ޚަބަރު
ހައްޖު ކޯޕަރޭޝަނުން ޑިސެންބަރު އުމްރާގައި، ފުރަަތަމަ ފަހަރަށް ޓްރެކިން ޑިވައިސް ބޭނުން ކުރަން ނިންމައިފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކުރިއަށް އޮތް ޑިސެންބަރު މަހުގެ އުމްރާ ދަތުރުގައި ފުރަތަމަ ފަހަރަށް ޓްރެކިން ޑިވައިސް ބޭނުންކުރުމަށް ނިންމައިފިއެވެ. މިއީ އުމްރާގައި މި ޑިވައިސް ބޭނުންކުރާ ފުރަތަމަ ފަހަރު ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދިން ހަފްތާ 52 ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް އަލީ ޝަރީފް ވިދާޅުވީ، މި ޑިސެންބަރު އުމްރާ ދަތުރަކީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އެންމެ ގިނަ މީހުން އުމްރާއަށް ދާ ފަހަރު ކަމަށެވެ. މި ދަތުރުގައި 800 އެއްހާ މީހުން ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“މިދިޔަ ހައްޖުގައި އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ކޮންމެ ހައްޖު ވެރިއަކަށް ޓެގެއް އަޅުވަމުން ގެންދިޔަ. އޭގެ ނަތީޖާ ރަނގަޅު އިނގޭތޯ. އެއީ ގެއްލޭ މީހުން ހޯދައި ގެނެސް އެމީހުން ހޮޓަލަށް ވައްދަން ވަރަށް ފަސޭހަވެގެންދިޔަ,” އަލީ ޝަރީފް ވިދާޅުވިއެވެ.

ޙައްޖާއި އުމްރާގެ އަޅުކަމަކީ ގިނަ އަދަދެއްގެ މީހުން ޖަމާވާ އަޅުކަމަކަށްވާއިރު، ވަރަށް ގިނައިން މީހުން ގެއްލި މަގުއޮޅޭ ގޮތް ވެއެވެ. މީހުން ގެއްލިގެން ގިނަ ވަގުތުތަކެއް ވެގެންދިއުމުން ނަފްސާނީގޮތުން ވަރަށް ބޮޑަށް ބަލިވުން ފަދަ ކަންކަން މީގެކުރިން ދިމާވެފައި ހުރި ކަމަށް އަލީ ޝަރީފް ފާހަގަކުރެއްވިއެވެ.

ޙައްޖު ކޯޕަރޭޝަނުން ވަނީ 1445 ވަނަ އަހަރުގެ ޙައްޖުގައި މުޅިން އަލަށް ޓްރެކިން ޑިވައިސް ބޭނުންކޮށްފައެވެ. މި ޑިވައިސްގެ ސަބަބުން ގެއްލޭ މީހުން ވަރަށް އަވަހަށް ހޯދައި، އަވަހަށް ގެނެވޭކަން އަލީ ޝަރީފް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ ފާއިތުވި 11 އަހަރު އެ ކުންފުނި ހިންގާފައިވަނީ ގެއްލުމުގައި ކަމަށެވެ. ނަމަވެސް އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ރިއަލް އެސްޓޭޓް ދާއިރާ ނޫން އެހެން ދާއިރާތަކުންވެސް އިންވެސްޓު ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ ހާމަކުރައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!