އިންޑިއާގެ އުއްތަރަ ޕްރަދޭޝްއަށް ނިސްބަތްވާ ފިރިހެން ކުއްޖެއް ކަމަށްވާ އުމުރުން 16 އަހަރުގެ ސިޑަކްދީޕް ސިންގް ޗަހަލްގެ އިސްތަށިގަނޑުގެ ދުނިޔޭގެ ރެކޯޑެއް ހަދައި، 146 ސެންޓިމީޓަރު (4 ފޫޓް 9.5 އިންޗި) އަށް ވަނީ ދިގުކޮށްފައެވެ.
ސިޑަކް ގެ އިސްތަށިގަނޑުގެ ބައެއް މައުލޫމާތަށް ބަލާއިރު އޭނާގެ އެ ދިގު އިސްތަށިގަނޑު ގެންގުޅެނީ ވަރަށް ލޯބިންނެވެ. ސިޑަކް ހަފުތާއަކު ދެ ފަހަރު އިސްތަށިގަނޑު ދޮވެއެވެ. އަދި ފުނާ އަޅާ ކޮންމެ ފަހަރަކު މަދުވެގެން އެއް ގަޑިއިރު އެކަމަށް ހޭދަވާ ކަމަށް ސިޑަކް ބުނެއެވެ.

ސިޑަކްދީޕް ސިންގް ޗަހަލްގެ އިސްތަށިގަނޑުގެ ދުނިޔޭގެ ރެކޯޑެއް
މި ރީތި ހިތްގައިމު އިސްތަށިގަނޑަށް ރީތިކަން ގެނެސްދިނުމަށް އޭނާގެ މަންމަ ވަރަށް ބޮޑަށް ހިތްވަރު ކުރާ ކަމަށާއި، އެހެންނޫންނަމަ މުޅި ދުވަހެއްވެސް އިސްތަށިގަނޑު ރީތި ކުރުމަށް ނަގާފާނެ ކަމަށް ސިޑަކް ބުނެއެވެ.
ސިޑަކް އިސްތަށިގަނޑު ބޮޑުކުރަނީ އޭނާގެ އުފެދުމުގައިވެސް ލިބިފައިވާ ނިޢުމަތެއް ކަމަށްވާތީ ކަމަށްވެސް ސިޑަކް ބުނެއެވެ.
އޭނާ އާންމުގޮތެއްގައި ބޮލުގެ އިސްތަށިގަނޑު ބަނދެގެނެއް ނޫޅެއެވެ.
ސިދާކްގެ އާއިލާގައި އޭނާފިޔަވާ އެއްވެސް މީހެއްގެ އިސްތަށިގަނޑެއް އޭނާއާ އެއްވަރަށް ދިގުކޮށް ނުހުރެއެވެ. ސިޑަކްގެ އިސްތަށިގަނޑުގެ ދިގުވާން ނެގި މުއްދަތާއި އޭގެ ދުވަސްތަކަށް ބަލާލުމުން އެތައް ބަޔަކު ހައިރާންވާ ކަމަށްވެސް ސިޑާކް ވަނީ ބުނެފައެވެ.
ސިޑާކް ބުނި އޭނާގެ އިސްތަށިގަނޑުގެ ދިގުކަންފެނި ބައެއްމީހުން ނުރުހޭ ކަމަށެވެ. ކުޑައިރު ސިދާކް އަށް ރައްޓެހިންގެ ފަރާތުން ފުރައްސާކުރާ ކަމަށާއި، ނަމަވެސް އޭރުވެސް އިސްތަށިގަނޑު ކޮށާލާކަށް ބޭނުން ނުވާ ކަމަށެވެ. ސިޑަކް ބުނީ އޭނާގެ އިސްތަށިގަނޑާ ދޭތެރޭ ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ދެކުނު ނަމަވެސް މިހާރު އެއީ އޭނާ ދެކޭ ގޮތުގައި އޭނާގެ އައިޑެންޓިޓީގެ ބައެއް ކަމަށެވެ.
ސިދާކް ވަގުތު ހޭދަކުރަނީ ކިޔެވުމާއި ކަސްރަތު ކުރުމާއި ވީޑިއޯއާއި، ގޭމް ކުޅުމުގަ އެވެ.
“ގަބޫލުކުރޭތޯ އަހަރެންގެ މުޅި ޝަހުސިއްޔަތަކީ އަހަރެންގެ އިސްތަށިގަނޑު. ސިޑާކް އޭނާގެ އިސްތަށިގަނޑުގެ މައުލޫމާތު މީޑިއާއަށް ހިއްސާކުރަމުން ޖޯކު ރާގަކަށް ބުންޏެވެ.
ސިޑަކް ބުނީ ދުނިޔޭގެ ރެކޯޑެއް ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ގިނިސް ވޯލްޑް ރެކޯޑްސް 2024 ފޮތުގައި ހިމެނުމުން ސިޑަކް ހުރީ “އުފަލުން” ކަމަށްވެސް ސިޑަކް ބުންޏެވެ.
ޒުވާން އުމުރުގެ އެންމެ ދިގު އިސްތަށިގަނޑަކީ 200 ސެންޓިމީޓަރު (6 ފޫޓް 6 އިންޗި) ހުރި މީހެކެއެވެ. އެންމެ ފަހުން 2021 ވަނަ އަހަރު އެ އިސްތަށިގަނޑު ވަނީ ބުރިކޮށް މިއުޒިއަމަކަށް ހަދިޔާކޮށްފައެވެ.
ސިޑަކް ބުނީ އޭނާއަށް 18 އަހަރު ފުރުމުން އެ ލަގަބު ނަގަން ތައްޔާރުވަމުންދާ ކަމަށެވެ. އޭގެ ކުރިން އެހެން މީހެއްގެ އިސްތަށިގަނޑު ދިގުކަމަށް ކަށަވަރު ނުކުރެވިއްޖެނަމަ އޭނާ އަށް އެ ފުރުސަތު ލިބޭނެ ކަމަށެވެ.
މިހާތަނަށް ފިރިހެނެއްގެ އެންމެ ދިގު އިސްތަށިގަނޑު ނިސްބަތްވަނީ އިންޑިއާގެ ސްވާމީ ޕަންޑަރަސަންނަދީގެ ބޮލުގެ އިސްތަށިގަނޑަށެވެ. އެއީ 26 ފޫޓް (7.9 މީޓަރު) ކަމަށްބުނެއެވެ. މި އިސްތަށިގަނޑު 1949 ވަނަ އަހަރު ރިޕޯޓުކުރި ނަމަވެސް، މި ވާހަކައިގެ ސައްހަކަން މީޑިއާ ރިޕޯޓްތަކުން ކަށަވަރު ކުރެވޭކަށް ނޯވެއެވެ.

