިވެރީންގެ މެދުގައި ވިސްނުމާއި އިލްމު ހިއްސާކުރުމުގެ މަންސައެއްގެ ގޮތުގައި ދާއިމުވެ އޮތުމާއި، ދިވެހީންގެ ރަށްވެހިކަމާއި ވަޒަންވެރިކަމާއި، ކަނޑުވެރިކަމަށް މަގުފަހިވާނޭ ވިސްނުމާއި އިލްމުތައް ދިވެހިރާއްޖެއަށް ވެހިކުރުމަށް ހިތްވަރުދީ ކުރިއެރުވުން ހިމެނޭ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ދަރުބާރުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފް ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.

ދިވެހި ގައުމިއްޔަތުގެ އިސްވަރަކީ ކޮބާ؟

ދިވެހި ގައުމިއްޔަތުގެ އިސްވަރު އިފުތިތާހުކުރީ މި އަހަރުގެ ގައުމީ ދުވަހު ބޭއްވި ރަސްމީ ޖަލްސާގައެވެ. ދިވެހި ގައުމިއްޔަތުގެ އިސްވަރަކީ ރައީސުލްޖުހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެކަށައަޅުއްވާފައިވާ ދިވެހި ގައުމިއްޔަތު އިޔާދަ ކުރުމުގެ ގައުމީ ނިޒާމުގެ މުހިންމު އެއް ގުނަވަނެވެ.

ދިވެހި ގައުމިއްޔަތުގެ އިސްވަރު އެކުލެވިގެން ވަނީ މައިގަނޑު 5 ދާއިރާއެއްގެ މައްޗަށެވެ. އެ ފަސް ދާއިރާއަކީ، ދިވެހި ބަހުގެ ދާއިރާއާއި، ދިވެހި ތާރީޚާއި، ދިވެހި ތަރިކައިގެ ދާއިރާއާއި، ދިވެހި ސުމޭކުގެ ދާއިރާއާއި، ދިވެހި ފަންނުގެ ދާއިރާއެވެ.

ގައުމިއްޔަތުގެ އިސްވަރުގެ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:

  • ދިވެހިބަހުގެ އިސްވާރު – މަރްޔަމް ތައުފީޤާ، މ. ޑްރީމީ ލައިޓް
  • ދިވެހި ތާރީޚުގެ އިސްވާރުކަން – އަލްއުސްތާޒު ކަށިމާ އަޙްމަދު ޝާކިރު، މއ. ކަށިމާ
  • ދިވެހި ތަރިކައިގެ އިސްވާރުކަން – ޙަސަން ޒަރީރު، ސ. މަރަދޫ ލޮނުފެން
  • ދިވެހި ސުމޭކުގެ އިސްވާރުކަން – މުޙައްމަދު ޢަބުދުލްޤާދިރު، ގ. ގޯޅިތެރޭގެ
  • ދިވެހި ފަންނުގެ އިސްވާރުކަން – މަރްޔަމް ޢިޝާ ޢަޒީޒު، ހ. ހާލި
This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!