ޚަބަރު
ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ފުރަތަމަ މަހާސިންތާ ‘ކަޅުއޮށްފުންމި- ދިވެހި ގަައުމިއްޔަތުގެ ދަރުބާރު’ ނިންމާލައިފި

ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ފުރަތަމަ މަހާސިންތާ “ކަޅުއޮށްފުންމި – ދިވެހި ގަައުމިއްޔަތުގެ ދަރުބާރު” ނިންމާލައިފި އެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އިއްޔެ ބޭއްވުނު “ކަޅުއޮށްފުންމި – ދިވެހި ގައުމިއްޔަތުގެ ދަރުބާރު” ގެ ނަމުގައި ކުރިއަށްގެންދިޔަ ޤައުމިއްޔަތު ކޮލެޖު ނުވަތަ ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ފުރަތަމަ މަހާސިންތާ ވަނީ ނިމުމަކަށް ގެނެސްފައެވެ.

މި މަހާސިންތާއަކީ ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރޭގައި ހިމެނޭ ދިވެހި ގައުމިއްޔަތުގެ އިލްމު ފެތުރުމުގެ ެތުރުމުގެ ޒިންމާގެ ދަށުން ބޭއްވުނު ފުރަތަމަ އިލްމީ މަހާސިންތާއެވެ. މި މަހާސިންތާ ކޮންމެ އަހަރަކު ދެ ފަހަރު، ހުޅަނގު އަދި އިރުވައި މޫސުމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި މަހާސިންތާ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފެވެ. މަހާސިންތާގައި އެކި ދާއިރާތަކުގެ ތަޖުރިބާކާރު ބޭފުޅުން ވަނީ އިލްމީ 9 ކަރުދާސް ހުށަހަޅާފައެވެ. މީގެ ތެރޭގައި ރާއްޖެއަށް އިސްލާމްދީން ތައާރަފުވި ގޮތާއި، ދިވެހިބަހާއި ސަގާފަތް، އަދި އިހުގެ އިސްލާމީ ފަރުމާތަކާބެހޭ ދިރާސާތައް ހިމެނެއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި މި މަހާސިންތާގެ މައިގަނޑު މަގުސަދަކީ ދިވެހިވަންތަކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ވިސްނުމާއި އިލްމު ހިއްސާކުރުމުގެ ޕްލެޓްފޯމެއް ގާއިމު ކޮށްދިނުމެވެ. އަދި ދިވެހިންގެ ރަށްވެހިކަމާއި ވަޒަންވެރިކަމަށް މަގުފަހިވާނެ ވިސްނުންތައް ކުރިއެރުވުމެވެ.

ގައުމިއްޔަތު ކޮލެޖުގެ ތާރީހުގެ އިސްވާރު އަހުމަދު ޝާކިރު ވިދާޅުވެފައިވަނީ މި މަހާސިންތާގައި ހުށަހެޅުނު ކަރުދާސްތަކަކީ މިވަގުތު ދިވެހި ގައުމިއްޔަތު އަލުން އިޢާދަކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ކަމަށެވެ. އަދި ގައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް އާމިރު އަޙްމަދު ވިދާޅުވެފައިވަނީ މި މަހާސިންތާ މެދުވެރިކޮށް ގައުމިއްޔަތު އަލުން އިއާދަކޮށް، ހަރުދަނާކުރުމަށް މަގުފަހިވާނެ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!