ރިޕޯޓް
ރަކީދޫގެ ރައްޔިތުން ކަރަންޓާމެދު ހާސްކަމެއްނެތް، ސްޓެލްކޯއިން އެ ޔަގިންކަންދީފި

ރަކީދޫއަކީ ރާއްޖޭގެ ވެރިރަށް މާލެއާއި ދެކުނުން 95.2 ކިލޯމީޓަރު 59 މޭލު ދުރުގައި އޮތް ރާއްޖޭގެ ނިސްބަތުން ކުޑަރަށެކެވެ. ވ. އަތޮޅުގައިވެސް އެންމެ އާބާދީ މަދު އެއް ރަށެވެ. ޖުމްލަ އާބާދީއަކީ 60 މީހުންނެވެ. ރަށުގަ ހުންނަ ގެ ތަކުގެ ޖުމްލަ އަދަދަކީ 30 އެވެ. މީހުން މަދު މި  ރަށަކީ ގުދުރަތީ ގޮތުން ރީތި ރަށެކެވެ.

މިއީ ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްތަކުގެ ތެރޭން ހިމެނޭ ރަށެކެވެ. ވ. ރަކީދޫގެ ދިރިއުޅޭ އާބާދީއާއި، އެ ރަށުގެ ތިބި މީހުންގެ ވާހަކައަށް ނަޒަރެއް ގެންނައިރު އެރަށަށް ގެނެވިފައިވާ ތަރައްގީއަށް ބަލާލުން ވަރަށް މުހިންމެވެ.

މިރަށް ކިތަންމެ މިހުން މަދުވެފަ ކުޑަ ނަމަވެސް މިއީ ސަރުކާރުގެ ލެންސުން ކައްސާނުލެވުނެ ރަށެކެވެ. އެރަށުގެ ތަރައްގީއާއި ދޭތެރޭ ވިސްނާ ފިކުރު ހިންގާލާއިރު އެރަށަށް ވަނީ ރާއްޖޭގެ އެހެންރަށްތަކަށް ވެސް ގެނެސްފައިވާ ތަރައްގީ ގެނެވިފައެވެ. ލަފާފުރުމަށް ބަނދަރެއް އޮންނަ މިރަށް ކުޑަވިޔަސް ހިތްގައިމުކަމާ އުޖާލާކަން ރަށުތެރެއަށް އަރައިގަތީމަ ފެނިގެން ދިޔައެވެ.

ހިތްގައިމު ވ. ރަކީދޫ

މީހުންމަދުވެ ދުއްވާ އުޅަނދުތައް މަދު މިރަށުން ފެނުނީ އުޖާލާކަމެވެ. އިރުގެ އަލިން ކަރަންޓު އުފައްދާ ހައިބްރިޑް ޕީވީ-ބީއީއެސްއެސް-ޑީޖީ ނިޒާމެއް ރަކީދޫގައި ޤާއިމުކޮށް އެނިޒާމުގެ ހުރި މުހިންމުކަން ނޫސްވެރިންނަށް ދައްކާލުމަށް ސްޓެލްކޯއިން އިންތިޒާމު ކޮށްގެން ކުރިދަތުރުގައި ފެނުނު މަންޒަރުތަކާއި މި ނިޒާމުގެ ދަށުން އެ ރަށަށް އަންނާނެ ތަރައްގީއަށް ބަލާލަމާ ހިގާށެވެ.

ރަކީދޫ އަށް މި ނިޒާމުގެ ހަރުދަނާކަން ގެނެސްފައިވަނީ ރާއްޖޭގެ ކަރަންޓް ހިންގާ ކުންފުނި އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިންނެވެ. ސިސްޓަމްތަކެއް ގެނެސްގެނެވެ. އެ ސިސްޓަމްތައް ބޭނުންކުރާ ގޮތުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާ ކުރައްވަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނިޒާމް ވިދާޅުވެފައިވަނީ ރަކީދޫގައި ހަރުކޮށްފައިވާ ސޯލާއާއެކު ރަށަށް އެކަށީގެންވާ މިންވަރަށްވުރެވެސް އިތުރަށް ކަރަންޓު ފޯރުކޮށްދެވޭ ކަމަށެވެ.

މިއީ ރަކީދޫއަށް ގެނެވުނު ހެޔޮބަދަލެކެވެ. އެރަށުގެ ރައްޔިތުންގެ ޖީބަށްވަނީ ލުއިކަމެއް ގެނެވިފައެވެ. އެރަށުގެ ރައްޔިތުންތިބީ އުފަލުންނެވެ. ދިމާވި ކޮންމެ ބޭފުޅެއްގެ މޫނު މައްޗަށް ވެރިވެފައިވަނީ ހިނިތުންވުމެވެ. ރަކީދޫގެ އަންހެނަކު ބުންޏެވެ. އިންޖީނުގޭގެ އަޑުފައްގަޑު ކެނޑިއްޖެ ކަމަށާއި، ކަރަންޓްބިލް ކުޑަވެފަ ޖީބަށް ލުވީ ކަމަށެވެ. މިރަށުގެ ބައެއް ގޭ ތަކުން އެއްގޮތަކަށް ވެސް ކަރަންޓް ބިލް ދައްކާކަށް ދެނެއް ނުޖެހޭނެ ކަމަށެވެ. ހެވިފައިވާ ރައްޔިތުންނަށް މި އުފާވެރިކަން ހޯދީ ކަރަންޓް އުފައްދާ ކުންފުނި ސްޓެލްކޯއިން ކަން ޔަގީނެވެ.

ވ. ރަކީދޫ: ފޮޓޯ: ސްޓެލްކޯ

ވަކިން ޙާއްސަކޮށް ރަކީދޫގެ އަމާންކަމާއެކު އިންޖީނުގެ ތެރޭން ފެނުނު އަމާން ކަމަކީ ސޯލާ ގެ މުހިންމު ކަމަށާއި، މި ނިޒާމް މުޅި ރާއްޖެއަށް ބޭނުންކަމުގެ މުހިންމު ކަމެވެ. އިންޖީނުގެ ތަކަކީ އަޑުގަދަ ތަނެކެވެ. ނަމަވެސް ރަކީދޫގެ އިންޖީނުގެ ތެރެއަށް ވަނީމަ ހަމަހިމޭންކަންވެރިވާތީ ކަންފަތަށް ފަސޭހަވި ނަމަވެސް އެރަށުގެ ރައްޔިތުނަށް ދެން އެކަންވާނީ އާ ކަމަކަމަށްނޫނެވެ. ޕީވީ-ބީއީއެސްއެސް-ޑީޖީ ނިޒާމް ސިސްޓަމް ތަކަކީ އޮޓަމެޓިކް ސިސްޓަމްތަކެއް ކަމުން އެއަޑުން ހަމަހިމޭންކަން ގެނުނުވީއެވެ.

މިހާރު ރަކީދޫގައިވަނީ  12 ގެއެއްގަ ސޯލާ ހަރު ކޮށްފައެވެ. ސްޓެލްކޯއިން ބުނީ އިތުރަށް ބެޓަރި އިތުރުކޮށްގެން ސޯލާއިން އުފައްދާ ހަކަތަ ރައްކާކުރެވޭނެ ނިޒާމެއް ބޮޑަށް ޤާއިމުކުރެވޭނެ ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި ކަރަންޓާއި ހަކަތައަށް ނުގެންނަ އެތަކެއް ބަދަލުތަކެއް ސްޓެލްކޯއިން ދަނީ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. މިކަންކަމުގައި ޝާމިލް ވަނީ އެކުންފުނީގެ ހީވާގި މުވައްޒަފުން ކަމަށް އެކުންފުނީގެ މެނޭޖިން ޑީރެކްޓާރ ހުސެއިން ފަހުމީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މީގެ ކުރިން ދައްކަނީ ކަރަންޓް ބިލް ބޮޑުވާ ވާހަކައެވެ. ނަމަވެސް ދެން ފެންނާނީ އިޔާދަކުރެނިވި ހަކަތައާއި އެކު މުޅި ރާއްޖެއަށް މިދަބަދަލު ގެނެވޭނެ ތަނެވެ.

އެ އަމާޒަށް ވާސިލްވުމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާރ ހުސެއިން ފަހުމީ ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރައްޔިތުންގެ ޖީބަށް ލުއިކަން ގެނެވޭނެ މަސައްކަތެއްކަން ޔަގީނެވެ. ކުރިއަށް އޮތްތާގައި ފެނިގެންދާނީ އުއްމީދީ ދިރުމެވެ. ރަކީދޫގެ ރައްޔިތުން ކަރަންޓާމެދު ހާސްކަމެއް ނެތެވެ. އިންޖީނުގޭން އިވޭ އަޑުފައްގަނޑުގެ ހާސްކަމެއްނެތެވެ. ވަށައިގެން އަރާ ކަޅުދުމުގެ ހާސްކަމެއް ނެތެވެ. ހާސްކަމުން ފިލާފައި އޮތް މި ރަކީދޫ އަށް ޗުއްޓީއަށް ޖައްސާލުމަކީ ވަރަށް ހިތްއުފާވާނެ ކަމެއްކަމަކަށް ގަބޫލު ކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!