ޚަބަރު
ގްލޯބަލް ސިޓިޒަންޝިޕް އެވޯޑު، ކުރީގެ ރައީސް ނަޝީދަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގްލޯބަލް ސިޓިޒަންޝިޕް އެވޯޑު ލިބިވަޑައިގެންފިއެވެ. މި އެވޯޑަކީ ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި މުޖުތަމައުއަށް ފައިދާ ހުރި މަސައްކަތްތައް ކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.

އެމަނިކުފާނަށް މި އެވޯޑު ހަވާލުކޮށްފައިވަނީ އެމެރިކާގެ ނިއު ޔޯކްގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މިކަމާ ގުޅިގެން، އެމަނިކުފާނު މިހާރު ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީ ކަމުގައިވާ ދަ ޑިމޮކްރެޓްސް އިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ރައީސް ނަޝީދަކީ މުޖުތަމައުގެ ކުރިއެރުމަށް އާދަޔާ ހިލާފު މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސް ނަޝީދުގެ ހަޔާތްޕުޅު ފާހަގަކުރެވެނީ އިންސާނީ ހައްގުތަކުގެ ދިފާއުއާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށް ބައިނަލްއަގުވާމީ ފެންވަރުގައި ލިބިވަޑައިގެންނެވި އެވޯޑްތަކާއި އަގުވަޒަންކުރުންތަކުން ކަމަށެވެ.

2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ގްލޯބަލް ސިޓިޒަންޝިޕް އެވޯޑަކީ އެކި ގައުމުތަކުގައި ވަޒަންވެރިވުމާއި ރައްޔިތުކަން ހޯދަން ބޭނުން މުއްސަނދިންނަށް އެކަންކަމަށް މަގުފަހިކޮށްދިނުމުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ހެންލީ އެންޑް ޕާޓްނަރސް އިން ދެމުން އަންނަ އެވޯޑެކެވެ. މި ކުންފުނީގެ 60 އޮފީސް ދުނިޔޭގެ އެކި ގައުމުގައި ހިންގާކަމަށް މަޢުލޫމާތު ލިބެއެވެ.

ރައީސް ނަޝީދަށް މީގެ ކުރިން ވެސް ވަނީ ބައިނަލްއަގުވާމީ ބައެއް އެވޯޑުތައް ލިބިވަޑައިގެންފައެވެ. އޭގެ ތެރޭގައި ޓައިމްސް މެގަޒިންގެ ‘ހީރޯސް އޮފް ދަ އެންވަޔަރަންމަންޓް’ އާއި ފޮރިން ޕޮލިސީ މެގަޒިންގެ “ޓޮޕް ގްލޯބަލް ތިންކަރސް” ހިމެނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!